އުމުރުން 27 އަހަރުގެ، ތެހެރާ ރަޙްމާން މިވަނީ ދާދި ފަހުން ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދާފައެވެ. އެއީ އެންމެ ފުރަތަމަ، ހިޖާބު ލައިގެން "ފުލް ޓައިމް" ކޮށް، ކެމެރާ ކުރިމަތީ މަސައްކަތް ކުރާ އެމެރިކަން ޓީވީ ރިޕޯޓަރެއްގެ މަތިވެރި ފަޚުރާއެކުގައެވެ.

މި ވަގުތު، ޑަބްލިޔު.އެޗް.ބީ.އެފް ޓީވީގެ ރިޕޯޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާ ތެހެރާ މީގެ ކުރިން ދެ އަހަރު ވަންދެން މަސައްކަތް ކޮށްފައި ވަނީ ޕްރޮޑިއުސަރެއްގެ މަޤާމުގައެވެ. އެ ވޭތުވެދިޔަ ދެ އަހަރުވެސް ތެހެރާ ވަނީ ހިތްވަރު އެލުވާލުމެއްނެތި "އޮން އެއާރ" ގައި މަސައްކަތް ކޮށްލަން ފުރުސަތު ލިބޭތޯ ނުހަނު މަސައްކަތް ކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ތެހެރާ އޭނާގެ މި އުންމީދު ފުރިހަމަ ކުރެވޭތޯ މަސައްކަތް ފެށީ، ގުރޭޑް ފަހެއްގައި އުޅުނު އަހަރެވެ. އޭރުއްސުރެ ހިޖާބު ލާން ފެށި ތެހެރާ އަށް ތަފާތު ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. ވަކިން ޚާއްސަކޮށް އޭނާގެ މަންމަ ވެސް ޤަބޫލު ކުރިގޮތުގައި އެފަދަ ކަމެއް ކުރުމަށް ތެހެރާ އަދި މާ ކުޑައެވެ. ނަމަވެސް ހިތްވަރު ދޫނުކޮށް ތެހެރާ ވަނީ އޭނާގެ ގޮތުގައި ސާބިތު ވެފައެވެ.

 

ބެލުންތެރިންގެ ފާޑުކިޔުން އަމާޒުވަމުން ދިޔަނަމަވެސް، ތެހެރާ ބުނާ ގޮތުގައި، ހިތްވަރު ދިނުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅު ތަކުން ވެސް ނޯޓް ފޮނުވައި މެސެޖް ކޮށްވެސް ހަދައެވެ. އަދި އެއީ އޭނާގެ މި މަސައްކަތް އިތުރަށް ދެމެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތާހިރު

    އޭނަގެ ނަމަކީ ތޯހިރާ

  2. ރީތި މޫސަ

    މިތިބެނީ ކެރޭ ދީންހިފާއްޓާ އަންހެނުން ރާއްޖޭގަމިފެންނަނީ ކިރިޔާމަސްހޫރު ވެލާއިރަށް ހިޖާބް ބާލާލާފަ އޮރިޔާމުންނުކުންނަތަން