ސިފައިން ގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ރިޓަޔާ ކުރައްވާފައިވާ ނެޝެނަލް ކައުންޓާ ޓެރަރިޒަަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް މިހާރު ވެސް މަހަކު 51،000ރ.ގެ މުސާރައެއް ލިބިވަޑައިގަންނަވާކަން ހާމަވެއްޖެއެވެ.

ސިފައިންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވިޔަސް، ޒަކަރިއްޔާ މަންސޫރު ގެންދަވަނީ އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މަގާމެކެވެ.

އެންސީޓީސީ އަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.

މަންސޫރު އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު، އަދި ރިޓަޔާކުރެއްވުމާ ގުޅިގެން ލިބިވަޑައިގަންނަވާ އިނާޔަތްތަކާއި އެންސީޓީސީގެ މަގާމުގައި ހުންނަވާ ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލް ހޯދުމަށް އެދިފައިވަނީ އާންމު ފަރާތަކުންނެވެ.

ރިޓަޔާކުރެއްވުމުގެ ކުރިން، ބްރިގޭޑިއާ ޖެނެރަލްގެ ރޭންކުގައި އެމްއެންޑީއެފްގައި މަންސޫރު ހުންނެވި އިރު މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 57،032 ރުފިޔާ ލިބިވަޑައިގަތެވެ.

އެއީ، އަސާސީ މުސާރައިގެ ގޮތުގައި 27،240ރ އަދި އެހެނިހެން އެލަވަންސްތަކުގެ ގޮތުގައި 27،792ރ ލިބިވަޑައިގަންނަވައެވެ.

މީގެ އިތުރުން، ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން އޭނާއަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ އެއް ފަހަރާ ލިބިވަޑައިގަންނަވައެވެ. އަދި ރިޓަޔާކުރެއްވުމާ ގުޅިގެން ކޮންމެ މަހަކު ވެސް މަންސޫރަށް 20،430ރ. ލިބިވަޑައިގަންނަވައެވެ.

އަދި، މިހާރު އަދާކުރައްވާ އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ޖުމްލަ 31،300ރ. އޭނާއަށް ލިބިވަޑައިގަންނަވައެވެ.

އެހެންކަމުން، ސިފައިންގެއިން ރިޓަޔާކުރެއްވުމަށް ފަހު ވެސް މަންސޫރަށް ޖުމްލަ 51،730ރ ލިބިވަޑައިގަންނަވައެވެ.

މަންސޫރު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 13 މާޗު 1984 ވަނަ އަހަރުއެވެ. ސިފައިންގެ ހިދުމަތުގެ ބޮޑު ބައިގައި ކޯސްޓްގާޑުގައި ހިދުމަތް ކުރެއްވި މަންސޫރު ސިފައިންގެ އެހެން ދާއިރާތަކުގެ އިސް މަގާމުތައް ވެސް އަދާ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އާދަމް

    ކީއްކުރާނީ. އަޅުގަނޑުވެސް 43 އަހަރު ޕްރޮފެޝަނަލް، އަދި މީހުން ބިނާކުރުމުގެ ވަޒީފާއެއް އަދާކުރިން. ޕެންޝަނަށް ގުނީ 37.4. ލިބެނީ 11000. އެވެސް ކުޑަވޭ 65 ވީމާ. ގަނޑުކޮށް ލިބުނީ 165000. މުޅި ޤައުމު ދަވަނީ މަޖިލީހާއި މިފަދަ ގަމީހުން.

