ފުލުހުންގެ ސްވޮޓް ޓީމުގެ ކުރީގެ ކޮމާންޑާރ، ހުސެއިން ސައިފް ފުލުހުންގެ މުއައްސަސާގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފިއެވެ.

ވަޒީފާއިން ވަކި ކުރި އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެ، ފުލުހުންގެ ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި މިދިޔަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކި ކުރީ ކީއްވެ ކަމެއް ނޭނގެއެވެ.

ސައިފުގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހދ. ކުޅުދުއްފުށިން ވެސް ފުލުހަކު ހައްޔަރުކޮށްފައިވާއިރު މިއަދުގެ ވަގުތެއްގައި އއ. ރަސްދޫން ވެސް ހަތަރު ފުލުހަކު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.

ނަމަވެސް އެމީހުންގެ މައްޗަށް ފުލުހުން ކުރަނީ ކޮން ތުހުމަތުތަކެއް ކަމެއް އަދި ނޭނގެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުލުސް ?

    ކިހާ ދެރަ ކަމެއް. އަހަރުމެން މި ދާއިރާއިން

    ކުރިއަށް ދާނީވެސް ކިހިނެއް

    އެކަމް އަހަރެން ވާނީ ފުލުހަކަށް... އިންޝާﷲ