ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާއި ގުޅުންހުރި މައްސަލައެއްގައި ރޭ ދަންވަރު ފުލުހުން މ.ސެސްސާގެ އެޕާޓްމަންޓެއް ފާސްކޮށް ދެމީހަކު ހައްޔަރުކޮށްފިއެވެ.

ސެސްނާ އަކީ އެމްއެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ މުހިންމު ބައިވެރިއެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ އާއިލާގެ ގެއެކެވެ. އެގޭގެ ފަސްވަނަ ބުރިއަކީ ފާރިސް އާއި ގުޅުންހުރި އެޕާޓްމަންޓެއް ހުންނަ ބުރިއެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ފުލުހުން މ.ސެސްނާ ފާސްކުރީ ފާރިސް އާއި ގުޅުންހުރި މައްސަލައެއްގައި ކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވީނަމަވެސް އެކަން ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ. އެއޮޕަރޭޝަނަކާއި ގުޅޭ މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ.

ފާރިސްގެ ޤާނޫނީ ވަކީލުން ވެސް މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ފާރިސް އާއި ގުޅުން ހުރި ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކުރި ދެމީހުންނާއި ބެހޭ ތަފްސީލެއް ވެސް އަދި ނުލިބެއެވެ.

މ.ސެސްނާ ފާސްކޮށް ފުލުހުން އެގެއިން ދަބަހެއް ނެރުނު މަންޒަރު ރޭ ނޫސްވެރިންނަށް ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮހޮނާ

    އެވާނީ ފުލުން ގެންގުޅޭ ހަތިޔާރު ދަބަސް ކަމަށް ދެންޖެހޭނީ ކޮންމެވެސް ގޮތަކުން ފުރޭމް ކޮށްލަން..

  2. ކަސަބު

    ތިދެން އާއްމުކަމެއްނު މިނިވަންދުވަހުތިދެމީހުންނައް މިނިވަނަކަނއލިބިފަތިއޮތީ

  3. ދޮންމޮހޮނު

    ހާސްްވާނެ ކަމެއް ނެތް ﷲ ރަހުމަތުން 23 ސެޕްޓެމްބަރ އަށް ފަހު ތިޔަ ފުރޭމް ކުރުމާއި ނުހައްގުއްް ދެވޭ އަނިޔާތަށް ނިމުމަކަށް އަތުވެދާނެ ، ތިކަން ކުރާމީހުނަށް ވެސް އެގޭގެ ހެއްދެވިފރާތް ވޮޑިގެންވާކަށް ، އަނިޔާވެރިންނަށް ނަސްރެއް ނުލިބޭނެކަން