    31
    3
    • ޙައްގުބަސް

      މީހާގެ އެންމެ ޒުވާންއިރުން ފެށިގެން ގައުމީ ދިފާޢީ ޚިދުމަތުގައި 40 އަހަރު ރެއާދުވާލު އަނބިދަރިންނާ ދުރުގައި ގިނަފަހަރަށް އުޅެ ރިޓަޔަ ކުރާ ފަރާތްތަކަށް އެއްފަހަރާ ގަނޑުކޮށްދޭ އެއްޗަކާ އަދި މަހުންމަހަށް ދޭ އެއްޗަކީ ހަމަ އެންމެ ރަގަނޅު ގޮތުގައި ދެވޭ އެއްޗެއްކަމަށް ގަބޫލުކުރަން!! މައްސަލައަކީ ޝަރަފު ވެރިކަމާއެކު މަންސޫރު ރިޓަޔާ ކުރި ސިޓީ މަންސޫރާ ޙަވާލުކުރި ވަގުތު ހަމަ މިހާރު އެހަރަ މަގާމަށް އަނެއްކާވެސް ބޮޑު މުސާރަޔާ އިނާޔަތްތަކާއެކު ދިން ދިނުން!! އެކަން ގަބޫލުކުރަން ތަންކޮޅެއް ދަތި!! ނިކަން ބަލާ ތިޔަ ރައްޔތުންގެ މަޖްލީހުގެ 5 އަހަރުގެ އެއް ދައުރު ހަމަކުރާ މެމްބަރަކަށް ލިބޭވަރު!! ނުވަތަ 5 އަހަރުގެ ދެދައުރު ހަމަކުރާ މީހަކަށް ލިބޭވަރު!! އެވާހަކަ ކަން ބޮޑުވުންތަކާއެކު ލިޔަން މާރަގަނޅު!! މިދައްކަނީ 40 އަހަރު ރެއާދުވާލު 24 ގަޑިއިރު ގައުމުގެ ދިފާޢުގައި ދިފާޢީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތަކާއި 10 އަހަރު ހިތައްއެރި އިރަކު މަޖްލީހަށްވަދެ 65 ހާސް ރުފިޔާ ނަގައިގެން ދެދައުރު ހަމަކޮށް ނިންމާލާ މިހަކަށް ލިބޭވަރާ އަޅާ ކިޔާށޭ!! ތަންކޮޅެއް ދުރަށް ވިސްނަންޖެހޭ!! އެޚިދުމަތެއް ނުކުރެވޭނެ!! ސިޔާސީ މީހުން ސިޔާސީ ވެގެން ކިތަންމެ ވާހަކައެއް ދެއްކިޔަސް ގައުމީ ދިފާޢީ ބާރުތަކުގައި 30 އަހަރާއި 40 އަހަރާ ދެމެދު ޚިދުމަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ޚިދުމަތްތެރިންނަކާ އެއްވަރުކުރެވޭނެ އެއްގޮތެވެސް ނޮއޮންނާނެ!!

      20
      17
      • އައްޑޫ ލެއި

        އިބޫ ސާލިހް އަށް ވަރަށް ވެދުން. 2023ގަ ކުޅި ދަށްކާލާނަން

        4
        1
  2. މަރީ

    ރައްޔިތުން އަތުން ނަގާޓެކްސް ބޮޑުކުރަން ޖެހޭސަބަބުތައް މިހާރު އެބަ ފެނެ.

    46
    2
  3. އަހުމަދު

    އޭނަގެ ސަންދޯއްވެސް އެތަނުން ޖަހަން ބޭނުންވާނި، އަދި ކޮބާ ސިފައިންގެ ޑްރައިވަރު ވެސް ހުންނާނެ ދީފަ. އޭނަގެ މުސާރަ ވެސް އެޑްކުރަން ޖެހޭނެ. ކާރައް އަޅާ ތެޔޮ ކޮބާ އެވެސް ލާންޖެހޭނެ. ބޭސްފަރުވާ ވެސް

    36
    4
  4. މަލަންގިރި

    ސަރުކާރަށް ސާޅީސްއަހަރު ހިދުމަތްކޮށް ރިޓަޔަރ ކުރާދުވަހުން ފެށިގެން ލިބޭނީ މަހަކު 5000 ރ ، މީދެން ތަންކޮޅެއް ބޮޑުވަރު . ކުރާހާވެސް ކަމަކީ ދުފައިގެން ބޭކާރު އަނގައެރުވުން ...މުޅި ދައުލަތް ލޫޓުވާލައިފި 2023 ގައި ވެރިކަމާހަވާލުވާނެ މީހަކުނުވާވަރު ކުރާނެ..

