އެތަށް މިލިއަން މީހުންނެއް ވަނީ ރޭ އެއް ގަޑި އިރާއި 43 މިނިޓުހާ އިރަށް އުޑުމަތިން ފެނުނު ހިތްގައިމު އަދި އާދަޔާ ހިލާފު މަންޒަރު ބަލަން ހޭދަކޮށްފައެވެ. އެއީ މިގަރުނުގައިވެސް ހިފާނެ އެންމެ ދިގު ހަނދުކޭތަ ހަމަލޮލުން ބަލާލުމުގެ ނަސީބު ލިބިގަތުމަށްޓަކައެވެ.

ރޭގެ ހިތްގައިމު ހަނދުކޭތަ އެފްރިކާ އާއި މެދުއިރުމައްޗާއި އޭޝިއާ އާއި އޮސްޓްރޭލިއާއަށް ފެނިގެންގޮސްފައިވާއިރު ބައެއް ގައުމުތަކަށް ހަނދުކޭތަ ފެނިފައެއް ނުވެއެވެ،

ނަމަވެސް ރޭގެ ނަލަ ހަނދު ކޭތަ ރާއްޖެއަށްވެސް ފެނިފައިވާއިރު ރާއްޖޭގެ އެތަށް ބައެއްވެސް ވަނީ ހަނދު ކޭތަ ބަލާފައެވެ.

ގަރުނުގެ އެންމެ ދިގު ހަނދުކޭތަ ހިފަމުން ދިޔަ ގޮތް ދައްކުވައިދޭގޮތަށް މަޑިކިލަނބާއިއެކު ނަގައި، އެޑިޓް ކޮށްފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

 

ހަނދު ކޭތަ ބެލި މީހުންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ހަނދުގެ ވާތް ފަރާތުން ތިރީގައި ފިސާރި އަލި ގަދަކޮށް މަޑު ރަތް ކުލައެއްގައި ފެންނަން ހުރި ގުރަހަ މިއްރީޚް (މާސް) އެވެ.

މިއްރީޚް (މާސް) އަދި ހަނދު - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ.

ހަނދު ކޭތަ ހިފާއިރު ނުވަތަ ބްލަޑް މޫން އެއްގައި ހަނދު ރަތް ކުލައިން ފެންނަ ސަބަބަކީ އިރާއި ހަނދުގެ ދެމެދަށް ދުނިޔެ ވަނުމުންނެވެ. އެކަމުގެ ސަބަބުން ހަނދަށް އެޅިގެންދާ އިރުގެ ދޯދި ދުނިޔޭގެ ޖައްވުގައި ޖެހި ރިވެރި (ރިފްރެކްޓް) ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެ ގޮތަށް ރިވެރި ވެގެން ދަނީ ރަތް ކުލައިގެ ދޯދިތަކެވެ. ކޭތަ ހިފާ ވަގުތު ހަނދު ރަތް ކުލައިން ފެންނަ ސަބަބަކީ އެއީއެވެ.

ފުރިހަމަ ހަނދުކޭތައެއް ދެން ފެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެ ހަނދުކޭތަވެސް ޔޫރަޕާއި އޭޝިއާ އާއި އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކަށް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    މައުމޫނު ތި ހަނދުކޭތަ ބެލިތަ؟

  2. އަބްދުއްލާ

    މައުމޫނަށް ވީގޮތަކީ އެންމެފަހުނޖެނުއަރީ ގަ ހިފި ކޭތަ މޫސުމީ ސަބަބުތަކާހުރެ ނުފެނުމުން ފެބްރުއަރީ 1 ގަ ހަނދުކަެތައެއް ގެންނަވަން އުޅުއްވުމުގެ ކުށުގެ ކޭތަ ބެލުން ވަނީ މަނާކުރެވިފާ.

  3. މީހާ

    އެހާ ދިގުކޮށް ރާއްޖެއަށް ފެނުނީ ރާއްޖޭގެ މީހުންގެ ފާފަވެރިކަމާއި ނުކިޔަމަންތެރިކަމުގެ ސަބަބުން ކޯފާގެ އިންޒާރެއްގެ ގޮތުގައި ކަމަށް އިލްމުވެރީންގެ ދިރާސާތަކުން ދައްކާ

    • ާއަލީ

      ޢިލްމްވެރިންނަށް އިގޭނީ