ރާއްޖޭގެ މަގުބޫލު އެއް ޕްރައިވެޓް ކޮލެޖްކަމުގައިވާ އެވިޑް ކޮލެޖުން "އެވިޑް ޕްރޮފެޝަނަލް ޑައިލޮގް" ސީރީޒްގެ ފުރަތަަމަ ފޯރަމް ބާއްވައިފިއެވެ.

ރޭ ކަލާފާން ސްކޫލްގައި ކުރިއަށްދިޔަ މި ފޯރަމް ހާއްސަ ކުރެވިފައި ވަނީ "އިންކްލޫސިވް އެޑިޔުކޭޝަން"އާ ގުޅޭގޮތުންނެވެ. މި ފޯރަމްގައި ކީނޯޓް ދެއްވުމަށް ވަޑައިގެންނެވީ ނެޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ޑިސެބިލިޓީ ޔުނިޓް ހެޑް އަހުމަދު އާތިފް އެވެ. މި ފޯރަމްގައި ޑިސެބިލިޓީ އެމްބެސެޑަރސް އަދި މި ރޮގުން ރާއްޖޭގެ ތަޖުރިބާކާރު ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ، މި ފޯރަމްގެ ދަށުން ކުރިއަށް އޮތްތަނުގައި މީހުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތަކާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް އަދި ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަަމަށެވެ.

"އެވިޑް ޕްރޮފެޝަނަލް ޑައިލޮގް" ސީރީޒްގެ ފުރަތަަމަ ފޯރަމް ފެށުން – ވަގުތު އިމޭޖްސް: އަހްމަދު އަލީ
"އެވިޑް ޕްރޮފެޝަނަލް ޑައިލޮގް" ސީރީޒްގެ ފުރަތަަމަ ފޯރަމް ފެށުން – ވަގުތު އިމޭޖްސް: އަހްމަދު އަލީ

ޑރ، އަބްދުﷲ ރަޝީދު ވިދާޅުވީ، އިންކްލޫސިވް އެޑިޔުކޭޝަން ފޯރަމެއް ބާއްވަން ހިޔާލު ކުރީ އެ ދާއިރާއަކީ ރާއްޖޭގައި މިހާރުވެސް ވަރަށް ބޮޑަށް ވާހަކަދެކެވޭ ތައުލީމީ ދާއިރާގައިވެސް ވަރަށް ބޮޑަށް އަހަައްމިޔަތުކަން ދެވޭ ކޮންސެޕްޓަކަށްވާތީ ކަމަށެވެ.

"މީގެ އަހަރުތަކެއް ކުރިން ތަފާތު ގޮތްގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާކީކޮށްލާފައިވިޔަސް، މިއަދު ދުނިޔޭގެ އެހެން ގައުމުތަކޭ އެއްފަދައިން ރާއްޖޭގައި ވެސް މިކަން ވަރަށް ބޮޑަށް ވަނީ ކުރިއަށްގެންދެވިފައި".ޑރ،އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އިންކްލޫސިވް އެޑިޔުކޭޝަންއަކީ، އެކަމާއި ގުޅޭ ތައުލީމާއި، ތަމްރީނާއި އަދި ތަޖުރިބާ ސްކޫލްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބިގެން ކުރިއަށްގެންދެވޭނެ ކަމެއް ކަމަށާއި، ބެލެނެވެރިންނަށްވެސް މިކަން ދެނެގަންނަން ޖެހޭކަމަށް ޑރ،އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ރޭގެ ފޯރަމްގައި މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކާއި، މުދައްރިސްކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން، އެ ރޮގުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

"އެވިޑް ޕްރޮފެޝަނަލް ޑައިލޮގް" ސީރީޒްގެ ފުރަތަަމަ ފޯރަމް ފެށުން – ވަގުތު އިމޭޖްސް: އަހްމަދު އަލީ

އެ ބައިވެރިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާދިނުމުގައި ހުރި ދަތިތަކާއި، އަދި މިހާރުގެ ސަރުކާރުން އެ ކުދިންނަށް ކިޔަވާ ދިނުމަށް ހާއްސަކޮށް ކުރިއަށްގެންދާ ހާއްސަގޮތްތަކާއި ގުޅޭގޮތުން އަލިއަޅުވާލާ ވާހަކަދައްކާފައެވެ. އަދި އެ ކުދިން ސްކޫލް ނިންމައި، އިތުުރަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ މަގެއް ތަނަވަސްކޮށްދިނުމަށް ބައެއް ފަރާތްތަކުން ވާހަކަދެއްކިއިރު، އެފަދަ ކޯސްތަކެއް ހިންގަން މަޝްވަރާތަކެއް ކުރިއަށްގެންދާނެކަމުގެ ފެހި ސިގްނަލް އެވިޑް ކޮލެޖުން ވަނީ ދީފައެވެ.

"އެވިޑް ޕްރޮފެޝަނަލް ޑައިލޮގް"ގެ ފުރަތަމަ ސީރީޒް މިއަދު ކުރިއަށްދިޔަ ނަމަވެސް، އޮގަސްޓް މަސް ތެރޭގައި މިފަދަ ދެވަނަ ސީރީޒް ފަށާނެއެވެ. އޮގަސްޓް މަސް ތެރޭގައި އޮންނަ އެ ސީރީޒް ހާއްސަ ކުރެވިފައި ވާނީ "ޖާނަލް ރައިޓިންގ"އާ ގުޅޭގޮތުންނެވެ. އެ ވޯކްޝޮޕްއަށް ހާއްސަ މެލޭޝިޔާގެ ޕްރޮފެސަރެއް ވަޑައިގަންނަވާއިރު، އެއީ ތިން ދުވަހުގެ ވޯކްޝަޕެއްކަމަށް ޑރ، އަބްދުﷲ ރަޝީދު ވަނީ ވިދާޅުވެފައެވެ.

"މި ޖާނަލް ރައިޓިންއަށް އަޅުގަނޑުމެން ހުޅުވާލާނަން ޕަބްލިކްއަށް. ޕަބްލިކްއިން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑުމެން ޖާގަ އޮތް މިންވަރަކުން އެ ފުރުސަތު ދޭނަން. އަދި ހާއްސަކޮށް އެވިޑް ކޮލެޖްގެ މުވައްޒަފުން މި ދެންނެވި ތިން ދުވަހުގެ ވޯކްޝޮޕްގައި ބައިވެރިވަޑައިގަންނަވާނެ". ޑރ، އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

"އެވިޑް ޕްރޮފެޝަނަލް ޑައިލޮގް" ސީރީޒްގެ ފުރަތަަމަ ފޯރަމް ފެށުން – ވަގުތު އިމޭޖްސް: އަހްމަދު އަލީ
"އެވިޑް ޕްރޮފެޝަނަލް ޑައިލޮގް" ސީރީޒްގެ ފުރަތަަމަ ފޯރަމް ފެށުން – ވަގުތު އިމޭޖްސް: އަހްމަދު އަލީ

މި ވޯކްޝޮޕް ނިމުމާއެކު "އެވިޑް ޕްރޮފެޝަނަލް ޑައިލޮގް"ގެ ތިން ވަނަ ވޯކްޝޮޕްވެސް ބޭއްވޭނެ ކަމަށާއި، އެ ވޯކްޝޮޕްގައިވެސް ޕްރޮފެސަރެއް ބައިވެރިވާނެ ކަމަށް އެވިޑުން މައުލޫމާތުދެއެވެ. އަދި މި ވޯކްޝޮޕް އޮންނާނީ ކިޔަވާދެއްވުމުގެ އުސޫލުތަކާއި ގޮތްތަކާއި ގުޅޭގޮތުންނެވެ.

"އެހެންވީމަ މިއީ މިރޭ ފަށާފައި އަޅުގަނޑުމެން ނިންމާލާ ސީރީޒްއެއް ނޫންކަމުގައި ދަންނަވަން". ޑރ، އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެވިޑް ކޮލެޖްގެ އޮފިޝަލެއް ކަމަށްވާ އާލިމް ވިދާޅުވީ، ކޮލެޖުން ހިންގާ މިކަހަލަ ބައެއް ބޮޑެތި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންނަށް އެ ކުދިންގެ ފީ ދައްކަން ދަތިވާނަމަ އެ ކުދިން ބާސަރީ ޕްރޮގްރާމެއްގެ ދަށުން އެހީތަކެއް ދީ ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

"މިހާރުން ފަށައިގެން ކޮލެޖްގެ ވެބްސައިޓުން ސްކޮލާޝިޕް އާއި ބާސިއަރީ ސެކްޝަން ވާނީ ހުޅުވިފައި". އާލިމް ވިދާޅުވިއެވެ.

އެވިޑް ކޮލެޖުން ރޭ "އިންކްލޫސިވް އެޑިޔުކޭޝަން"އާ ގުޅޭގޮތުން ހާއްސަ ފޯރަމެއް ބޭއްވިއިރު، އެ ކޮލްޖުން ވަރަށް ފަހުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވަދޭ ޓީޗަރުން ތަމްރީނު ކުރުމަށް މާސްޓާސް އޮފް ޓީޗިންގ އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން ކޯހެއް ތައާރަފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަލީ

    ރާއްޖޭގެ ތައުލީމަށް އެވިޑް ކޮލެޖުން ތިކުރައްވާ މަސައްކަތައް އައްސަރިބަހާ ސާބަސް ދަންނަވަން. އެވިޑްގެ ދަރިވަރަކަށް ވެވުނީތީ ފަހުރުވެރިވަން.

  2. ލައިލާ

    ވަރައް ފުރިހަމަ!