އަނިޔާވެރިކޮށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ ދައުވާ ލިބޭ މ. ތާއިފް، އިސްމާއިލް ރަޝީދުގެ ޞިއްޙީ ހާލަތު ހުރިގޮތުން ޖަލު ގޮޅީގައި ނަމާދު ކުރުމަށް ގޮނޑިއަކަށް އެދުމުން، ކަރެކްޝަންސް އިން ގޮނޑިއެއް ދީފައި ނުވާ ކަމަށާއި، މިހާރު ޖަލުގައި ބަހައްޓާފައިވަނީ ސޮލިޓަރީ ކޮންފައިންމެންޓުގައި ކަމަށް އޭނާގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ 2017 އެޕްރީމް 22 ވަނަ ދުވަހުގެ ރޭ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަ މީހުންނާ ދެކޮޅަށް ދައުލަތުން ހެކި ހާމަކުރުމަށާއި، ދިފާއީ ހެކި ހާމަ ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އިސްމާއިލް ރަޝީދުގެ ދިފާއީ ވަކީލުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ. އެގޮތުން ނަމާދު ކުރާނެ ގޮނޑިއެއް ނުދިނުމުގެ އިތުރުން ސޮލިޓަރީ ކޮންފައިންމެޓެއްގައި ބަހައްޓާފައިވުމާއި، އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ފަރުވާ ލިބެމުން ނުދާ ކަމަށް ވަކީލުން ވިދާޅުވިއެވެ.

އޭނާގެ ވަކީލު ވިދާޅުވީ، ޞިއްޙީ ހާލަތު ހުރިގޮތުން ކޮޅަށް ނަމާދު ކުރަން ދަތިވުމުން ގޮނޑިއަކަށް ކަރެކްޝަންސްގައި އެދިފައި ވީނަމަވެސް ގޮނޑިއެއް ދީފައި ނުވާ ކަމަށާއި، ޖަލުގައި ގެންގުޅުމުގެ ތެރޭގައި މައިބަދައަށާއި ކަނދުރާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށް އަދި މިއަދާ ހަމައަށްވެސް އެކަށީގެންވާ ބޭސްފަރުވާ ހަމަޖައްސާފައި ނުވާކަމަށެވެ.

މީގެ އިތުރުން ސިނގިރޭޓް ނުބޯ ގޮޅިއަކަށް ބަދަލުކޮދިނުމަށް އެދުމުން އަދަބު ދިނުމުގެ ގޮތުން، 2018 ޖޫން 18 ވަނަ ދުވަހުން ފެށިގެން އެއްވެސް މީހަކު ނުފެނި އަދި އެހެން އެއްވެސް މީހެއްގެ އަޑެއް ނުއިވޭނެ ފަދަ ގޮތަކަށް ސޮލިޓަރީ ކޮންފައިންމެންޓެއްގައި ބަންދުކޮށްފައިވާ ކަމަށް އިސްމާއިލް ރަޝީދުގެ ވަކީލު ވިދާޅުވިއެވެ.

ލާއިންސާނީ އަދަބުތަކުގެ ތެރޭގައި ޖަލުގައި އިސްމާއިލް ރަޝީދު ބެހެއްޓުމަށް ކޯޓުން ފުރުޞަތު ނުދެއްވުން އެދޭ ކަމަށާއި، އިސްމާއިލް ރަޝީދު ގޭބަންދަށް ނުވަތަ މިނިވަންކޮށްދެއްވުން އެދޭކަމަށްވެސް އޭނާގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި އެދިލެއްވިއެވެ.

އިސްމާއިލް ރަޝީދަށް ޖަލުގައި ލާއިންސާނީ އަނިޔާތަކެއް ދެމުންދާކަމަށް ވަކީލުން ދެއްކި ވާހަކަތައް ދައުލަތުގެ ވަކީލުން ވަނީ ދޮގު ކޮށްފައެވެ. އަދި ބޭސްފަރުވާ ނުކުރެވިގެން ހުށަހަޅާފައި ނުވާކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހެކި ހާމަކުރުމުގެ ކުރިން އިސްމާއިލް ރަޝީދުގެ ވަކީލުން ވަނީ އިތުރު ކަންބޮޑުވުންތަކެއްވެސް ފާޅުކުރައްވާފައެވެ. އެގޮތުން މަޢުމޫން ހަމީދު ވިދާޅުވީ، މައްސަލައިގައި 87 ތަނެއްގެ ޖުމްލަ 2000 ގަޑިއިރުގެ ވީޑިއޯ ފުޓޭޖަށް އެދިފައިވާނެ ކަމަށާއި، ނަމަވެސް ކޯޓުން ފޯރުކޮށްދީފައިވަނީ އޭގެ ތެރެއިން ވަރަށް މަދު ތަނެއްގެ ވީޑިއޯ ފުޓޭޖް ކަމަށެވެ. އަދި ދެ ވީޑިއޯއަކުން އިސްމާއިލް ރަޝީދު ފެންނަކަމަށް ފުލުހުން ބުނާއިރު، އެ ދެ ވީޑިއޯ ދީފައި ނުވާ ކަމަށްވެސް މަޢުމޫން ހަމީދު ވިދާޅުވިއެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ މަޢުމޫން ހަމީދު ވިދާޅުވީ، ލިބުނު މަދު ވީޑިއޯއެއްވެސް ލިބިފައިވަނީ އެތައް ތަނެއް ކެނޑުމަށްފަހު އެޑިޓްކޮށްގެން ކަމަށެވެ. އަދި އެޑިޓް ކޮށްގެން ވޯޑިއޯ ދައްކަނީ "ކޮން އެއްޗެއް ސިއްރު ކުރަން" ކަމާމެދު މަޢުމޫން ހަމީދު ސުވާލު އުފެއްދެވިއެވެ.

މީގެ ކުރިން މި މައްސަލައިގައި ބޭއްވި އަޑުއެހުންތަކުގައި ޔާމީން ރަޝީދުގެ މަރުގެ ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުއާއި، އަހުމަދު ޒިހާން އިސްމާއިލް އަދި މުހައްމަދު ދިފްރާންގެ އިތުރުން ހަސަން ޝިފާޒް ވަނީ މި ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި ދައުވާލިބޭ އިސްމާއިލް ރަޝީދުއާއި، ހުސައިން ޒިޔާދުގެ ވަކީލުން ވިދާޅުވެފައިވަނީ ދައުވާ ސާފުނުވާ ކަމަށެވެ. އެހެންކަމުން މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ، މި ދައުވާލިބޭ ހަތަރު މީހުން ދައުވާއަށް އިންކާރު ކޮށްފައިވާތީއާއި، ދެ މީހަކު ދައުވާއަށް ޖަވާބުދާރީވެފައި ނުވާތީ ދައުވާލިބޭ ހަ މީހުންވެސް ދައުވާއަށް އިންކާރު ކުރާ ކަމަށް ބަލައި މައްސަލަ ކުރިއަށް ގެންދަވާ ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ ދައުވާލިބޭ އިސްމާއިލް ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާން އިސްމާއިލާއި، މުހައްމަދު ދިފްރާން އަދި ހަސަން ޝިފާޒްގެ އިތުރުން އިސްމާއިލް ރަޝީދު އަދި ހުސައިން ޒިޔާދުއާ ދެކޮޅަށް ދައުލަތުން މިއަދު ހެކި ހާމަކުރެއްވިއިރު، ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން ވިދާޅުވަމުން ގެންދެވީ ހެކި ހާމަކުރަންޖެހޭނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުޞަތު ދިނުމަށްފަހު، އެ ހުށަހެޅުންތަކަށް ޝަރީއަތުން ގޮތެއް ނިންމުމުން ކަމަށެވެ. ނަމަވެސް ގާޒީ ނިންމެވީ އަންނަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އަދި ދިފާއީ ހެކި ހުށަހެޅުމަށް ފުރުޞަތު ދިނުމަށެވެ.

