ރަސްފަންނު ސަރަހައްދުގައި "ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް" ގެ ނަމުގައި ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ހަދާ ޓަވަރުތައް ފެނި ޔާމީނަށް ވޯޓު ދިނުން ,ޕްރިޔަންކާ ފެނި އޭނަ އާއި އިދެވޭނެ ކަމަށް ހީކުރުމޭ ފަދަ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ރޭ ކުރެއްވި ޓްވީޓެއްގައި ޕްރިޔަންކާއާ އިންނަ ވާހަކަ ވިދާޅުވީ އެއީ ޓަވަރުތަކުގައި ހިމެނޭ އެޕާޓްމަންޓެއްގެ އަގު ބޮޑުކަމުން ކަމަށް ބެލެވެއެވެ.

ނިޒާރު ވަނީ އޭގެ އެޕާޓްމަންޓެއް އުޅެނީ ހަތަރު މިލިއަން ރުފިޔާއަށް ކަމަށާއި އެ ވަރުގެ އަގަކީ އާދައިގެ ރައްޔަތަކަށް ދެއްކޭނެ ވަރުގެ އަގަކަށް ނުވާނެ ކަން ފާހަގަ ކޮއްފައެވެ.

"ޓަވަރުތައް ފެނި އުފާވެފައި ޔާމީނަށް ވޯޓު ދިނުމެކޭ ޕްރިޔަންކާގެ ފިލްމެއް ބަލާފައި އޭނާއާ އިނދެވޭނެ ކަމަށް ހީކުރުމެކޭ އެއްފަދަ" ނިޒާރު ވިދާޅުވިއެވެ.

ރަސްފަންނު ސަރަހައްދުގައި، ހައި-އެންޑް ވޯޓާ ފްރަންޓް އެޕާޓްމަންޓް ހިމެނޭ ގޮތަށް ތަރައްގީކުރާ މިކްސްޑް ޔޫސް ޑިވެލޮޕްމެންޓް މަޝްރޫއުގެ ދަށުން އެސަރަހައްދުގައި ތަރައްގީކުރާ 533 އެޕާޓްމެންޓްގެ ބިންގާ މިދިޔަ ހަފްތާގައި ރައީސް ޔާމީން ވަނީ އަޅުއްވައިދެއްވާފައެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ކޮރަލް ބޮލަވާޑް ކުންފުންޏާއެވެ. މި މަޝްރޫއު ނިންމަން 40 މަސް ދުވަސް ކަނޑައަޅާފައިވާއިރު، މި މަޝްރޫއުގެ އެސްޓިމޭޓް އަގަކީ 220 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން 70 ހާސް އަކަފޫޓުގެ ސަރަހައްދެއްްގައި މިކްސްޑް ޔޫސް ޑިވެލޮޕްމެންޓްގެ ޓަވަރުތަކެއް ތަރައްގީ ކުރެވޭނެއެވެ. އެ ޓަވަރުތަކުގެ އުސްމިނުގައި 100 މީޓަރު ހުންނައިރު، އެއީ 28 ބުރީގެ ހަތަރު ޓަވަރެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ ތާޖުއްދީން ސްކޫލުގެ ފަހަތުން އޮންނަ ފުޓްސަލް ދަނޑުން ފެށިގެން، ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ކޯޓާ ހަމައަށް އޮތް ސަރަހައްދުގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި އެތަނުގައި ހުރި ބައެއް ވަސީލަތްތަކާއި ހިދުމަތްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރެވި އެތަން ތަރައްގީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކެޔޮޅު

    ބަލަ މިހެން މީހުން ގެ ސަމާލު ކަން ހ'ޯދަން ޓުވީޓު ކުރިޔަސް މިޓަވަވަރު ތަކުގެ ވެރިންނަކީ ތިޔަ މެންބަރުންނާ އެމީހުންގެ އެކުވެރިން.އާދައިގެ މީހުން ތިޓަވަރަކަށް ހިޔާލެއްނުކުރާނެ އެހެން ހީކުރުމަކީ އޮޅުމެއް.

  2. ބަފާާބެ

    ދީނީގޮތުން މިސާލު ޖަހާކަށްބޭނުމެއްނޫން އެކަމަކު، ލޮލުކުރިމަތިން މިހިރަ ފެއްނަ ކަންތައްތަކީ ޕްރިޔަންކާ ފެނި އިންނަމްޖެހޭ ވަރަށްވުރެ މާ ސާފު ކޮށް ފެއްނަން ހުރި ކަންތައްތައް! ޕްރިޔަންކާގައި އަތްނުލެވުނަސް، ބްރިޖްގައި އެބަ އަތްލެވޭ،

  3. އަބްދުއްލާ

    އެ ތަރައްގަަިއާޓަވރު ގަ ދިރިއުޅޭނީ ދިވެހި ރައްޔިތުން މިބިންތަކަކީ އެމްޑީޕީ ވެރިކަމުގާ ވިއްކާލި ބުންތަކެއް .މިއަދު މިބުންތައް ފައިދާހުރި ގޮތުގަ ބޭނުންކުރެވޭކަމީ އުފާވެރިކަމެއް.

