މާލެ ހިމެނޭ ސަރަހައްދަށް އާބާދީގެ ތިން ލައްކަ މީހުން ގެނައުމަކީ އިގުތިސޯދީ އަދި އިޖުތިމާއީ ބޮޑު ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ މިހެން ވިދާޅުވެފައި މާލެއާއި ވިލިމާލެއާއި ގުޅީފަޅު ގުޅާލުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށާއި، އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ވަސީލަތްތައް ތަރައްގީ ކުރައްވާނީ ތިން ލައްކަ މީހުންނަށް އަމާޒުކުރައްވައިގެން ކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައިއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިން ލައްކަ މީހުން މާލެ ސަރަހައްދަށް ގެނައުމަށް ނިކަމެތި ރައްޔިތުން "ދަރުވާލުމަކީ" ހެދޭ ބޮޑު ގޯހެއް ކަމަށެވެ. އަދި މިއީ އިގުތިސޯދީ އަދި އިޖުތިމާއީ ޖަރީމާއެއް ކަމަށެވެ.

"ދިވެހި ރައްޔިތުން އުފަންވި ރީތި ރަށްތަކުގައި އުފާވެރި ހަޔާތެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ބަދަލުގައި، ތިން ލައްކަ މީހުން މާލެ ސަރަހައްދަށް ގެނައުމަކީ ހެދޭ ބޮޑު ގޯހެއް " އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ދިރިއުޅެމުން ދަނީ މާ ސިންގާ ކަނޑެއްގެ މެދުގައި ފެތުރިފައިވާ ރީތި ހިތްގައިމު ރަށްތަކެއްގައި ކަމަށާއި ދިވެހިން އުފަންވީ ކޮންގްރީޓްގެ ހަތަރެސްކަން ގޮޅިތަކަށް ވަދެ ދަރަނީގެ ވިހަ ބުރުގެ ތެރޭގައި ތާށިވެ މިނިވަންކަން ގެއްލިދާކަށް ނޫން ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 53 އަހަރު ފުރުން ފާހަގަކުރުމަށް، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ތިން ލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް "ވިލިމާލެ- 2" ތަރައްގީކޮށް، ވިލިމާލެ އާއި މާލެ ގުޅާލާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަހުން ފެށިގެން، 2030 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް، 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް، އެ މަޝްރޫއުގެ ދަށުން 1000 އަކަފޫޓަށް ވުރެ ކުޑަނުވާ ބިމެއް ނުވަތަ އެޕާޓްމެންޓެއް ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއުތަކުން އާބާދީގެ ތިންބައި ކުޅަ އެއްބައި ދިރިއުޅެމުން އަންނަ މާލޭގެ ދިރިއުޅުމުގެ ދަތިކަން ހައްލުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފުފު

    ދެން ކަލޭ ތިހާ ފެންވަރު ހުރިއްޔާ ކޮންމެ ރަށެއްގަ ޔުނިވާސިޓީއެއް އަޅަންވީނު.

  2. ހުސޭނުބޭ

    ކޮއްކޯ ތި ދެތަލިގަނޑު ގާތްކޮށްގެން ހުރެބަލަ! ރަށަކު 100 މީހުން އާބާދުވެގެން ކިހިނެއްހޭ ތަރައްޤީވާނީ!

  3. ޙަމޭ

    ނުގެނަޔަސް ވިހާނެ ދޯ. މަހެއްގެ މައްޗައް ކިތައް ކުދިން ވިހާއެބަ.

    ކަލޭމެން ޒާތީވަނީވެސް ދެން މާބޮޑައް. ބަލަ ސަރުކާރުން ބުނެގެންތޯ ފުލެޓް ހޯދަން އެންމެން ފިތިގެން ފޯމް ލަނީއެ.

    ޜައްޔިތުން ފުލެޓް ބޭނުން ވާތީ ފުލެޓް ހޯދަިދެނީ ރައްޔިތުން ބޭނުން ވާ ކަންކަން ކޮއްދިނުމައް.

  4. ކެޔޮޅު

    މޮޔަޔާ އެވިދާޅުވަނީ މުސްތަގުބަލުގެވާހަކަ އެއީ މިއަދުހަވީރު މީހުން ގެންނަވާހަކައެއްނޫން އެއަޅަނީ ދުރުވިސްނުމެއްގެ ބިންގާ އައްނި މިއަދުޖީބުފުރާލަން އެއާޕޯޱްވިއްކާލާހެނެއް ތަންދޮރު އެނގޭމީހަކު ކަންތަކެއް ނުކުރާނެ!!!

  5. ކެޔޮޅު

    ނައިބު ރައީސްކަމައް ތަސައްރަފެއް ނުފުދޭ،

  6. ޙަމީދު

    ޢަލީހުސެއިން ބުނެބަލަ މާލޭގައުޅެނީ ކީއްކުރަން ގޮސްއުޅެންވީނު މިތަނުން ރަށެއްގާ

  7. ރަނާ

    އަހަރެން މިހާރު ވެެސް މާލޭެގައި އުޅެން ބޭނުން. އަހަރެންގެ ދަރިންކޮޅު ވެސް އެގޮތް ބޭނުން. މިހާރު ވެސް އަހަރެމެން އެކަމަށްޓަކައި ފައިސާ ރައްކާކުރަން ފަށައިފިން. އަހަރެމެން ޖަޒީރާ ދިރިއުޅުން ބޭނުމެއް ނޫން. ބޭނުމީ ކޮންކްރީޓް ތަރައްގީ.