މީގެ އިތުރުން ޔާމީން ރަޝީދުގެ މަރުގެ ދައުވާ ލިބޭ އަހުމަދު ޒިހާން އިސްމާއިލް ވަނީ މި މައްސަލައިގެ ތަހްޤީޤުގައި ފުލުހުންނަށް ދީފައިވާ ބަޔާނަށްވެސް އިންކާރު ކޮށްފައެވެ. ދައުލަތު މި މައްސަލައިގައި ދައުވާލިބޭ ފަރާތްތަކާ ދެކޮޅަށް ގިނަ ޢަދަދެއްގެ ހެކި ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ޝަފަހީ ހެކީގެ ގޮތުގައި، 8 ސިއްރު ހެކިވެރިންނާއި، ސިއްރު ލިޔުންތަކުގެ ގޮތުގައި 16 ލިޔުމެއް އަދި އެ ލިޔުންތަކުގެ ޞައްޙަކަން ސާބިތުކޮށްދިނުމަށް ހެކިވެރިން ހުށަހަޅާފައިވެއެވެ. އަދި ދައުލަތުން ހުށަހެޅި ކިތާބީ ހެކީގެ ތެރޭގައި 7 އިންޓެލިޖެންސް ރިޕޯޓާއި، 7 ވީޑިއޯ އެނަލައިސިސް ރިޕޯޓާއި، ތަހްޤީގު ބަޔާންތަކާއި، ސައިބަރ ކްރައިމް ރިޕޯޓްތައް އަދި ސީން އޮފް ކްރައިމް ރިޕޯޓްތައް ހިމެނޭ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ 2018 އޮގަސްޓް 28 ވާ ބުރާސްފަތި ދުވަހު ކަމަށާއި، އެއަށްފަހު ކޮންމެ ހަފްތާއަކުވެސް ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަވާނެ ކަމަށް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޏަނަން

    މީހުން މަރާ ހެދީމަވެސް މި މީހުން ބަހައްޓަންވީ ކުއިންސައިޒް ގެ ބެޑާ، ލަގްޒަރީ ފެންވަރުގަތަ.. އަޖައިބެށް. މީހުން ހަމަ ލޯބި ދީގެން، އެތައް ދުއާއެއް ކޮއްގެން ލިބިފަ ތިބި ކުދިން ނޭ ތި މަރާ ކުދި ކުދި ކޮއް ކޮށަނީ ވެސް...

    • ޛޖަ

      ލޯބިދީގެން ބޮޑުކޮށްފައި ހުރިވަރު އެގޭނެ އޭނަގެ ބްލޮގް ބަލާލީމަ. މުސްލިމުވަނީ ނަމުން އެކަނި

    • މަރު

      އަދި ޖަލުގަ އޮންނަން ވެސް ބޮޑާ ހާކަނީދޯ. ހިމާރު މީހުންމަރާފަ ޖަލަށް ލީމަ ޝަކުވާކުރަނީ. ތިކަލޭގެ ވޭންދެނިވި ގޮތަކަށް މަރާލަން އަސްލު ޖެހޭނީ. ޔާމީނު ކަހަލަ އެކާވީސްވަނަ ގަރުނުގެ ވަރުގަދަ ސިކުޑިއެއް ނައްތާލާފަ ކަލޭ ހީނުކުރާތި ޖަލުގަ އޮވެ ހުކުން ހަމަވެގެން ނުކުމެ އުފަލުގަ އުޅެވޭނޭ ލާިހކު ކުޅަދާނައެއްނޫން

  2. ސަމަދު

    ޖަލަކީ މުނިފޫހިފިލުވުމާއި އަރާމާ އެކަނިފިލުވަންލާ ތަނެއްނޫން

  3. ޕިއްލޭ

    ދެންހަމަ ނުދޭ އެއްވެސް އަނޮޔާއެއް އޮތްކަމަކަށް ނުވާނެ.