  4. ހުސޭނުބޭ

    އެހެންވިއްޔާ ކަލޭމެންގެ 3 އަހަރުގެ ވެރިކަމެއްގައި އިސްލާމް ދީނާއި ދިވެހި ޤައުމަށް ކޮށްދީފައި އޮތް އެންމެ ޚިދުމަތެއްވެސް ދައްކާބަލަ!!!!!!! އޭރުންތާ ވޯޓުދެވޭނީ. ލާދީނީ ބައިގަނޑާ!

  5. ޢިބޫ

    ޙަސަދަވެރިން އުޅޭނެ އަބަދުވެސް،

  6. ޙުސައިން މ. މުލި

    ނިޒާރު މޭކަރާލީތަ

    • ދިވެހި

      ބްރިޖް އެޅުމުގެ ކުރިން ވެސް ބުނި ނުވާނޭ ތިކަމެއް. ާ ހަމަ ނިމުނު ހާއިރުން މިކިޔަނީ ތިޔަށްވުރެ އަގުހެޔޮކޮށް ތިކަންވާނެ. ރައީސް ޔާމީނަށް ވާނެ. ރާއްޖޭގައި ނެތްވަރުގެ 25 ބުރީގެ ޓަވަރަށް ބަލާލީމަވެސް ގެޓްވާނެ. ޙަސަދަ ނުވެބަ

  7. ޢަލީ

    މީހަކާދޭތެރޭ ހަސަދަވެރިވިއަސް ތީބޮޑުވަރު، ތިމާމެންނަށް ކަމެއް ނުކުރެވުނުތާ އެހެންމީހަކު ކަމެއްކުރުމުން އެކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި ތިހަސަދަވެރިވަނީ، ތިމީހުންނަކަށް އެފަދަކަމެއް ނުކުރެވޭނެކަން ކަށަވަރު.

  8. ނަސީމު

    ނިޒާރު ކަލޭތީ ދިވެއްށެއްތަ އެ ޓަވަރުތަށް އެއަޅަނީ ދިވެހިރާއްޖޭގައި އެކަމާ ފަހުރުވެރިވާނީ ދިވެހިން ދޮންމަނިކާ ކެނެރީ ނަސީދައް ކަމެއްނުކުރެވިފައި ޔާމީން ޓަވަރު އަޅާތީ ނިޒާރު ހިތަށް ކެންނުވީދޯ ސާބަސް ކަލެއަށް ރީދޫވިޔަސް ތީ ބޮޑުވަރު...

  9. އަހްމަދު

    ބަލަގަތިބޭފުޅާ ތިޔަމެމްބަރުކަންލިބުމުގެކުރިން އުޅުއްވީކިހިނެއްބާ މިއަދުމާބޮޑާވެފަ ކިބުރުވެރިކަންމަތީތިޔައުޅެނީ ވިސްނައފިމީހަކަށް އިބުރަތަކަށްވާނެ ވެރިކަމަކީވެސް ﷲތަޢާލާ ދެއްވާއެއްޗެއް ނިޒާރައް ތިޔަމަގާމުލިބުނީވެސް އެކަލާންގެއިރާދަފުޅުގައެކަންހަމަޖެހިފައޮތީމަ ދުލައްއައިހައިއެއްޗެއްއަނެކާއާދިމާއައް ތިޔަގޮވަނީ އެއީކިހާވަރެއްގެކަމެއްކަން އެނގިލައްވާބާ ﷲއީއެންމެހާކަންތައްތައް ދެނެވޮޑިގެންވާ ހުސްތޯހިރުރަސްކަލާންގެ ވިސްނައިފިމީހަކަށް އިބްރަތަކަށްވާނެ

  10. ކެޔޮޅު

    އައްނި އަކައް ބުރިޖުއަޅާނެ ގޮތެއްވެސް އިންޖިނޭރެއްވެސް އަދި އެޅުނަސްވެސް ބަލަހައްޱާނެ ގޮތެއްވެސް ސިކުނޑިއަކައް ނުވިސްނުނު ، ރައީސް ޔާމީނު އެއޮތީ އަޅާފަ ދައްކާފަ ލޮލައް އެއޮތީފެންނަން ދެން ޔާމީނޭކިޔާފަ އެރުވޭނީ ކޮންއަނގައެއް ހަރާމޭ ގަންނަ ލަދެއްވެސް ގޮއްރީދޫ ދޯ؟؟؟

  11. ނާޒިމް ފަކީރު

    ޓަވަރުތަށްފެނި ޔާމީނަށް ވޯޓްދިނުން ،، ޕްރިޔާކާ ފެނި އިނދެވޭނެކަމަށް ހީކުރުން ،، އިބޫ ފެނި ރަޢީސް ކަމަށް ގަބޫލުކުރުން ،، ނިޒާރުފެނި އިންސާނުން ކަމަށްހީކުރުން.

