ރަސްފަންނުގައި މިރޭ ހަވާ އެރުވުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބާތާއި ގުޅިގެން ހަވާ އެރުވުން ރަސްފަންނުގައި އޮންނާނީ މިރޭ 23:15 ގައި ކަމަށެވެ. ހަވާ އަރުވާތަން ބަލާލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާއިރު މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި، ކުޅިވަރުގެ ރަސްމިއްޔާތު މިރޭ ގަލޮޅު ދަނޑުގައި އޮންނާނެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި، ކުޅިވަރުގެ ރަސްމިއްޔާތަކީ އަބަދުވެސް ގިނަ ދިވެހިން ބަލާ ހަރަކާތްތަކެެވެ. މި ރަސްމިއްޔާތަށް އެމްއެންޑީއެފްގެ ސިފައިންނާއި، އެނޫންވެސް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވާ އިތުރު ހަރަކާތްތަކަށް ބަލާއިރު، ޕްރޭޑާއި، ރޫޓް މާޗް މާދަމާ ހަވީރު މާލޭގެ ހުރިހާ ބޮޑެތި މަގުތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.