ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށުމަށް އިދިކޮޅު ޕާޓީތަކަށް ސަރުކާރުން އަނެއްކާ ވެސް ދައުވަތުދީފިއެވެ.

އިދިކޮޅު ފަރާތްތަކަށް މަޝްވަރާތަކަށް އަލުން ދައުވަތުދީފައި ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ސޮއި ކުރައްވައި ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި މަޝްވަރާތަކުގައި ޕާޓީތަކުގެ ފަރާތުން ބައިވެރިވާނެ ފަރާތެއްގެ ނަން ފޮނުވައި ދިނުމަށް އެދިފައިވެއެވެ.

އެ ސިޓީގައި މީގެ ކުރިން ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީތަކަށް ޕާޓީތަކުން ޖަވާބު ދީފައި ނުވާތީ ވަނީ ހިތާމަ ފާޅު ކޮށްފައެވެ.

މަޝްވަރާތައް ފެށުމަށް ސަރުކާރުން ދައުވަތު ދީފައި މިވަނީ އިއްޔެ ޔޫރަޕިއަން ޔުނިއަން އިން ރާއްޖެއާމެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އެ ފަހުން ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ ޕާޓީތަކުގެ މަޝްވަރާތައް ފަށާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައެވެ. އަދި މީގެ ކުރިންވެސް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް މަޝްވަރާގެ މޭޒަށް ދައުވަތު އަރުވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ސަރުކާރުން މިމަހުގެ ކުރީކޮޅު މަޝްވަރާއަށް ގޮވާލުމުން އިދިކޮޅު ފަރާތްތަކުން ވަނީ ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ. ނަމަވެސް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ދާދި ފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ ޝަރުތުކޮށްގެން ބާއްވާ އެއްވެސް މަޝްވަރާއެއްގައި އެ ޕާޓީއިން ބައިވެރި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާއާއާއާ

    އީޔޫ ގަރާރާއި ގުޅިގެން ތަމެން އަންނަން ބޭނުން ނަމަ އަންނަންވީ ހުސް ގަނޑެއް ހިފައިގެން މަޝްވަރާ އަށް ނައިސް ކީއްކުރާނީ ތޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ. މަަހަށް މަހަށް މަހަށް ދޭބަލަ. އީޔޫ ވެސް މަހަށް ދޭބަލަ ދެން.

  2. މާރިޔާ

    ސާބަހޭ ސާބަހޭ ރައީސް ޔާމިން