ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ފަހު ގެއަށް ވަންނަން ޖެހޭނީ ރައީސް ޔާމީން ފުރުވާލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އަށް ތާއީދު ހޯއްދެވުމަށް ބ.ތުޅާދޫގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ދިވެހިން މިހާރު ދިރިއުޅެމުން ގެންދަނީ ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރިކަމުގެ ތެރޭގައި ކަމަށާއި ގައުމުގެ މިނިވަންކަން ދިފާއު ކުރަން ޖެހޭ ކަމަށެވެ.

"ރައްޔިތުން ގޮތެއް ނިންމަން ޖެހޭނީ ހަމައެކަނި ވޯޓަކުން ނޫން. ވޯޓުލުމަށް ފަހު ގެއަށް ވަންނަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖެއިން ފުރުވާލާފައި" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވަނީ މީގެ ކުރިން ކުރި ޓުވީޓެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓް ލުމަށް ފަހު ރައްޔިތުން މަގުމަޗަށް ނިކުތުމަށް ވެސް ގޮވާލާފައެވެ.

ގައުމު އިސްލާހު ކުރެވޭނީ އިސްލާހަށް މަސައްކަތް ކުރާ ރައްޔިތުންނަށް އެކަނި ކަމަށާއި ބޮޑެތި ލޯނުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަން މަޑުމަޑުން ދޫވެގެންދާ ތަން ފެނަމުންދާ ކަމަށް ވިދާޅުވެ އަލީ ހުސެއިން ވިދާޅުވީ މިއީ ކަންބޮޑު ވާން ޖެހޭ ކަމަށެވެ.

"ލޯނު ދެއްކޭނެ މަގު ރާވާފައި ނެތި، ބަޔަކު ލޯނު ދޭން ތިބުމުން އެ ލޯނު ދިވެހި ސަރުކާރުން ނަގަމުންދޭ. އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން" އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ މާލެއަށް އަނެއްކާވެސް މީހުން ތޮއްޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މިކަން ރައްޔިތުން ބަދަލުކުރަން ޖެހޭނެ ކަމަށެވެ.

"ވެރިކަން ނެގެހެއްޓުމަށްޓަކައި އެމަނިކުފާނުގެ ޖާހު ބޮޑު ކުރެއްވުމަށްޓަކައި މި ސަރުކާރުން ވައްކަމުގައި ގެއްލިފައިވާ ފައިސާ އާއި ހިޔާނާތުގެ ގޮތުގައި ގެއްލިފައިވާ ފައިސާ ބޮޑުވެގެން މި ދަނީ މި ޤައުމުން އިންސާފު ގެއްލިފައިވާތީ" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ހަޤީޤަތުގައި ކޯޓުތަކާއި މިނިވަން މުވައްސަސާތައް ހައިޖެކް ކޮށްގެން، ހިފަހައްޓައިގެން އުޅެނީ ހަމަ އެންމެ ކަމެއް ހޯދަން، ރައްޔިތުންގެ ލޯބި ހޯދާކަށް ނޫން ކަމަށެވެ.

އަލީނހުސެއިން ވިދާޅުވީ ރައްޔިތުން އެދެނީ ސާފު ބޯފެނާއި ފާހާނައިގެ ނިޒާމާއި ފަސޭހަކަމާއެކު ދަތުރުގެ ނިޒާމެއް އޮތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ޢަލީ ހުސައިން

    ދެން ތިވީ ގެއަށް ނުވަދެ ތިބެން. ޙިއެއްނުވޭ މިދިޔަ ރޯދަމަހު ރޯދަ ހިފިހެނވެސް. ޠާމީން ވެރިކަމުން ބާލާފަ ނޫނީ ރޯދަނުހިފަން ހުވާކުރި މީހުނ ތީ. ﷲ އިރަަދަ ކުރެއްވިއްޔާ ރައީސް ޔާމީން މިފަހަރުވެސް ހޮވޭނީ

  2. ފައި

    ބޮޑާ ކަމާއި ކިބުރު ވެރިކަމަކީ އިންސާނުންނަށް ލިބިގެންވާ ކަމެއް ނަމަވެސް މިވަރުގެ ބޮޑާ ގަދަބަސް ބުނާބަޔަކު ނުތިބޭނެ. މަ ހަމަ ހައިރާން ވެއްޖެ!!! ކަލޯ ވަގުތު ޖެހެންދެން މަޑުން ތިބެބަލަ ނިކަން .....

