މިއަހަރު ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެންޕެއިންނަށް އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިބޫ ބ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ސެމްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތާއިދު ހޯދެއްވުމަށް އިބޫ ބ. އަތޮޅަށް ފުރާ ވަޑައިގަތީ މިއަދު އެވެ.

ބ އަތޮޅަށް އިބޫ ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ އިބޫ ވިދާޅުވިގޮތުގައި މިދަތުރުގައި ނުވަ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށްށެވެ. އަދި ތުޅާދޫގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިބޫ ވިދާޅުވިގޮތުގައި މިދަތުރުގައި ކޯލިޝަންގަ ހިމެނޭ ހުރިހާ ޕާޓީތަށް ޖުމްހޫރީޕާޓީ ، އަދާލަތު ޕާޓީ ، ރައީސް މައުމޫން ގެ ރީފޯމް މޫވްމަންޓް އިން ބައިވެރިވެވަޑައި ގަންނަވާކަމަށެވެ.

އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބޫ އިތުރަށް ވިދާޅުވިގޮތުގައި ބ އަތޮޅަށް ކުރާ މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ މެނިފެސްޓޯގެ ތަފްސީލުތަކަށް ދާއިރު ރަތްޔިތުންގެ ޝުއޫރުތަށް އަޑުއެހުމާއެކު ރަތްޔިތުންގެ އިހްސާސްތަށް އަޑުއަހައި މެނިފެސްޓޯގައި ރަތްޔިތުންއެދޭ ކަންތައްތައް ހިމެނުންކަމަށެވެ.

އިބޫ ބ އަތޮޅަށް މިއަދު ދަތުރުފުޅު ފައްޓަވާފައި މިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށްފަހު ކުރައްވާ ފުރަތަމަ ދަތުުފުޅުގައެވެ. މިއަދުގެ ވަގުތެއްގައި އިލްކްޝަން ކޮމިޝަނުން ވަނީ އެ މަނިކުފާނުގެ ކެނޑިޑެސީ ބަލައިގަންފައެވެ.

ރިޔާސީ އިންތިހާބަށް ކުޑަތަންވަމުން އަންނައިރު ކެމްޕެއިން ހަރަކާތްތަށް އިދިކޮޅު ފަރާތްތަކުން އަދި ސަރުކާރުންވެސް އަންނަނީ ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އިންތިހާބުގައި ވާދަކުރައްވާ ރައީސް ޔާމިންގެ ރަނިންމޭޓް ޑރ ޝަހީމް ދަނީ ތާއިދު ހޯއްދެވުމަށް ގއ އަތޮޅުގައި ކެންޕެއިން ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަބުދުއްލޯ

    ބ އަތޮޅައް އޭދަފުޓައް ގޮސް އެރަށުގެ މަގުތަކުގެ ތާރުު އެލޫމުގެ މަސައްކައް ދާގޮތްވެސް ބަލާލާތި