އޭސީސީއަށް ޖަވާބު ދާރީވާން މައުމޫން ދެކޮޅު ހައްދަވާފިއެވެ.

ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލުމުގެ ތުހުމަތުގައި މިހާރު ހައްޔަރު ކުރިވިފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމަކުން އެ މަނިކުފާނާ ސުވާލު ކުރަން ޖަލަށް ދިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް އިންކާރު ކުރައްވައިފި އެވެ.

މައުމޫންގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި މައުމޫންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނުއްވަވާ މައުމޫން ހަމީދު ވިދާޅުވީ އެ މައްސަލަ އަށް މިހާރު 10 އަހަރުވެފައިވާތީ އެއީ ތަހުގީގުކޮށް، ދައުވާ ކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

މީގެ އިތުރުން މައުމޫން ހަމީދު ވިދާޅުވީ ސިޔާސީ މަސްރަހުގައި ހިނގާ ކަމަކުން ކުއްލިއަކަށް އޭސީސީގެ ބޭފުޅުންނަށް "ނިދިން ހޭފުޅުލެވިގެން" މައްސަލަތައް ބައްލަވަމުން ގެންދަވާ ކަމީ މީގެ ކުރިން ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ އިތުރު މައްސަލަ ތަކުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން އިއްޔެ ބުނީ މައުމޫންގެ އިތުރުން، އެ މަނިކުފާނުގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން، ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ހެކި ލިބިފަިއވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުއްްޅަބޭ

    މުސްކުޅި ސިންގާ ގައގެ ބާރެއްނެތަސް ނިކަން ޖައްބާރުވާނެ!

  2. އަން

    ކިތައްމެ ބޮޑު ކުޝެއްކުރިޔަސް10 އަހަރު ފަހުން ހުރިހާކަމެއް ޑިލީޓް ވާނެ.

  3. ގުރާފުޅު

    ރަނގަޅު މައުމޫނަށް ކެތްތެރިކަން ﷲމިންވަރު ކުރައްވާށި

    އެއްވެސް ކަމަކަށް ޖަވާބު ދާރީވާނެ ކަމެއް ނެތް

    ޔާމިނު ބޭނުން ހުކުމެއް ކޮއްފަ ދޭންބޭނުން އަޒާބެއް ދައްކަމުންދޭ
    އަނިޔާވެރިންގެ ނިމުން ވަރަށް ހިތިވާނެ

  4. އަޙްމަދު

    ރައީސް މައުމޫނަކީ ވަރަށް ކެތްތެރި ވިސްނުންފުޅު ތޫނު، ހިތްވަރުގަދަ ބޭފުޅެއް. ރައީސް މައުމޫނަށް އެނގިވަޑައި ގަންނަވާނެ ރަނަގަޅާނުބައި. އޭސީސީ އަށް ޖަވާބު ނުދެއްވާނަމޭ ވިދާޅުވަންޏާ ތީގަ ކޮންމެސް ގޯހެއްއުޅެނީ.

  5. ނަސްރީނާ

    ކުނރިބީ އަހުމަދު އާދަމް ވެސް ތިގޮޅީގައި އޮތް

  6. މީނާ

    ޢެ ބޭބެގެ ޒަމާނުގައި ބައްލަވައިގެން ތިއްބެވީމާ ވަރަށް ބާރުލާ ވާހަކަ ދައްކަވާނެ