  3. ޝަލަފު

    ހެހެހެހެހ.. ތިބުނީ ކަލޭމެން ފުރާވާހަކަ ދޯ..

  4. ދިވެހިމީހާ

    އަހަރެމެން ތިއްބާ ތިކަމެއް ތިޔަބައިމީހުނަކަށް ނުވާނެ ވ ސަލާމް

  5. ބިސް

    ބޯގޮވީތާ

  6. ފާތު

    ވޯޓުލުމަށްފަހު ގެއަށް ވަންނާނީ ޢަލީ ހުސައިނު ރަށަށް ފޮނުވާލާފައި. ޢަލީ ޙުސައިނަކީ ވެރިކަމާހެދި މޮޔަވެގެން މިރާއްޖެ ހަލާކު ކުރަމުންދާ އަނިޔާވެރިއެއް. އަދި މުޅި ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަމުންދާ ޖައްބާރެއް.

  7. އެއުރެން

    ވޯޓްލާ ނިމުމަށްފަހު އެންމެން ގެއަށް ވަންނާނަވާނި މިކަލޭގެ ހިފައި ހައްޔަުކޮށް ގަންހިންގައި ޖަލުގައި ބަންދުކުރުމަަށްފަހުގައެވެ.
    ރަނިންމޭޓްކަން ނުލިބުނީ ރައީސް ޔާމީންގެ ސަބަބުންނެއް ނޫނެވެ. ތާއީދު ނެތުމުންނެވެ. ތީ ޔާމީނަށް ގޮތެއް ހެދޭވަރަށްވުރެ ފެންވެރު ދަށް...........އެއް

  8. ލާހޫރޭ

    ކަލޯމެން ރާނީ ތޮއްވަރިއަށް ވަނަކަސް ބަލަގަ ޔާނު ނޫޅެޔޭ އިނގިރޭސިންގެ ތައްޕާހުން އުޅޭކަށެއް އެންޖެލާ މާކެލް އާ ރާނީ ކަލޭމެންނަށް އިންތިޒާރު އަބަކުރޭ

  9. އާދަނު

    އަޅެ މީނަ ގަދައެއް ނޫންތަ؟

  10. ދިވެއްސެއް

    އިދިކޮޅޭ މިކިޔާ މީހުން ތެދެއް ހަދާނަމަ 2014 އިން ފެށިގެން ތިބޭނީ މަގުމަތީ. ކޮންމެ ފަހަރަކު ބުނާނެ ގެޔަށް ވަންނާނީ މި ވެރިކަން ބަދަލު ކޮށްފައޭ. އެހެންވެ މިބުނީ ތެދެއް ހަދާނަމަ މިމީހުން ތިބޭނީ މިހާރު މަގުމަތީޔޭ

  11. Anonymous

    ތިއީ ހައިވާނުންގެ ސިފަ. ރ.ޔާމީންއަކީ ދިވެހި ދަރިއެއް. ކަލޭ އަމިއްލަ ނަމުގައޮތް ތަނެއްނޫން ދިވެހި ރާއްޖެއަކީ.

  12. ހުސޭނުބޭ

    ކަލޯގެޔާ!!!! އިއްޔެރޭ ހިފި ހަނދުކޭތަ ހިފާފައި މިހުރީ މިސޮރުގެ ބޮލަށް! ރަނިންމޭޓްކަން ނުލިބުމުން މިކަލޭގެ މިޔޮއް މުޅިން އަވަދިވަނީ!!!!!

