މުޒާހަރާގައި މާސްކު ބެހި މައްސަލާގައި ފުލުހުން މަހުލޫފާ ސުވާލުކޮށްފި ކަމަށް މަހުލޫފްގެ ވަކީލް ވިދާޅު ވެއްޖެއެވެ.

މަހްލޫފުގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސަތާރު މީޑީޔާއަކާ ވާހަކަ ދައްކަމުން މިއަދުގެ ވަގުތެއްގައި ފުލުހުން މަހްލޫފުގެ ބަޔާން ނަގާފައިވާ ކަމަށާއި މުޒާހަރަގެ ތެރެއިން މާސްކު ބެހި މައްސަލައާ ގުޅިގެން މިއަދު ކުރި ސުވާލަށް މަހުލޫފް ޖަވާބުދެއްވާފައިވާ ކަމަށެވެ.

"ސުވާލު ކުރުމުން މަހުލޫފު ވިދާޅުވީ މާސްކު ބެހީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ މަގްސަދުގައި ނޫން ކަމަށް. އޭނާ ވިދާޅުވީ މާސްކު ބެހީ މުޒާހަރާގެ ބައިވެރިން ޕެޕާ ސްޕްރޭއިން ސަލާމަތް ކުރުމަށް ކަމަށް. އަދި މީގެ ކުރިން މީޑިއާގެ ބޭފުޅުންނަށް ވެސް މާސްކު ބަހާފައިވާނެ ކަމަށް މަހުލޫފު ވިދާޅުވި،" ނާޒިމް ވިދާޅުވި ކަމަށް އެނޫހުގައި ވެއެވެ.

މަހްލޫފް ހައްޔަރު ކުރެވިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ އެއްވުން މަނާ ސަރަހައްދަކަށް އެއްވެ، މާލޭތެރޭގެ އަމާންކަން ނަގާލައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށް އާންމު ޓްރެފިކަށް ތަދިވާގޮތަށް މުޒާހަރާކޮށް ފުލުހުން ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު