އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ބައެއް އެލަވަންސްތައް ކަނޑާލަނީ ކަމަށް ބުނެ ފަތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗް އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ނަރުހުންނަށް ދެމުން އަންނަ އެއްވެސް އެލަވެންސެއް ކަނޑާލަން އެހޮސްޕިޓަލުން ނިންމާފައި ނުވާކަމަށާއި ނަރުހުންގެ އެލަވަންސްތައް ކަނޑާލާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ކަމާގުޅޭ އިދާރާތަކާއިއެކު ގުޅިގެން ނަރުހުންގެ މަސައްކަތުގައި ފަންނީ ގޮތުން ކުރިއަށްދެވޭނެ ފަދަ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެމަސައްކަތުގައި އައިޖީއެމްއެޗް އިން ވެސް ބައިވެރިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި މިފަދަ މިއޮނިގަނޑެއް ރޭވުމުގެ މައިގަނޑު އަސާސަކީ ނާސިންގ ދާއިރާތަކުން ފަންނީގޮތުން ކުރިއަށްދިޔުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި ނަރުހުން ކޮށްދެއްވާ ބުރަ މަސައްކަތްތަށް އެކަށޭނަ މުސާރައެއް ހަމަޖެއްސުމާއި، އަދި މާލީ ޢިނާޔަތުގެ ގޮތުގައި ނަރުހުންނަށް ލިބެމުންދާ ޢަދަދު އިތުރުކޮށްދިނުންކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޕްރޮފެޝަނަލް އޮނިގަނޑުތައް ރޭވުމާއި އެކުލަވާލުމުގައި ސިވިލް ސާރވިސް ކޮމިޝަނުންނާއި ކަމާގުޅުންހުރި އިދާރާތަކުން ވަކި އުޞޫލްތަކެއް ގެންގުޅޭ ކަމަށާއި އަދި މިއުޞޫލްތަކުގެ ސަބަބުން ދާއިރާގެ އެކިއެކި ފަންނީ ގިންތިތަކުގައި ހުރި ފަރަގުތައް އިޞްލާހުކުރެވި، އެއް ހަމައަކުން ހުރިހާ މުވައްޒަފުންނަށް ޢަމަލު ކުރެވޭނެ މަގު ފަހިވެގެންދާކަމަށް ބަޔާނުގައި ވެއެވެ.

އައު އޮނިގަނޑުގެ މަސައްކަތްތައް ނިންމައި ތަންފީޒްކުރުމަށްޓަކައި އެންމެފަހުގެ މަސައްކަތްތައް ކުރެވެމުން ދިޔަނަމަވެސް ފަންނީ އޮނިގަނޑު ފާސްކޮށް އެއާއިއެކު ނަރުހުންގެ މުސާރަޔާއި އިނާޔަތްތަކަށް އަންނަ ބަދަލުތައް ނިންމައި އެކަން ސިވިލް ސާރވިސް ކޮމިޝަނުން އައިޖީއެމްއެޗަށް އަންގާފައި ނުވާކަމަށްވެސް އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހުންގެ އެލަވަންތައް ކަނޑާލާފައިފި ކަމަށް މީސް މީޑިއާގައި ބައެއް މީހުން ބުނަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. އަދި އިއްޔެ ބައެއް މީޑިއާތަކުން ވެސް ވަނީ އެޚަބަރު ގެނެސްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޡުހޫ

    މިހާރު ނޫހުން ތިފަދަ ދޮގު ހަބަރު ތައް ފެތުރުމައާންމުކަމެއް. ޢެތަނެކެ ރާއްޖެ ޓވ އެކެ އެއްގޮތް. ސަރުކާރު ކުންފުނި ތަކުން ސުޕޮންސަ ހޯދާފަ ސަރުކާރު ބަދުނާމު ކުރަން ވަރައް މަސައްކަތް ކުރާ ބައެއް.

  2. މޫސަ

    ތިޔަވާނީ ޓީޗަރުންނަށް ހެދިކަހަލަ އޮނިގަނޑކަށް. ޢެހެދީމަ ގިނަ ޓީޗަރުންގެ މުސާރަ ކުޑަވީ

  3. ކަނައްކަފޫޅު

    މިދުވަސް ކޮޅު ތިޔަކަހަލަ ކިތަންމެ ދޮގެއް އެބައިމީހުން ފަތުރާނެ

  4. ސްޓާފުން

    ހަމަ ޔަގީނުން ވެސް ޓެކްނީސަނުން ގެ އޯވަޓައިމް ހިފަހައްޓާ އުނިކޮއްފަ އޮތީ ، މިކަމުގަ ދެމަފިރި އެއްގެ ގޮތުގަ އުޅުއްވާ ދެ ސްޓާފުން ޒިންމާ ނަގަން ޖެހޭ

    • ވިލްސަން

      ޓެކްނީޝަނުންނޭ ތި ވިދާޅުވަނީ ކޮން ބަޔަކަށް ނިސްބަތްކޮށް؟ މި ސުވާލުގެ ޖަވާބު ވަރަށް ބޭނުން

  5. ސްޓާފުން

    އައު އޮނިގަނޑުގެ މަސައްކަތްތައް ތޯ ނިކަމެތި ޓެކްނީސަނުން ގެ އޯވަޓައިމް އުނިކުރެއްވީ ، އަދި އެވެސް ރޯދަމަހުގެ އޯވަޓައިމް

  6. އެނގޭތަ

    އައިޖީއެމްއެޗުން ނުއަހާ ނަރުހެއްގެ ކައިރިން ތި ވާހަކަ އަހާލާ. މުސާރަ ލިބެނީ ނަރުހުންނަށް. އެއްޗެއް ކަނޑައިލަން އުޅޭ ނަމަ އެމީހުންނަށް އެނގޭނެ. އަދި ވަކިން ޚާއްޞަކޮށް ކަނޑައިފި ނަމަ މާ ބޮޑަށް ވެސް އެނގޭނެ.