  13. ބޭބެ

    އިރާދަ ކުރެއްވިއްޔާ ރައިސް ޔާމިން ބޮޑު އަގުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކޮށް މި ހައިޖާނު ޕާޓީތަކުން މިގައުމު ސަލާމަތް ކުރާނެ!! މިކަހަލަ އަމިއްލަ އެދުން ބޮޑު ހައިޖާނު ހަދާ މީހުން މަގު ފުރައްދަން މަސައްކަތްކޮށް ގައުމު ހަލާކުގެތެރެއަށް ވައްޓާލަން މަސައްކަތްކުރާ މީހުން އެއްފަރާތްކުރާނެ ރައްޔިތުން މިފަހަރު!

  14. ސަންޑޭ

    ބަލަ މޮޔައާ ބޭންތަކުން ލޯނު ދެނީ ދެއްކޭވަރު ގެ މީހުނަށް.އެއވެސް ގައުމެއްގެ ބެން ކަކުން ބުނިތަ ތިހެން.ކަލޭ މިރާއްޖެގެ ބޭން ކަކުން އަހަރެންނަށް ލޯނެއް ހޯދަދީބަލަ. ބަލަ މަށަށް އަދިވެސް ނުލިބޭ އެީ އަހަރެންނަށް ދެއްކޭނެ ގޮތް ސާބިތު ނުކުރެވޭތީ. ކަލޭމެން މިހުން މޮޔަހަޢްދަން ވާހަކަ ނުދައްކާ، ކޔާނެ އޮށްޓަރު ހުރި އެޗެސް ނޭގެންޏާ
    މަޑުން ހުރޭ.މިރާއްޖެ މިދާ ބާރު މިނުން ގަ ކަލޭމެން ނަކަންނުގެން ދެވޭނެ.

  15. އައިމިން

    މިމީހުންމީ ކަންކަން މިންވަރުކުރައްވާ ފަރާތެއްވާކަން ޤަބޫލުކުރާ ބައެއްވެސް ނޫން. ކޮންމެ އެއްޗެއް ބުނެލާއިރު ހީވަނީ މިއީ ކުރިއަށްވާނެ ކަންތައްތައް އެނގޭ ބައެއްހެން. ގަދަބަސް ބުނުމުގެ ކުރިން ކޮންމެކަމަކަށް ކުޅަދުންވަންތަ ފަރާތެއްވާކަން ވިސްނާލަބަލަން ނިކަން. މިހީވަނީ އަމިއްލައަށް ދުނިޔެއަށް އައިސް، ބޭނުންވާހަކާ ކަމެއް އަމިއްލައަށް ޙާޞިިލުކޮށްގެން އުޅޭ ބައެއްހެން.
    އަޅަމެންގެ ދީނާއި، ޤައުމަށް ތެދުވެރި އިޚްލާސްތެރި ތެދުވެރި ގޮތުގައި ތިބި ބަޔަކަށް ވެރިކަން ދެއްވުން އެދި ދުޢާދަންނަވަން.

  16. އަޖާއިބު އަންތަރީސް

    ޔާމީނު ފިޔަވާ ބޯފެނާ ފާޚާނާގެ ނިޒާމު ގާއިމުކޮށްދޭ ދެވަނަ ރަީސަކު އަލީ ދައްކަބަލަ. އޭރުން އެމީހަކަށް ވޯޓުދެވޭނީ.

  17. ާފާއިޒު

    ޢަލީހުސައިންގެ ތިޔަ ވާހަކައަކީ ބަލައިގަނެވޭނެ ވާހަކައެއް ނޫން. ތިއީރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށަ ދައްކާވާހަކައެއް. ޔާމީން ފުރުވާލަންޖެހޭ އެއްވެސް ސަބަބެއް ނެތް. މިހާރު ގުޅިގެން ތިއުޅޭ އެމްޑީޕީ ވެ ވެރިކަމުގައި ދަރަނިދަސްކާނެ ގޮތެއް ނޭނގިތިބެ ނެގި ލޯނުތައްވެސް ޔާމީން ސަރުކާރުން ވަނީ ދައްކާފަ. ރައްޔިތުންނަށް އޮޅުވާލަން ދޮގު ވާހަކަދައްކާ މީހުން މަގުފުރެއްދުމުން ދުރުހެލިވޭ.

  18. އަޙުމަދު ޙަމީދު

    ރޔ އަކީ ދިވެހި ފަސްގަނޑު ދެކެ ލޯބިފުޅުވާާ ދިވެއްސެއް. މި ފަސްގަނޑަށް އުފަންވި ފަދައިން އަވަހާރަވާނީ ވެސް މި ފަސްގަނޑުގައި. ދިވެހިރައްޔިތަކު މި ރާއްޖެއިން ފޮނުވާލުމުގެ ހައްގެއް ތިޔަ ޚާއިނުންނަކަށް ނޯންނާނެ. ކަލޭމެން ހުވާކުރީމެއްނު. ޔާމީން ރައީސްކަމުން ބާލައިފަޔޭ މި ދިޔަ ރޯދަމަހު ރޯދަ ހިފާނީވެސް. އިންޝާﷲ، ތިޔަ ޙަސަދަ ވެރީންގެ ނުބައިކަމުން މި ރާއްޖެ ސަލާމަތްކުރައްވައި ރައީސް ޔާމީންގެ ޒަޢާމާތުގައި މި ޤައުމު ތަރައްޤީގެ އާ އުސްމިންތަކަކަށް ވާޞިލުކުރައްވާނެ.

  19. ޙުސައިން މ. މުލި

    ބަލަގަ ޔާމީން ހިޔާނަތް އިންތިހާ އަށް އެރީމަވެސް އޭނާ ފޮނުވާލަން ވީތަ ތިދައްކާވާހަކަ ދެކޮޅެއް ނުޖެހެއެއްނު.
    ބަލަގަ މިހިރަ ސޮރާ ލޯނުދެއްކޭނެ ގޮތެއް ނެތިއްޔަކާ ލޯނެއް ދުލެއް ނުކުރާނެ. ހިވަނީތަ އަހަރެމެން މީމޮޔައިންނޭތަ.

  20. ޢަލި

    ތިކަހަލަ ޒާތީ ވެގެން އުޅޭ މީހުން ކަމަކު ނުދޭ

  21. ކަނައްކަފޫޅު

    ކަލޯ ހިދުކޮކުގަތަ

  22. އިބޫ ބުނި ފައިސަލްބުނި އަލީހުސައިން

    އައްޔާ ކައެ ހަމަގައިތަ.ތި ހުންނަނީ. ނޫނީ ހިނދުކޮޅުގަތަ. ރައްޔިތުންނައް ބޯފެނާ ނަރުދަމާޔާ ތާހިރު ދިރިއުޅުމެއް އުޅުމައް ބަޖެޓައް ވޯޓު ނުދިނީ ކީއްވެތަ. އަހަރެމެން އެންމެން ވޯޓުލާފަ އަރާނީ ކެންދުއައް
    ކަލޭ އިނގިރޭސި ވިލާތައް ފުރުވާލާފަ ނޫނިއްޔާ ކެންދޫއަކައް ނާރާނަން

  23. Anonymous

    ކޮއްޓޭ ކޮއްޓޭ ވާހަކަ ދައްކަން ނޭގޭ

  24. ނުޢައިމު

    މަށަށްހީވަނީ ބ އަތޮޅުން ކަމެއް ނުވާނޭކަން އެގުނީމާ ލަދު ފޮރުވަން އުޅޭހެން؟

  25. Anonymous

    ފިތުނަ ފަސާދަ އުފައްދާ މީހުންގެ ޙުކުމް ﷲ ގެ ފޮތުގައި އެވަނީ ބަޔާންކުރައްވާފަ، އެހެންކަމުން އެފަދަ މީހުންގެ ހައްޤު ޖަޒާ އެބައިމީހުންނަށް ލިބޭނެކަން ކަަވަރު، ވެރިކަން ދެއްވާނެ ފަރާތެއް މޮޅަން ދެނެވޮޑިގެންވަނީ ﷲ، އެކަލާނގެ އީ އެންމެ ބާރުގަދަ ފަރާތް، ޢަލީ ޙުސައި ކިތަންމެ ވަރެއް ވިޔަސް ﷲ އެކަމަށް އިރާދަ ނުކުރައްވާހިނދު އެކަމެއް ނުވާނެ. އެކަލާނގެ އަޅުންގެ މައްޗަށް ވެރިކަން ކުރުމަށް އެކަލާނގެ ފޮނުއްވާނެ ފަރާތެއް އެކަލާނގެ ދެނެވޮޑިގެންވޭ. އަޅުގަނޑުގެ ދުޢާއަކީ ތިފަދަ ފިތުނައިގެ ބަޔެއްގެ މައްޗަށް މި ޤައުމުގެ ވެރިކަން ފުރޮޅިގެން ނުދިއުން. އާމީން

  26. ޢަލީ

    ފިތުނަ ފަސާދަ އުފައްދާ މީހުންގެ ޙުކުމް ﷲ ގެ ފޮތުގައި އެވަނީ ބަޔާންކުރައްވާފަ، އެހެންކަމުން އެފަދަ މީހުންގެ ހައްޤު ޖަޒާ އެބައިމީހުންނަށް ލިބޭނެކަން ކަަވަރު، ވެރިކަން ދެއްވާނެ ފަރާތެއް މޮޅަން ދެނެވޮޑިގެންވަނީ ﷲ، އެކަލާނގެ އީ އެންމެ ބާރުގަދަ ފަރާތް، ޢަލީ ޙުސައި ކިތަންމެ ވަރެއް ވިޔަސް ﷲ އެކަމަށް އިރާދަ ނުކުރައްވާހިނދު އެކަމެއް ނުވާނެ. އެކަލާނގެ އަޅުންގެ މައްޗަށް ވެރިކަން ކުރުމަށް އެކަލާނގެ ފޮނުއްވާނެ ފަރާތެއް އެކަލާނގެ ދެނެވޮޑިގެންވޭ. އަޅުގަނޑުގެ ދުޢާއަކީ ތިފަދަ ފިތުނައިގެ ބަޔެއްގެ މައްޗަށް މި ޤައުމުގެ ވެރިކަން ފުރޮޅިގެން ނުދިއުން. އާމީން

  27. ޢަލިބެ

    ވޯޓުލުމުގެކުރިން ރައްޔިތުންނިކުމެ އަލީހުސެއިން މާލެއިންބާލަން ރަންޔިތުންނިކުުތުންކިހިނެއްވާނެބާ.

  28. އަޙްމަދް

    ހައްދަވާ ގެންގުޅުއްވާ އަޅަމެންގެ ވެރި "ރައްބް"
    އަޅަމެންގެ މައްޗަށް އިބަ ﷲ އިސްކުރައްވާފައި މިވާ މުސްލިމު ވެރިޔާ أمير ރައީސް ޖުމްހޫރިއްޔާ عبدالله ޔާމީނާއި އިދިކޮޅު އެއްމެހައި ފަރާތްތަކުގެ ދުލާއި އަތުގެ އަނިޔާވެރިކަމުގެ ނުބައިކަމުން އަޅަމެންގެ މި މުސްލިމު ވެރިޔާ އިބަﷲގެ އަމާން ކަމާއި ރައްކާއުތެރިކަމުގެ ތެރިއިން އަޅަމެންގެ މި މުސްލިމު ވެރިޔާ އަށް އަމާން ކަމާއި ރައްކާތެރިކަން މިންވަރުކޮއްދެއްވާ އަދި ޘާބިތު ކަމާއި ކެތްތެރިކަންވެސް މި ވެރިޔާ އަށް މިންވަރު ކޮއްދެއްވާ މި ވެރިޔާ އާއި އިދިކޮޅު އެއްމެހައި ފަރާތް ތަކުގެ މައްޗަށް ނަޞްރާއި ކާމުޔާބު އިބް ﷲ މިންވަރު ކޮއްދެއްވާ ފާނދޭވެ أمين.

