ދިވެހި ސަރުކާރުން ވަނީ ޗައިނާގެ އަސްކަރީ އެހީތެރިކަމަށް ވަނީ އެދިފައި ކަމަށް އިންޑިޔާގެ ނޫހެއްކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓްކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިޔާގައި ބުނެފައިވާ ގޮތުން ރާއްޖޭގައިހުރި ޗައިނާގެ އިންވެސްޓްމަންޓުތައް ހިމާޔަތްކޮށްދިނުމަށާއި އަދި ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށްދިނުމަށް ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާގެ ކިބައިން އެދިފައިވާ ކަމަށެވެ. އަދި މިއެދުމަށް ޗައިނާއިން ނޫނެކޭ ބުނެފައިވާ ކަމަށް ވެސް އެނޫހުގައި ބުނެފައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގައިވާ ޗައިނާގެ މީހުންނާއި މުދާ ހިމާޔަތްކޮށްދެވޭވަރުގެ ގާބިލުކަން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ލިބިފައިވާ ކަމަށް ގަބޫލުކުރާކަމުގައި ޗައިނާއިން ބުނި ބުނުން ފާހަގަ ކުރާ ކަމަށް މި ކަމާގުޅިގެން އިންޑިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ މައްސަލައިގައި ހުރިހާ ގައުމަކުންވެސް ބިނާކުރަނިވި ދައުރެއް އަދާކުރާނެކަމަށް އިންޑިޔާއިން އުއްމީދު ކުރާކަމަށް ވެސް އިންޑިއާ އިން ބުންޏެވެ.
ޓައިމްސް އޮފް އިންޑިޔާއިން އިތުރަަށް ބުނެފައިވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިފަހުން ރާއްޖެއަށް ވަޑައިގެންނެވި ބޭރުގެ މަންދޫބުންނާއި ބައްދަލުކޮށް މަޝްވަރާކުރަން ރައީސް ޔާމީނުގެ ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
ދިވެހި ސަރުކާރުން ވަނީ ޗައިނާގެ އަސްކަރީ އެހީތެރިކަމަށް އެދިފައި ކަމަށް އިންޑިއާ އިން ބުނެފައި މިވަނީ ރާއްޖެއަށް ސިފައިން ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ގޮވާލަމުންދާ ގޮވާލުންތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ރާއްޖޭގައި ސަރުކާރުން ކުއްލި ހާލަތު އިއުލާން ކުރެއްވީ 15 ދުވަހުގެ މުއްދަތަކަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އެމަނިކުފާންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައެވެ.
ފުދޭވަރަކަށް މައްސަލަ އެބަހުރި މި ލިޔުމުގަ. ރަނގަޅު ކޮށްލަދިނުން އެދެން
ރަނގަޅު.???
ޔާﷲއަޅުގަޑުމެންގެ މިކުޑަކުޑަ ގައުމް ހިމާޔަތް ކޮއްދެއްވާ ދުސްމަނުންގެއަތްދަށުން ސަލާމަތް ކޮއްދެވާ އެނުލަފާ ނުބައިރޭވުންތައް ރާވާ މީހުންގެ މަކަރުވެރިރޭވުންތައް ފަޅާަރުއްވާދޭވެ. އާމީން
އާމީން
ހަމަތިނޫހުން ނޫންތޯ މިހުރިހާ ޕޮރޮޕެގެންޑާޔެއް ތިފަތުރަނީ! ދިވެހިސަރުކާރަކުން ނެއެދޭ އެއްވެސްގައުމެއްގައި މިލިޓަރީ އެހީޔަކަށް!
ތީގެންވެސް އިންޑިޔާ އަމިއްލައަށް އޮރިޔާންތިވީ....ޗައިނާ ފަދަ ބޮޑު ގައުމަކުން ރާއްޖެ ދިފާއުކުރުމުގެ ބާރު ދިވެހި ސިފައިންްގެ ލަޝްކަރުގައި އޮތްކަމަށް ޤަބޫލުކުރާއިރު ތިޔަ ރޭޕިސްތާނަށް އެވަރު ނުވިސްނެނީ ކީއްވެ؟
މީ ހަމަ ސީދަ އެމްޑީޕީ ބާއިގަނޑުގެ ކަންތައް. ލަދު ކުޑަ ބައެއް. އިއްޔެ މިއުޅޭ ކޫޑި އީވާ ގެ ލީކުވީ ވީޑިއޯ އިންވެސް އެކަން ހާމަވެއްޖެ..
ދެން ކީއްތަވީ . އަހަރެމެންގެ ޤައުމު ވިއްޔަ
އިންޑިޔާ އިން އަރާ މި އެސްއޯ ބާއިގަނޑު ތިރިކުރާތަން ވ ބަލަން ބޭނުން!!
މިއަދުވެސް އެތައް ބައިވަރު ބުކިންސް ތަކެއްވަނީ ކެންސަލްވެފަ ސަރުކާރުގެ ބޯހަރުކަމުން ރައްޔިތުން ދެކެ ލޯތްބެއް ނުވާނެ އެއްބަފާ ބޭބެވެސް އެހުރީ ޖަލައް ލާފަ
ޢިންޑިޔާ އިޒް ނޮޓް އަވަރ ފްރެންޑް ކަންޓްރީ ނަވް.