  4. މީނާ

    ޢެބުނާހެން މިހާރު އަދީބުގެ ލޮލަށް ފެންނަ ކަމެއްޗެސް ނޭނގެ

  5. ނުރަބޯ

    ނަމާދުކުރާކަށް ކޮންމެހެން ގޮނޑިއެއް ބޭނުމެއްނުވާނެ. މުސައްލަމަތީ ނުވަތަ ކުނާމަތީ އިށީނދެގެންވެސް ނަމާދު ކުރެވޭނެ.

    • ޙ

      ނަމާދު ކުރާކަށް ކުނަލެއް ނޫނީ މުސައްލައެއްވެސް ބޭނުމެއްނުވާނެ. ސަޖިދަ ކުރާތަނ ސާފުނަމަ އެނިމުނީ. ޚަަބަރުއަދި އެއްފަހަރު ކިޔާބަލަ.އެއޮތީ ލިޔެފައި ސިއްހީ ހާލަތު ހުރިގޮތުންނޭ ގޮނޑިއެއްގައި ނަމާދުކުރަން ގޮނޑިއަކަށް އެދުނީ.

  6. ބަތޮލް

    ޔާމީން ރަޝީދު މެރި މީހުންގެ ވަކީލަކަށް މައުމޫނު ހަމީދު
    ޑރ އަފްރާޝީމް މެރި މީހާގެ ވަކީލަށް ހަސީން
    ޢިބްތިހާލު މެރި މީހާގެ ވަކީލަށް ޝަމީމު

    ސަބަބެއް އޮންނާނެ މިއެންމެނަށް އެމްޑީޕީއިން ވަކީލުން ހަމަޖައްސައި ދިނުމުގައި

  7. ފަތީހާ

    ކޯޗެކޭ ކިޔާކަށް، ހަމަ މަރަށް މަރު ހިފަންވި.

  8. ޣައްޒާފީ

    ޙިތްނިޔަތް ހެޔޮނަމަތިމާކުރުމައްއެދޭކަމަކާމެދަށް
    ކޮންބިރެއް ހެއްޔެއޮތިއެކަމެއްއެދޭގޮތުގާކުރަން
    މަރަށްމަރު .... ގިސާސް .... މާތްﷲ ހަތްއުޑުމަތިންބާއްވާލެއްވި ހުކުމް. ޥައްލާހުއައްލަމް

  9. އަފޫ

    ނާމާދަށް ހުރަސް އެޅުމަކީ އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ކުރެވިގެން ވާނޭކަމެއް ނޫން. ލާދީނީ މީހުންނަށް މި ފަސްގަޑުން ޖާގައެއް ދޫގެން ނުވާނެ! ފާޅުގަ ކުފުރުގެ ބަސްބުނީމަ އަތްޖަހާމިހުން މިއަދު ވަރަށް ގިނަ. މީ ހިތާމަވެރި ކަމެއް

  10. ގާތިލު

    ޔާމީން ރަޝީދު އަކީ އެތީސްޓެއް ކަމައް ދުނިޔޭގެ ވަރަށް ގިނަ ނޫސްތަކުގަ ހުރޭ ލިޔެފަ. މީ ކިހާވަރެއްގެ ހަގީގަތެއް ބާ؟

  11. ރުޒާނާ ޗޮއްޕަޓު

    މީހަކު މަރާލީމާ ޖަލަށް ލުން ލާއިންސާނީ. މަރާލުން އިންސާނީ. ކަލޭމެންނާ ދިމާއަށް ބުނަން އޮތް އެތި މިތާ ބުނެވެން ނެތީމާ އަހަރެން ހައްޕު

  12. ދިއްދޫ

    ނަމާދުކުރެވޭނެ ގޮނޑީގަނޫނަސް. ވަކީލުންތިދައްކަނީ މަރާލިމީހާއާބެހޭ ކޮންކަހަލަ ނުގުޅޭ ވާހަކަތަކެއް؟ ތިކަހަލަ ކަނޑުކޮސް ވަކީލުން ތިއުޅެނީ

  13. أحمد.

