ސޯޝަލް މީޑިއާ އެކްޓިވިސް އަދި އެކި އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލުހުކުމެއް ފުރުއްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެކުވެރިއެއް ކަމަށްވާ މޫސާ އަންވަރަށް އިނގިރޭސި ވިލާތުން ހިމާޔަތްދީފިއެވެ.

މޫސާ އަންވަރަށް އިނގެރޭސި ވިލާތުން ހިމާޔަތް ދީފައިވަނީ މިދިޔަ ހަފްތާގައެވެ. މީގެ ދެ އަހަރު ކުރިން އަދީބު ހައްޔަރު ކުރި ފަހުން އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ މޫސަ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އަދީބުގެ ފިކުރު އިނގިރޭސި ވިލާތުން ބަލައިގަންފި ކަމަށާއި އިނގެރޭސި ވިލާތުން އޭނާއަށް ހިމާޔަތް ދީފައިވާ ކަމަށެވެ.

މޫސާ އަންވަރުގެ އިތުރުން އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަމީން އިބްރާހީމް އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު ސޮބާހް ރަޝީދަށް ވެސް މީގެ ކުރިން އިނގިރޭސިވިލާތުން ވަނީ ހިމާޔަތް ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މމ

    ލޮލް

  2. މުޙައްމަދު

    އަތުންފައިން ހައްދަވައިގެން އެއްވެސް މަސައްކަތެއްނުކޮށް ރާނީގެ ދަފުތަރުގައިޖެހިގެން އުޅެންމަފަސޭހަ. އުޅޭ ތިގޮތުގަ. ދެއިރު ދެދަޅަޔަށް ރާއްޖޭގެ ސަރުކާރަށާ، ސަރުކާރުގެ ވރިންނަށް ފުރައްސާރަކޮށް އެއްޗެތި މީސްމީޑިޑިއާދައި ނުލިޔާނެކަމަށްހީކުރަން.

  3. ޢަޒީ

    މިއިން އެގިގެން މިދަނީ ޓެރަރިޒަމާއި ވައްކަމާއި ޚިޔާނާތަށް ޙިމާޔަތް ދީގެންވެސް މިރާއްޖޭގައި ޢީސާއީދީން ފަތުރަން ހުޅނގުގެ ކްރިސްޓިއަނުން ބޭނުން ވާމިންވަރު ދިވެހި ލޮބިވެތި އެންމެހާ އަޚުންނާއި އުޚުތުން ޒާތީ ތަޢައްޞުބުން އެއްކިބާވެ މިޤައުމާއި ދީނުގެޙިމާޔަތުގައި ތެދުވާން އޮތް ފުރުޞަތު ނަންގަވާ ނުލައްވާ

  4. ޙަފްޞާ / މާލެ

    ތިސޮރުއަތުގައި ޑޮލަރު ހުންނާނެ ކެހެނި ފިލާލާވަރަށް!

  5. ޠހ

    މިއީ ދޫނިތަކެއްތަ ހިމާޔަތް ކުރަން

  6. މޫސަ

    މިމީހުން ހާދަ އުފާވޭ ދޯ. އަހަރުން ލަދު ގަނޭ.

  7. އަކޭ

    ދެން ގެ އަޅައިގެން ތިތާ އޮންނަންވީނު.

  8. ވިލުފުށި

    ދެން ތި ހިމާޔަތުގަ ދުނިޔެ އުމުރައް ތިބެބަލަ އަތުޖެހުނީމަ ކުޅި ކުޅެލާނަމޭ. މި މިނިވަން މުސްލިމު ގައުމު ދިރުވާލާފަ އަމަންނަގާލާފަ ކާފަރުންގެ ހިމާޔަތުގަ ތިބެބަލަ ދިވެހިންނެއް ދެނެއްނުތިބޭނެ. ދެން ރާބޮމުން ދުވެބަލަ.