  29. އާމިރު

    އަލީހުސެއިނަށް ހަމަ މި ފުށްގަނޑު ދިނީމެ 5 އަހަރަށް. ތިޔަ އަލީހުސެއިން ބުނެގެން

    ފުރަތަމަވެސް ނަޝީދު، ދޫކޮށްލީ ކެބިނެޓްގެ އެންމެން. ދެންނުކުތީ ކުދިންކޮޅު ގޮވައިގެން

    ޢަލީ ހުސެއިން. ދެން، އެ ފުށްގަޑު ރަތްޔިތުންދިނީ ޔާމީނަށް. އަލީހުސެއިންގެ ލޮލަށް

    ރަނގަޅަށް ފެންނަނަމަ ފުށްގަޑުން ހަދަމުންދާ ހެދިކާގެ ބާވަތްތައް ފެންނާނެ.

    ނުފެނުނަސް އެބަކެވެއެއްނޫން. އެހެން ވީމަ، ހިމާރެއްހެން ހަޅޭނުލަވާ ޔާމީންކައިރިއަށް

    އާދެ.

  30. އެބުނީ

    މިޔޮށް ހުރިހާ ދުވަހު ލޯނުނަގައިގެން ނުގެއްލުނު މިނިވަންކަމެއް މިހާރު ގެއްލެން ޖެހޭ ސަބަބެއް މަށައް ނޭގުނު.. އެވެސް ދިވެހިން ފުއްދުން ތެރި ވާން ފެށީމަތަ.. މިކަހަލަ ސޮރުން މިއުޅެނީ އަހަރުމެންނަށް ކުރަންވީ ކަންކަން ކިޔައިދޭން..

  31. މާރިޔާ

    ﷲ އިރާދަކުރެއްވިއްޔާ މިފަހަރު އިންތިހާބުުން ހޮވޭނީ ރައީސް ޔާމީން. އިންޝާﷲ

  32. ޙަމީދު

    ކަލޯގެ ލަދާ ހަޔާތް ކޮބައިތަ؟ ވެރިކަމުގަ ދޯ ތިހުރީ.. ސައިޒަށްވުރެ އަނހަބިޑުވެގެން ތިއުޅެނީ. ޜައީސް ޔާމީނު ވެރިކަމުގަ ހުރުން މާ މުހިއްމު ތި އަނގަތަކަށްވުރެ

  33. މޫސަ

    އަލީ ހުސައިން ގެ ތަރިކަމުދާގަނޑެއް ނޫން ރާއްޖެ އަކީ. ކަލޯ ދޭބަލަ ކެންދޫފަޅުން މުށިމަސް ބާނަން.

  34. ައދ.

    ޔާމީނު ފިޔަވާ ބޯފެނާ ފާޚާނާގެ ނިޒާމު ގާއިމުކޮށްދޭ ދެވަނަ ރަީސަކު އަލީ ދައްކަބަލަ. އޭރުން އެމީހަކަށް ވޯޓުދެވޭނީ....ކަލޯ މޮޔަވީތަ ؟ އިނަްޝާﷲ މިފަހަރު ތިކަމެއް ނެއްކަން ކަލޭގެ ތިވާހަކަތަކުން ވަރައްސާފު