ރާއްޖެއާމެދު ފިޔަވަޅު އަޅަން ޖެހިިދާނެ ކަމަށް ބުނެ އީޔޫއިން ދިން އިންޒާރުތަކަށް ދިވެހި ސަރުކާރުން ރައްދު ދީފިއެވެ.

އީޔޫ އިން މިއަދު ރާއްޖެ އާއި ދެކޮޅަށް ފާސްކުރި ގަރާރުގައި ގޮވާލާފައިވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލައުވާލައި ޤަނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހުރިހާ ޙައްގެއް އިއާދަކޮށް، ސަރުކާރާއި އިދިކޮޅު ފަރާތްތަކާއެކު އިޚްލާސްތެރި ކަމާއެކު ވާހަކަތައް ފެށުމަށެވެ.

އެކަމާ ގުޅިގެން މިއަދު ފޮރިން މިނިސްޓްރީ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހި ސަރުކާރުން ރާއްޖޭގައި ރޫލް އޮފް ލޯއާއި ގާނޫނު އަސާސީ ނެގެހެއްޓުމުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ސަރުކާރުން ނިންމެވި ނިންމުމަކީވެސް ގައުމުގައި އަމަން އަމާންކަން ދަމަހައްޓައި ގާނޫނު އަސާސީ ނަގަހައްޓައި، ގައުމީ ސަލާމަތަށްޓަކައި ނިންމެވި ނިންމުމެއް ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ބަޔާނުގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފައި ވަނީ ގައުމީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ ސަބަބުން ގައުމީ ސަލާމަތައް ނުރައްކާތެރިވެފައިވާތީ ކަމަށެވެ. އަދި 6 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުންނާއި 18 ފެބްރުއަރީގައި ނެރުނު އަމުރުގެ ސަބަބުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރަށް އަމަލު ކުރަން މިހާރު ނުޖެހޭ ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެއެެވެ.

އެ ބަޔާނުގައި ސަރުކާރުކާރުން ވަނީ ދިވެހި ރާއްޖޭގައި ދިރިއުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންނާއި ޓުއަރިސްޓުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަރަށް ބޮޑަށް އިސްކަން ދޭކަންވެސް ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އިދިކޮޅު ޕާޓީތަކާއެކު މަޝްވަރާ ކުރުމަށްވެސް ތައްޔާރަށް ހުންނެވިކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަދި މިފަދަ ހާލަތެއްގައި އީޔޫއިން ދެއްވާ އެއްބާރުލެއްވުމަށާއި، މައްސަލަތައް ހައްލު ކުރުމަށް އެހީވުމަށް އެދިފައިވާތީ ސަރުކާރުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެެ. އަދި ރާއްޖެއިން އީޔޫއާއެކު ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާނެ ކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޛހހސ

    ޙެހެހެެ. ސަޅި. ޢަސްލު ރައްދު ނުދިނަސް އޯކޭ. ޢެކަހަލަ ތާކުން ތާކު ނުޖެހޭ ގަރާރުތަކަށް ރައްދު ނުދިނުން އެންމެ ރަގަޅީ. ޢެއީ އާބިދާގެ ސޮރު ބުނެގެން ނެރޭ އެްއްޗެއް. ޢެސޮރު މައިބަދަ ރަގަލު ވީދުވަހަކުން މިގައުމުގަ ކުއްލި ނުރައްކަލުގެ ހާލަތު ލިފްޓްކުރާނީ

    • ހަޖަމު

      ވަރަށް ސަޅިނިންމުމެއް

  2. ޤާޒީ

    އީޔޫ ދޭ މިއައްމާ ގެ ކަންކަމާއި ބެހެން...ކެނެރީގޭ ޤައްދާރާއިއެކު މި ޤައުމަށް ދުއްޕާން ކުރަން އުޅޭނެކަމެއްނެތް.

  3. އާދަމް

    އީޔޫ އާއި އެމެރިކާ އަކީ އިސްލާމީ ޤައުމުތަކުގައި ފަސާދަ އުފައްދަމުންދާ ބައެކެވެ.މިރާއްޖޭގައި މިކަމުގައި މަސައްކަތްކުރަމުން އެދަނީ އިސްތިޢުމާރަށް އެހީތެރިވާ ފަރާތްތަކެވެ.މިއަށްވުރެ ބަރުމާގެ މައްސަލަ ހައްލުކުރުން އީޔޫއަށް މާއަވްލާކަން ބޮޑެވެ.

  4. އަލީ

    ސާބަހޭ ދިވެހި ސަރުކާރަށް.

  5. ސަނދހުވާ

    އައްސަރިބަހާއި ސާބަސް ފޮރިން މިނިސްޓަރ ޑރ. ޢާޞިމް. މިއީވެސް ޤާނޫނަކާއި، އުޞޫލެއްގެ ދަށުން ހިންގާ މިނިވަން ދައުލަތެއް.

  6. އަންދު

    ސަޅި ! ބޮޑު ކެކުރި ކުޑަ ކެކުރި މިހާރު ތަފާތެއްނުވާނެ، އެއީ މާޒީ ! ފަސްއެނބުރި ބެލުމެއް ނެއް އިރާދަކުރެއްވިއްޔާ އަހަރުމެންދާނީ ކުރުޔަށް

  7. ދިވެއްސެއް

    މިކުޑަ ރާއްޖޭގެ އެންމެހިތްފައްސޭހަ ދުވަސްތައް ހަނދާނައްއައުމުން ލިބޭއުފާވެރިންކަންބުނެދޭންވެސް ނޭންގެ. އަމާން ކަން އެކުވެރިކަން ހިނިތުންވުން އަޚްވަންތަކަން މިއަދުއެދުވަސްތައަ މިވަނީ ހިތްދަތިކަމައް ބަދަލުވެފަ. އެންމެމަތިންފެށިގެން ތިރިއަށް ޒާތީހަސަދަ ވެރިކަމާ ދެކޮޅުވެރިކަމާ ނާތަހުޒީބު އަމަލުތައް އިންތިހާއަށްގޮސްފަވާތަން. އަމިއްލައެދުމުގަ ތިމާހެއަމިއްލަވަޒަން ވެއޔާމޮޑެވިދިޔަސް ވަރިހަމަ. އެންމެ4ލައްކަވެސްހަމަނުވާއާބާދީއެއްއޮތްމިކުޑަގައުމައް ޕާޓީސިސްޓަމްގެނެސް ޑިމޮކްރަސީ ގެނެސް މުޅގައުމުފަސާދަކޮށްހަލާކުކޮށްފި.އިއްޔެ އަކީ މިއަދު މިހާލަތުގައިވާނެދުވަސްތަކަކަށްވާނެކަން އެނގުނުނަމަ އޭހިތައްއަރާ މިގޮތުގަ މިތަރައްގީ މިގައުމައްނަޔަސްމާރަންގަޅުވީސް. ބޭނުންތަނަކަބޭނުންއިރަކުގޮސް އައިސް ބޭނުންއެއްޗެއްކައިބޮއި ހެދޭއިރު ހެއްދެވިފަރާތުން ދެއްވިއަގުބޮޑުނިއުމަތްތަކާމެދުޥިސްނާލުމެއްނެތްތާ ބޮޑާކަމާކިބުރުވެރިކަން ހުރިމިންވަރުން އީމާންކަން އިހްސާންތެރިކަންހިތުގައިނެތަތީ ޝުކުރުކޮށް ސަޖިދައެއްކުރުމުގެބަދަލުގަ ހާލުގައުޅެންޖެހިފަވާކަމުގަ އާއި އަނިޔާގައި އުޅޭކަމުގަ ދުނިޔެއަށް ދައްކާ އަމިއްލަގައުމައް ހިޔާނަތްތެރިވެ ގައްދާރުވެ ނުވީތާކައް ގައުމުއަޅުވެތިކަމުގެ ތެރެއަށް ދުއްވާލައިގެންވިޔަސް އަމިއލައެދުން ހާސިލްވެއްޖެނަމަ އެނިމުނީ.މިއި ކޮންފަދަގޮތެއްފޮތެއް ނެތްޖަންގަލީ ކަންތޯ؟؟؟؟

  8. ހަޖަމު

    ވަރަށް ސަޅި ނިންމުމެއް

  9. އެޑަމް

    ދިވެހި ސަރުކާރަށް އީޔޫއަށް ކޮން ރައްދެއް ދެވޭނީ،،، ޖެހޭނީ ހަމަ ސައިޒްވާން.. އެހެން ނޫންނަމަ ދިވެހިން ތިބޭނީ އަމިއްލަ އުފެއްދުން ތެރިކަމަށް ފުދިގެން. ބޭރުން ހާއްސަކޮށް ޔޫރަޕުން އަންނަ ފަރަންޖީން ދޭ ޑޮލަރުކޮޅަކުން ކަރުހިއްކުން ފިލުވައިގެން ތިބޭ ބަޔަކު، ޔޫރަޕުން ކަލޭމެން މިވެނި ކަމެއް އިސްލާހު ކުރާށޭ ނޫނީ ފިޔަވަޅެއް އަޅަން ޖެހިދާނޭ ބުނީމަ އަނގަ ތެޅިޔަސް އަސްލު ތިބޭނީ ވަރަށް ބިރުން

  10. ވިލުފުށި

    100%މުސްލިމު ގައުމެއްގެ ދާހިލީ ކަންކަމާ ނުބެހެވޭނެ މޮޔަފުޅުނުވޭ

  11. މާރިޔާ

    ސަޅި މަރުހަބާ ރައީސްޔާމިން ތިޔައީ ދިވެހިންގެ ހިއްހަލާލް ހޯދައިފާވާ ލޮބްވެތި ވެރިއެއް