އިދިކޮޅު އެއްވުމުގެ ތެރެއިން ރޭ ފުލުހުން ހައްޔަރުކުރި އެމްޑީޕީގެ އަންހެން އެކްޓިވިސްޓުން ދޫކޮށްލައިފިއެވެ.

ރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު މުޒާހަރާއަށް ކޮންމެ ރެއަކު ނުކުންނަ ނައީމާ މުހައްމަދު (ނައީމައްތަ)އާ އެކު އިތުރު އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ މީހުންވެސް ދޫކޮށްފައިވަނީ މިރޭ އެވެ.

ކޮންމެ ރެއަކުވެސް ކުރަމުން ގެންދާ މުޒާހަރާތަކުގެ ތެރެއިން މީހުން ހައްޔަރު ކުރެއެވެ. ނަމަވެސް ގިނަ މީހުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލި ނަމަވެސް ބައެއް އެކްޓިވިސްޓުންނާއި އިސްބައެއް ބޭފުޅުން މިހާރުވެސް ފުލުހުންގެ ބަންދުގައި އެބަ ތިއްބެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުއްލާ

    މިއީ ހައްތާވެސް ނަސީދުގެ އެކަނިވެރި މައިން . މިފައިސާ ދިނުން ހުއްޓާލާ މިއީގާނޫނެއްނެތި ގާނޫނުއަސާސީގެ 97 ވަނަމާއްދާއާ ހިލާފު ފައިސާ އެއް.