ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ގްލޯރިއާ ޖީންސްގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާރމިނަލްގައި މި އައުޓްލެޓް ހުޅުއްވައި ދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

ގްލޯރިއޯ ޖީންސްގެ އައުޓްލެޓެއް ވެލާނާ އެއާޕޯޓުގައި ހުޅުވުން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

ގްލޯރިއާ ޖިންސްގެ އައުޓްލެޓް ހުޅުއްވާ ދެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އާދިލް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހުޅުވުން އައުޓްލެޓަކީ ފަސިންޖަރުންނަށް ދެވޭ ހިދުމަތްތަށް ތަރައްގީ ކުރުމަށް ހުޅުވި އައުޓްލެޓެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެއާޕޯޓުން ދެވޭ ހިދުމަތްތަށް ފުޅާކުރުން. އެގޮތުން މި ސަރަހައްދުގައި އިތުރު އައުޓްލެޓެއް ވެސް ހުޅުވުމަށް ހަމަޖެހިފައިވޭ" އާދިލް ވިދާޅުވިއެވެ.

ގްލޯރިއޯ ޖީންސްގެ އައުޓްލެޓެއް ވެލާނާ އެއާޕޯޓުގައި ހުޅުވުން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

އާދިލް ވިދާޅުވިގޮތުގައި ވެލާނާ އެއާޕޯޓުގައި ފްރަންޗައިޒް އިތުރު ރެސްޓޯރަންޓްތަކެއް ހުޅުވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އޯގަސްޓް މަހުގެ ފަހުކޮޅު އެ މަސައްކަތް ނިންމާލެވި ފަސެންޖަރުންނާއި އާއްމުންނަށް ހިދުމަތް ދެވިގެންދާނެ ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އާދިލް ވަނީ ވެލާނާ އެއާޕޯޓުގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓް ތަކަށް ވެސް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް ވާހަކަދައްކަވަނީ - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް އެކި މަސައްކަތްތަށް ދަނީ ކުރެވެމުން. އެގޮތުން އާރަންވޭގެ މަސައްކަތް ވެސް ނިމި ސެޕްޓެމްބަރު މަހު ޓެސްޓް ފުލައިޓް ޖެއްސުމަށްދަނީ މަސައްކަތްކުރަމުން. އަދި އާާ އިންޓަނޭޝަނަލް ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން. އެގޮތުން ޕައިލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން" އާދިލް ވިދާޅުވިއެވވެ.

ގާތްގަނޑަކަށް 300 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މަޝްރޫއު ނިމޭއިރު، އެއާޕޯޓުގެ މުޅި މަލަމަތި ބަދަލުކޮށްލާނެ އެވެ.

އާ ޓާމިނަލް އަކީ މިހާރު ހުރި ޓާމިނަލްއަށް ވުރެއް ތިންގުނަ ބޮޑު ތަނެކެވެ. އެގޮތުން ހަ އެއިރޯ ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ގާއިމްކުރާނެ އެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަ އެތައް ގުނައެއް ބޮޑުވެ ޒަމާނީ ހިދުމަތެއް ދެވިގެން އަންނާނެކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަގޭ

    އަލްގީން އަބުދުލް ގައްޔޫމު ގެ ވިޔަފާރި ހައްތަހާ ވެސް! އެމް އެމް ޕީ އާރު ސީ ގެ ލާރިގނޑު ތިފެންނަނީ!

  2. އަލީ

    ނަޝީދުއަށް ވެލާނާ އެއާޕޯޓު ތަރައްގީ ވާތަން ބަލަން ވަރަށް ހިއްދަތިވާނެ.