އުދައަރާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސެންޓަރއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އަދި ދިޔަވަރުބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެއަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

މެޓް އޮފީހުން މިރޭ ދިޔަވަރު އެންމެ ބޮޑުވާނެކަމަށް ލަފާކުރެވޭ ގަޑިތައް ވަނީ އާއްމުކޮށްފައެވެ. މެޓްއިން ބުނެފައިވަނީ އުތުރުގެ ސަރަޙައްދަށް މިރޭ 0012 (29 ޖުލައި) ގައި ދިޔަވަރު ބޮޑުވާނެ ކަމަށާއި މެދުތެރޭގެ ސަރަޙައްދުގެ ދިޔަވަރު ބޮޑުވާނީ 0144 (29 ޖުލައި) ގައި ކަމަށެވެ. އަދި ދެކުނުގެ ސަރަޙައްދަށް: 0222 (29 ޖުލައި) ގައި ދިޔަވަރު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން މިރޭ ނެރުނު އެލާޓްގައި ބުނެފައިވަނީ ރާއްޖޭގެ މެދު އަދި ދެކުނުގެ އަތޮޅުތަކަށް އުދައަރާނެ ކަމަށް ލަފާކޮށް މިރޭ 01:30 އިން ފަތިހު 5:30 ހާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

މިރޭގެ މޫސުމަށް ބަލާލާއިރު ދެކުނުގެ އެކި ހިސާބަށް ގުގުރުމާއިއެކު ކެރީގެ އަަސަރުކުރާނެ، އަދި އެހެން ހިސާބުތަކުގެ މޫސުން ރަގަޅުވާނެކަމަށް ލަފާކުރެވެއެވެ. އަދި ހުރިހާ ހިސާބަކަށްވެސް ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާ 20 މޭލު ދެމެދުގެބާރުމިނުގައިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެެ.