މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް ގިނައިރުތަކެއް ނުވެ އަލުން ކަރަންޓް ދީފިއެވެ.

ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް ކެނޑުނީ މިރޭ 22:45 ހާއިރުއެވެ. މާލެ އަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓް ކެނޑުނު ހުރިހާ ސަރަހައްދަކަށް 23:10 ގައި އަލުން ކަރަންޓް ދީފައިވާ ކަމަށެވެ.

ކަރަންޓްގެ ޚިދުމަތް މެދުކެނޑެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މާލެ އިން ކަރަންޓް ކެނޑުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ހައްލުކޮށްފައެވެ. ކަރަންޓް ކެނޑުނު ނަމަވެސް މިހާރު ގިނައިރުތަކެއް ނުވެ އަލުން ކަރަންޓް ދޭކަން ފާހަގަކުރެވެއެވެ.