  12. ދިވެއްސެއް

    ހަސަދަވެރިކަމަކީ ނަރަކަޔައް ދާންކޮށޭ މަގެއް ސުވަރުގެއައް ދާން އެޅޭ ހުރަހެއް

  13. ބަލަގަ

    ބަލަގަ! ރައީސް ޔާމީން އަންނަ ދައުރަށް ވެރިކަން ލިބޭތޯ ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެކަން މިދަނީ ހާމަވަމުންނެވެ. އަޅުގަނޑުވެސް މިހުރީ، ތި ބްރިޖްމަތިން ދެވެން އޮތްތަނަކަށް ދިއުމަށް ކެތްމަދުވެފަ އެވެ. ހަމައެއާއެކު ވެރިކަން ދިފާޢު ކުރެއްވުމަށް ނުކުޅަދާނަ ވާވަރަށް ޤައުމު ދަރުވާލައިގެން ހިންގާނެކަމަށް ވިދާޅުވާ، ތަރައްޤީގެ ކަންކަމާއިމެދު އިންތިހާއަށް ކަންބޮޑުވެ އެވެ. ރޯނާވެފަ ތިބޭ ބަޔަކަށް އެކަމެއް ނޭނގޭނެ އެވެ. އެފަދަ މީހުންނަށް ސާފުކޮށެއް ނުފެންނާނެއެވެ.

  14. ޕްރިޔަންކާ

    މިކަމާ އަހަރެންގެ ސުނިޔަންކާ ކޯފާ އިސް ނުކޮށްފިއްޔާ ރަނގަޅު. އަހަންނާ ބެހެންޔާ އޭނަ ހިިތަށް ކެތެއް ނުވާނެ. ކިތަންމެ ވަރައް ބުނިޔސް ގަބޫލެއް ވެސް ނުކުރާނެ

  15. އަބްދުއްލާ

    އެމްޑީޕީ މީހުން ދެރަވަނީޔޯ އެބިންތައް އަލުން ވިއްކާލަން ނުލިބިދާނެތީ ؟

  16. ކެރެޓް

    ބަަލަ ބޯގޮވީ ތޯ ބޭފުޅާ ޕްރިންޔާކާއަށް އިނުމާއި ޓަވަރަކާއި ކޮން ގުޅުމެއްތޯ އޮތީ ؟

  17. ނަން

    ހެހެހެ... ތިކީ އެއްޗެއް ދިމާ ނުވޭ!!

  18. ނިޒާރު

    ކަލޭމެންނަށް ހެޔޮ އެއްގޮތްވެސް ނޯންނާނެ.

  19. އަހްމަދު

    ރާއްޖެދަރާވާހަކަދައްކަންމިމީހުންލަދުނުގަންނަކަންމަހިތައްއަރަނީ ތިންއަހަރުވެރިކަންކޮށްފަ މުޅިގައުމުދަރުވާފަ ނުވިތާކަށް މިތާހުރިބޮޑެތިކުންފުނިތަކުގެހިއްސާވިއްކާލާ މުޅިގައުމުދަރުވާލާ ސިވިލްސާވަންޓުންގެމުސާރަކޮޅުކާލިހަދާން ނެތުނީބާ.

  20. ނުރަބޯ

    ނިޒާރު ތިޔަދެއްކިވާހަކައިންވެސް އެނގިގެންދަނީ ނިޒާރުވެ ވިސްނުމުގެ ކޮށިކަމެވެ. ޕްރިޔަންކާ އާއި އިނދެވޭނީ އެކަކަށެވެ. އެކަމަކު މި ފްލެޓް ތަކުން އެތައް ސަތޭކަ ބަޔަކަށް ބޯހިޔާވަހިކަން ދެވޭނެއެވެ. މިފަދަ ފުރިހަމަ މަސައްކަތްތަކުގެ ސޫރަ ހުތުރު ކޮށް މާތްމަގްސަދަށް ފަސްއަޅާ ފޮރުވަން އުޅުނަކަސް އެކަމެއްނުވާނޭ ނިޒާރޫރޫރޫ.