ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އިދިކޮޅު ފަރާތްތަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގެ ކެންޑިޑޭސީ އިލެކްޝަން ކޮމިޝަނުން މިއަދު ބަލައިގަތުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައި ޑރ ޖަމީލް ވިދާޅުވީ ގައުމު އެދޭ ބަދަލް ގެނެސް ދެވޭނެ ލީޑަރުންނަކީ އިބްރާހިމް މުހައްމަދު ސޯލިހު އަދި ފައިސަލް ނަސީމް ކަމަށެވެ.

"ރައްޔިތުން ތިބި ގޮތް ސާފު އަގުލަބިޔަތުން ފުރަތަމަ ބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދައްކާނެ , ރާއްޖޭގެ މުސްތަގުބަލަކީ ފަސާދައާއި އަނިޔާވެރިކަމުން އަރައިގަނެ ބިނާ ކުރާ ވެރިކަމެއް , މަރުހަބާ " ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް ބުނަމުންދާއިރު ސަރުކާރު ހިންގާ ޕީޕީއެމް އިން ދެސް ދަނީ ކުރިއަށް އޮތް ރިއާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި އެކަން ކުރާނީ އިދިކޮޅު ހުރިހާ އެންމެން ކިހިލި ޖަހާލައިގެން ފަސޭހަ ކަމާ އެކުގައި ކަމަށް ބުނަމުންނެވެ.

އެގޮތުން ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު ފަރާތްތައް ކާމިޔާބުކޮށް "ބަޣާވާތުގެ މީހުންނަށް" ގައުމުގެ ވެރިކަން ފުރޮޅިގެން ދިޔުމަށް ދޫނުކުރައްވާނެ ކަމަށާއި އެކަން ވިޔަނުދިނުމަށް "އެންމެ ފަހު ލޭ ތިއްކާ ހަމައަށްވެސް ޖިހާދު ކުރާނަން" ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން މިހާތަނަށް އިއުލާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބް ޝުޖާއު ހުސައިން އެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވާ އާދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނިހާދު

    ބުނާގޮތަކަށް އެކަންވާވަރުގެ ބާރުލިބިގެންވާ މީހެއްތޯ ރައްޔިތުން މީހަކު އިންތިހާބުކުރިއަސް ވރިކަން ހަވާލުނުކުރަން ގޮވިމީހާ

  2. ނުޢައިމު

    މާޔޫސްވެފަތިބި ކުދިންކޮޅަށް ކޮންމެވެސްވަރެއްގެ ތަސައްލީއެއް ލިބިއްޖެ ތިޔަ ފޭކު ސްޓޯރީއިން! ދެން ފުދިއްޖެ!

  3. ބޭބެ

    ޖަމީލު ތިކަން ހަނދާން ނައްތާލާ!! ކޯޅޭޝަން ޕާޓީތަކަކަށް ނެތް އެފުރުސަތު!! މުޅިން ހައިޖާނު ޕާޓީތައް ތިއުޅެނީ އެކުވެގެން!!! ވެރިކަން ލިބިއްޖިއްޔާ ބޯކިބާ ފޮތިފޮތި ކުރާހެން ކޮންމެ ބަޔަކުވެސް އުޅޭނީ ބައި ބޮޑުކުރަން ރައްޔިތުންނަށް ހެޔޮ ތިއާގި ވެރިކަމެއް ހިންގުމުގެ ބަދަލުގައި!! މާޒީން އެކަންވަނީ ރައްޔިތުން ތަޖުރިބާ ކޮށްފަ!! މިފަހަރު އެކަން އެގޮތަށްވިޔަ ރައްޔިތުންނުދޭނެ!! މީގަ ފެންނަން އޮތީ ދެމަގު!! އެއީ ތަރައްގީ އާއި ތަމައްދުން!! ދެން އޮތީ ޒާތީ ޙަސަދައިގެ ތެރެއިން ހަލާކާ ހައިޖާނު!! މީގެތެރެއިން ރަގަނޅު މަގު މިފަހަރު ރައްޔިތުން ޚިޔާރުކުރާނީ!!!

  4. ކިީ

    އަޅޭ ސީރިއަސް ލީ ތަ؟ ހައްހައްހާ

  5. ފާތު

    ﷲއިރާދަކުރެއްވިއްޔާ ފުރަތަމަ ބުރުންވެސް އަދި ދެވަނަ ބުރުންވެސް އިދިކޮޅު ފަރާތްތައް ނާކާމިޔާބު ވާނެ. ޖަމީލު ހީކުރާގޮތްދޯ.

  6. ހުސޭނުބޭ

    މިބެޔަށް މި އިނީ ކޮންކަހަލަ ބައްޔެއްޖެހިފައިތަ؟ ދުނިޔެވެސް ފެންނަނީ އެކޮޅުކޮޅުން!