    ބަލި ޙާލަތުގައިވެސް އިޙްލާސްތެެިރި ކަމާއި އެކު ނަމާދު ކުރާމީހަކު ނަމަ ގޮނޑި އެއްނެތިގެންނޭކިޔާފަ ޝަކުވާއެއް ނުކުރާނެ!
    ހުރިހާ ޙާލަތެއްގައިވެސް ނަމާދު ކުރުމުގެ ކުރިން نبي صلى الله عليه وسلم ގެ ޠާހިރު ސުއްނަތާއި އެއްގޮތައް ނަމާދު ކުރާނެ ގޮތް އުނގެނި ދަސްކުރަންޖެހެއެވެ.

  14. ޢަބްދުﷲ ޙަމީދު

    މައުމޫން ހަމީދު އޭ ކިޔާމީހާއަށް ކޮއްލަންބޭނުންވާ ސުވާލަކީ، މީހަކު މަރާލިކަމުގެ ތުހުމަތު ތިބޭފުޅާ ބޮލުގައި އެޅި ދުވަހަކުވެސް ޖަލަށް ދާންޖެހިފައިވޭތޯ؟
    ކަލޭމެން ބިޔަ ކުއްވެރިންގެ ދިފާއުގައި ފާޅުގައި ދެކޮޅަށް ވަކާލާތުކޮށް ހެކި ނައްތާލަން މަސައްކަތް ކުރަނީ، ފައިސާގެ ދަހިވެތި ކަމުގައިވާނަމަ އެފައިސާ ހަލާލު ވާނެތޯ؟ އޫރުމަހާ ރާވިއްކައިގެން ލިބޭ ފައިސާ އެކަނިތޯ ހަރާމްވަނީ؟

  15. ޖަމޭކާ

    އެއްވެސް ކަމަކާނުލައި މީހެއްގެ ޢުމުރު ދުއްވާލައިގެން ވަރަށް ބުރަ މަސައްކަތުން ބަލާ ބޮޑު ކުރި ދަރިއެއް ހިނދުކޮޅެއްގެ ތެރޭގައި އެކިތަންތަނަށް ވަޅި ޖަހާ މަރާލި އިރު އެއަށްވުރެ ކުޑަ ކުޑަ ކަމެއް ވީއިރު ތިޔަހުރީ މީހާއަށް ވީވަރު .މިމީހުން އަދި ވެސް ބައިތިއްބަންވީ ފިނިފެންމަލުގެ ތަންމަތީގައި.ހާދަ ހެއްވައޭ. އިސްލާމް ދީނުގައި އޮންނަ އުޞޫލުން ތިމީހާއަށް މަރުގެ އަދަބު ދިނުމަށް ދިވެހި ދައުލަތަށް ގޮވާލަން.

  16. ޖަމާލް

    އެމްޑީޕީ މީހުން އުޅެނީ މިހުރިހާ މީހުންގެ މަރު އެއްމެ މީހެއްގެ ބޮލަށް ކަނޑާލަން. އެމްޑީޕީ މީހުންއެދޭގޮތަށް އެއްވެސް ކަމެއް މާތް ﷲ ގެ އިރާދަފުޅުން ނުވާނެ.ތިހުރިހާ ކަމެއް އެޅޭނީ އެމީހުންގެ ތެރއިން މީއްގެ ބޮލުގައި. އެކަހަލަ މީހުން އުޅޭނީ އެމީހުންގެ ތެރޭގައި.