    17
    1
  5. އަހުމަދު

    ލާދީނީ ޖާހިލެއް. ހޯޕް ފޯ ވިމެން އާއި އެކު ލާދީނިއްޔަތު ފަތުރަން މަސައްކަތް ކުރި ހާއިނެއް

    13
    1
  6. ޒީރޯ ޓޮލަރަންސް

    سبحان الله. ހެޔޮނުވާނެ، މިފަދަ ބޮޑު ޚަރަދުކުރަން. ކޮންކަހަލަ ބޮޑު އިސްރާފެއް. މިއީ ކީއްކުރާމީހުނެއް. މިމީހުނަށް ކުރެވުނީ އަދި ކުރެވެނީ ކޮންކަމެއް. ރޯމާ ދުވާލު މަގުމަތިން ދާމީހާ ކަރުގަ އޮންނަ ރަންފަށް ފޭރިގަންނަ ހިސާބަށް ގަައުމުވަނީ ގޮސްފަ. ތަންކޮޅެއް ބޮޑުވަރު. ތިބާ އަމިއްލައަށް ވެސް ލަދުގަންނަން އެބަޖެހޭ މިފަދަ ބޮޑު މުސާރައެއްނަގަން. މިމީހުން ބައިތިއްބައިގެން ކަންކަން ރަގަޅެއް ނުކުރެވޭނެ. ކަންކަން ރަގަޅުކުރުމަށް، ކުރިއަރަމުން އަންނަ ޒުވާނުންނަށް ފުރުސަތު ލިބެންޖެހޭ. މިމީހުންގެ ސަބަބުން ޒުވާންޖީލަށް ފުރުސަތެއް ނުލިބޭނެ.

    14
    1
  7. ހުސޭނުބޭ

    ރިޓަޔާވާނީ ތިހާވަރަށް. ދުނިޔޭގެ އެއްކޮޅު ޖީބަށް ލާދިނީމާވެސް ހިތެއްނުފުރޭ.

    15
    1
  8. ސާބަސް

    މީވެސް ބަލަދުއަރާފަހުރި މީހެއްތާ

    17
    2
  9. އަބުދުﷲ

    ދިވެހިންގެ ދަރަނިދަންތުރަޔައް ވައްޓާލުމުގައި ސިފައިންވަނީ ބައިވެރިވެފަ. އެހެންވީމަ މަދުނުވާވަރައްދެނީ.

    17
    1
  10. ކޮރަލް

    ރިޓަޔަރ ކުރީމަ މާފައިދާ ބޮޑު ވެއްޖެ އެވެ. 50 ހާސް ރުފިޔާ އެބަ ލިބެ އެވެ . މިއީ ގޯހެކެވެ .

  11. ޑެނީ

    ތިވަރުގެ ބޮޑު މުސާރަ ދޭ އިރު ކީއްވެގެން ނަގާ ޓެކްސް އެއް ހޭ

  12. ޔަހުޔާ

    ރާއްޖޭގައި އިސްރާފު ނުކުރަނީ ކޮންދިމާލަކުންތޯ؟ ދައުލަތަށް ވަންނަ ފައިސާގެ ބޮޑުބައެއްދަނީ ބޭކާރު އެތަކެއް ސިޔާސީ މަގާމްތަށް އުފައްދައި ވެރިންގެ ގާތްތިމާގެ މީހުންނަށް ބޮޑުމުސާދިނުމަށް. ރައްޔިތުންނަށް ކަމެއްކޮށްދޭން ޖެހޭއިރަށް މިއޮންނަނީ އިންޑިޔާއިން ލޯންނަގަންޖެހިފައި.

  13. ހުވަދޫ އަލިބެއްޔާ

    މުޅި ހަޔާތް ޤައުމަށް ޚިދުމަތް ކުރި މީހަކާއި ގުޅޭގޮތުން މިފަދަ ފިތުނަވެރި ލިޔުން އެހާ ރަނގަޅެއްނޫން.. ޒަކަރިއްޔާ މަންސޫރަށްވިޔަސް އަދި އިބްރަހިމާ އަށްވިޔަސް އެމީހެއްގެ މުޅި ޙަޔާތް އެކަމަކަށް ޤުރުބާން ކުރީމަ ޙައްޤުވާނެ.. އަދި މިހާރު އޭނާ އަދާކުރާ ވަޒީފާގެ މުސާރަ އޭނާ އަށް ލިބެން ނުޖެހޭ ކަމެއްވެސް ނޫން.. އަހަރުމެން ހިތްހަމަ ނުޖެހޭނަމަ ހިނގާ އަހަރުމެންވެސް 40 ވަރަކަށް އަހަރު ޤައުމަށް ޚިދުމަތްކުރަން..

    1
    2
  14. ޖާބެ

    ޕޮލިޓިކަލް ކްލައިޓެއް ނެތް މޯހެއް ތިޔައީ ސިޔާސީ މަޤާމެއް ދޭވަރެއް ނުވޭ ކައުންޓަރ ޓެރަރިޒަމްގެ ނަމުގަ ކުރީ ކޮންކަމެއްބާ ހަމަލާދޭފަހުން ހޭލެވެނީ ކޯމާއިންވެސް އަދި ހޭލާފަވެސް ރައްޔިތުންނައް ހިލަމެއްނުވީމަ މަސަލަޔަކީ މިއީ ހަޤީޤަތަކީ ސެކިޔޯރިޓީ ކޭޕަބިލިޓީއެއްނެތް އަސްކަރީހޮތުން އެހންފަރާތްތަކަައް ބަރޯސާވާލެއް ބޮޑުވަނީ އަބަދުވެސް ނާށިގަޑުހިފައިގެން ސަލާންޖެހުމުގަ

  15. އެންޑީޕޫ

    ހިހޫތަނުން ކާނެދޯ ރާޖާބާއިމެން ގައުމުވަނީ ބަނގުރޫޓްކޮށްފަ ، އެކަމާ ޕީއާރު ޖައްސާނޭ ބަޔަކު ތިބެންވާނެތާ، ގިރި މޯދީ މެންގެ ހިދުމަތުގައި

  16. އެންޑީޕޫޕީ

    ހިހޫތަނުން ކާނެދޯ ރާޖާބާއިމެން ގައުމުވަނީ ބަނގުރޫޓްކޮށްފަ ، އެކަމާ ޕީއާރު ޖައްސާނޭ ބަޔަކު ތިބެންވާނެތާ، ގިރި މޯދީ މެންގެ ހިދުމަތުގައި

  17. ލީލީ

    ނިކަމެތިން ފެލާފަ އިއްޒަތްތެރިން ގެ ޖީބުތައް ފުރާލާ

  18. ކަތަމު

    ބަލަ ދިވެހިންނޭ. ދިވެހި ގައުމެއް އޮންނަނީ ސިފައިންނާއި ފުލުހުން ތިބޭތީ. ގައުމަށް ދިމާވާ ކޮންމެ ވަގުތަކު އެމީހުންނަށް ގޮވަނީ. މިލިއަނެއް ނޫން. ދުވަހަކުވެސް އެމީހުންގެ ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭނެ.

    4
    1
  19. ތައުފީޤް

    ދޫކޮށްލާފަ ބަހައްޓައިފިއްޔާ އިންޑިޔާ ސިފައިންގެ ކަންތައް ބޭޒާރު ވުމުގެ ފުރުސަތު އޮތީމަ މަޖުބޫރު ވާނެ ކޮންމެވެސް ގޮތަކުން ބަނދެފަ ބަހައްޓަން.=ތައުފީޤް=

  20. ރަން

    މި ވަަރުން ޓެކްސް %10 ބޮޑު ކޮށްގެން ނުވާނެ. %15 ހަދަން ރައްޔިތުން ތާއިދު

  21. މަރީ

    ރ. ނަޝީދަން ދިން ބޮމުގެ ހަމަލާ ގެ އަޑީގައި ތިބިމީހުން ފޮރުވުމަށް މީނާގެ އަގަ ބަންދު ކުރުމަށް ދޭ ފައިސާ އެއީ.