  7. އަހްމަދު

    ޖަމީލޫ އިދިކޮޅުފަރާތްތަކަށް ވޯޓުދޭންޖެހޭސަބަބެއް އެބައޮތްބާ އިދިކޮޅައްކުރެވޭނެކަމެެއް އެބައޮތްބާ ރާއްޖެމިދަނީ ތަރައްގީގެއާމަރުހަލާކަޑައްތުކުރަމުން ހުރިހާދިމާއަކުންފެންނަމުންމިދަނީ ތަރައްގީ މިގައުމުގެރައްޔިތުންބޭނުންވަނީ ތަރައްގީ ހަމަޖެހުން އަމާންއޮމާންދިރިއުޅުމެއް އެހުރިހާކަމެއްމިދަނީ ފަހިވަމުން ދެންކޮންއިދިކޮޅެއް ބޭނުމެއްނޫން މިތަންތަޣައްޔަރުކުރާކަށް ވަރައްސަލާމް

  8. ދިވެއްސެއް

    ﷲ ގެ އިރާދަޔާ ނުލާ އެއްޗެހި ބުނުމަކީ ރަގަޅު ކަމެއް ނޫން

  9. އދ

    އެމްޑީޮީއަށް އިންތިޚާބު ކާމިޔާބު ވިއަސް އެއަކުން
    ޖަމީލަކަށް ވެރިކަމެއް ނުލިބޭނެއެވެ އަދި އެހެން
    ފައިދާއެއްވެސް ނުވާނެއެވެ އެކަމަކު ވާނެކަމެއް އެބައޮތެވެ އެއީ މާގިނަ ދުވަހެއްނުވެ އެވެތިކަން
    ވެސް ވައްޓާލަން ޖަމީލު ވާގިވެރި ވާނެއވެ
    ވެރިކަމުގެ ބޭނުމުގައެވެ

  10. ޖަމީލާފުޅު

    ފުރަތަމަ ބުރުން ބޮނޑިބަތް ޖަހާނެ

  11. ބާނިޔޫސޭ

    މީނަގެ ނެތްފެނަވަރުގަ ވަޒީރުކަންދީގެން ގެންގުޅުނު މައުމޫނުގެ މޫނުމަތީގަ ތަފާލެއް ޖަހާފަ ގޮސްއެރީ ނަޝީދުގެ އޮޑިއަށް އެތާކުވެސް ނުހުރެވުނު. ދެން ނުކުތީ ނަޝީދު ނޮޅާލަން. އަނެއްކާވެސް މައުމޫނުގެސިނކުޑިފުޅަށް ހުތް ފިތައިގެން ޕީ ޕީ އެމް އަށް އުނދުޅި ބާނައިގެން ރަނިންގމޭޓަކަށް ނުކުމެ ﷲ ގެ އިރާދަފުޅުން ކާމިޔާބުވެ ނައިބުރައީސްކަން ލިބުނީމަވެސް ނުފުދުނު. ދެން ނުކުމެ މިއުޅެނީ ރައީސް ޔާމީންގެ ދުވަސް ދުއްވާލެވޭތޯ. މިކަންތައްތައްފެނި މިކަލޭގެ ދެފުށުން ދަސްނުވާ އެއްވެސް މީހަކު މި ދިވެހިރާއްޖެއަކުނެތް. އިދިކޮޅަށް ނުކުމެ ތިއުޅޭ ބައިގަނޑުވެސް މިކަލޭގެ ގެންގުޅެނީ ނާށިއަނގުރުކަން ދަނެ ގިނަފަތިން ހިފައިގެން. އެވެރިންނަށް ކާމިޔާބެއް ވިއަސް މިކަލޭގެ ބަހައްޓާނީ ގަތްވެއްގެ ދުރުގަ. އެޖެހުނީ އަނެއްކާ އަނެއް ހަކަންތަކާ. ވައްގަނޑުގަ ހުރިފޮއްތައް ނަގާގެންބަލާ އެވެރިން ހޭއަރުވާލަން ދަމާ އެއްރޮއްޖަކަށް ފޫގަޅާފަ ނުުކުންނަންވީ. ކިއްކުރާނީ. މިންވަރަށް އީމާން ނުވެވި ތަޚްތުގެ ދަހިވެތިކަން އިންތިހާއަށް ބޮޑުވީމަ ވާގޮތް.

  12. އެކެބުރުން

    ބަލަ ޖަމީލު، ދުރުގައި ހުރެގެން އަރަތްބަކު ހިންދީ ލަވައެއް ކިޔާހެން މަޚްރަޖައަށް ފެލުނަސް ކަމަކުނުދާނެ. ނިކަން ޤައުމުދެކެ ލޯބިވަންޏާ ގައުމަށް އައިސް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށްބަލ، ގައުމު ކުރިއަރުވަން. ތިމާއަށް ކުރެވޭ ނުބައި ނުލަފާ ކަންކަމާއިހެދި ޙުކުމެއް އައިސްދާނެތީ ބިރުން އަމިއްލައަށް އިނގިރޭސިންގެ ހިމާޔަތް ހޯދައިގެން ހުރެ ދިވެހިންނޭ ފަޅޮލޭ ކިޔަން ޖަމީލު މިއަދުތީ ކާކުތަ؟ އިނގިރޭސި ދައިތަ ގަނޑަށް ހެޔޮވެރިކަން ހިންގާނެ ގޮތް ބުނެދީބަލަ. ފކިންގހަމް ޕެލަސް ހަދައިގެން ނިކަމެތި ރައްޔިތުންގެ ފައިސާ ބަނޑުއަޅައިގެން ހެޔޮވެރިކަމޯ މިހިންގަނީ. އެމީހުންނަށް ހެޔޮވެރިކަން ކިޔައިދޭން ހުރެބަލަ، އެކުވެރި ސޫލާސަރާބާއެކު.

  13. ސަމޭދާން

    ޖަމީލު ހުވަފެނުންދޯ އިދިކޮޅުމީހުން ކާމިޔާބު ކުރާނީ ތެދެއްތިޔައީ ހުވަފެން ތައުބީރު ކުރަން އެމްޑީޕީން ބޭރުދުނިޔެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުދޯ ތިޔައީ.