ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން، އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން އެކަމަނާގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަގާމުގައި މިހުރިހާ ދުވަހު ހުންނެވި، ދުންޔާ ވަނީ، ބޮޑުބޭބެ ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. އެކަމަނާ އިސްތިއުފާ ދެއްވިއިރު ސަރުކާރުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށާއި އާއިލާއާ އެކު މަޑުކޮށްލެއްވުމަށްޓަކައި ކަމަށް ވިދާޅުވެ ދުންޔާ ވަނީ މި މަހުގެ 13 ވަނަ ދުވަހު ޗުއްޓީ ނަންގަވައިފި އެވެ.

މިވަގުތު ދުންޔާ ހުންނެވީ ސިންގަޕޫރުގައެވެ. އެނގިފައިވާ ގޮތުގައި ބައްޕާފުޅު ހައްޔަރު ކުރި ފަހުން ދުންޔާ އޮފީހަށް ވަޑައެއްނުގަންނަވަ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، އެރޭ މައުމޫން ހައްޔަރު ކުރުމަށް ފަހު އެ މަނިކުފާނުގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ފިސްތާ

  އޯކޭ މުހިންމެއްނޫން

 2. ާަައަލީ

  ކޯންކަމައެއް

 3. ހަކީމު

  ދެން ދުންޔާ އާ ދެކޮޅަށް އުފުލާނެ ދައުވާއެއް ވީހާވެސް އަވަހަކަށް ތައްޔާރުކޮށް ފުލުހުން ޕީޖީ އަށް ފޮނުވާނެ.

 4. ވަކަހަންގަނޑު

  ދުނިޔެ ތިހުރީ މުސާރަ ލިބުނީމަ ދާންކަން ޔަގީން ވެއްޖެ.... ހާދަ ހުތުރު ގޮތެކޭތީ.... ބަފާ ވިޔަސް ގޯސްކަމެއް ކުރީމަ އެގޯސްވީ... ތީތި ކަޑައޭ

 5. ވގ

  ދެންކޯޑިނޭޓަރުކަން ދިނަސް އޯކޭވާނެ ކުރިންހުރީ މިނިސްޓރުކަމުގަ އެފަހަރުބަދަލްވީ ސޮޓޭޓްމިނިސްޓރަކައް

 6. ކޭންޔޫބީ

  އީޔޫގެ އިންޒާރާއެކު ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވެއްޖެއީޔޫގެ އިންޒާރާއެކު ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވެއްޖެއޭ ޝާހިދު ބުންނަސް މަމެން ނޯ ވޮރީސް. އަޅެ އީޔޫ ތިޔާ އަޅާ ދަތި ކުރުމުގެ ފިޔަވަޅެއް އަޅާލަބަލަ އީޔޫގެ ގައުމު ތަކުގައި އުފައްދާ އަގު ބޮޑެތި މެޝިންސް ތައް ރާއްޖެ އަށް ގަތުން ބޭން އަރުވާލާނަމޭ އެއިރުން ހުންނާނެއޭ ހޭއަރާފައި. އެގޮތުން ރާއްޖެ އަށް މެދުކެނޑުމެއް ނެތި ގެންނަ އެމެރިކާގެ އިންޖީނު ތައް ގެނައުން ހުއްޓާލާ ޗައިނާ އަދި ޖަޕާނު ގައި އުފައްދާ އިންޖީނަށް އެކަނި ހަދާލާނަމޭ ވަޒީރުންގެ މަޖްލީހުން ފާސް ކޮށް އަދި ރައްޔިތުންގެ މަޖްލީހުން ވެސް ފާސް ކޮށްގެން. އެއިރުން ޔޫރަޕް އަންނާނެ ސައިޒުން ކެނޑިގެން ދޯ. އަހަރަކު އެމެރިކާގެ އިންޖީނުތައް ގަންނަން ރާއްޖޭން 100 މިލިއަން ޑޮލަރުހޭދަ ކުރޭ ސްޕެއާރ އާއި އެކު. އެބައި ހުއްޓުމުން މިކުންފުނި ތަކުގެ ބޮޑުން ރުޅިއައިސް ގޮސް ވައިޓް ހައުސް ފުރާޅު ނަގާ އެއްލާލާނެއޭ އެއިރުން މާ ތާހިރެއް ނުވާނެ އެއް ނޫން ދޯ. އަައި އޭމް ވޮންޑަރިންގް ކޭން ޔޫ ވިން ފްރޮމް..

 7. ޙުސެން

  ދުންޔާ ހުންނެވީ މިނިވަންކަމާއިއެކު އިދިކޮޅުޕާރޓީތަކާއި ގުޅި ވަޑައިގަންނަޗާގޮތަކަށް ނޫނެވެ. ނަމަވެސް ޕައްޕާފުޅާއެކުގައެވެ. ޔާމީން ގެ ސިޔާސަތަށް ސަޕޯޓް ކުރާހާލުގައެވެ. މައުމޫނު ހުންނެވީ އިދިކޮޅުގައެވެ.

 8. ޙަދީ

  މައުމޫނު އަށާ އާއިލާއަށް ހުރިހާދެރައެއްދިނީ ކެނެރީގޭ ނަޝީދު ދުންޔާނުޖެހޭ ބައްޕަ ޖަލުގަ ހުންނެވީމަ ވަޒީފާއިން ވަކިވާކަށް

 9. ކެޔޮޅު

  ދެން ދުވަސްކޮޅަކުން ޕިޔޯންކަން ޤަބޫލްކުރައްވައިގެން އަލުން ސަރުކާރާ ގުޅިވަޑައިގަންނަވާ.
  ވިދާޅުވާނީ، ރައްޔިތުންނަށް ޙިދުމަތް ކުރަށްވާށޭ ބޭނުންފުޅުވަނީ.