އެސްއޯ ފުލުހުންތަކެއް – ވަގުތު އިމޭޖްސް: ހުސައިން ސިނާން (ނާނު)
އެސްއޯ ފުލުހުންތަކެއް – ވަގުތު އިމޭޖްސް: ހުސައިން ސިނާން (ނާނު)

ފުލުހުންނާއި ސިފައިންގެ އެލަވަންސް ބޮޑުކޮށްފި ކަމަށް ބައެއް މީޑިޔާތަކުން ބުނެފިއެވެ.

ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިފައިންނާއި ފުލުހުންގެ އަސާސީ އެލަވަންސް ބޮޑުކުރީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މި ފެބްރުއަރީ މަހުން ފެށިގެން ސިފައިންނާއި ފުލުހުންނަށް ލިބޭނީ ބޮޑުކުރި އެލަވަންސެވެ.

ސިފައިންނާއި ފުލުހުންގެ އަސާސީ އެލަވަންސް ބޮޑުކުރި އިރު، އެންމެ ބޮޑަށް އެލަވަންސް ލިބޭ ރޭންކުތަކުގެ މީހުންނަށް ވެސް ބޮޑުވާނީ 1،500ރ.އާ ހަމައަށް ކަމަށާއި އަދި ކެޕްޓަން ރޭންކުން ފެށިގެން މަތީގެ ސިފައިންނާއި ޗީފް އިންސްޕެކްޓާ ރޭންކުން ފެށިގެން މަތީގެ ފުލުހުންނަށް އަސާސީ އެލަވަންސްގެ ގޮތުގައި ލިބޭނީ އެއްވަރަކަށް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރެއެވެ.

މީޑިޔާ ތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން މި މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ އަސާސީ އެލަވަންސް ބޮޑުކުރި ކަމުގައި ވިޔަސް، ބޮޑުކުރި އެލަވަންސް ސިފައިންނާއި ފުލުހުންގެ އެކައުންޓަށް ޖަމާކުރާނީ މާޗް މަހުގެ މުސާރަ ދޭއިރު އެވެ.

ފުލުހުންނާއި ސިފައިންގެ އެލަންސް ބޮޑުކުރި އިރު މިމަހުން ފެށިގެން ސިވިލްސާރވިސް މުވައްޒަފުންނަށްވެސްވަނީ މުސާރަ ބޮޑުކުރުމުގެ ގޮތުން އެލަވަންސެއް ހަމަޖައްސާފައެވެ.

އެގޮތުން ސިވިލްސާރވިސްގެ އެކި ރޭންކްތަކަށް 700 ރުފިޔާއާއި 1500 އާއި ދެމެދުގެ ފިކްސްޑް އެލަވަންސެއްވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކި ކި ކި ކި!

 2. ތީ ބޮޑު ދޮގެއް.. އަދި ހަމަ ޔަޤީނުންވެސް ނުކުރޭ..

 3. ސާބަހެ ރައީސް

 4. ޢަސާސީ އެލަވަންސް ކޮޔާ އެލަވަންސެއް ފުލުހުންގެ މުސާރަގަ އިނންކަމެއް ނޭނގެ

 5. ޑޮލަރު އަހައްމަދު

  ޢަސާސީ އެލަވަންސޭ؟ އަސާސީ އެލަވަންސޭ ކިޔާ އެލަވަންސެއް ސިފައިންނާއި ފުލުހުންނަށް ލިބޭބާ؟

 6. ކޮބާރައިސް ނެއްތައަހަރުމެންނަން ކޮންމެވެސްވަރެއްޖައްސައިލާ

 7. ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރި މިދިޔަ އަހަރުވެސް.. ދެންވީގޮތެއް ނޭނގެނީ..

 8. ބުރެކިރަނިންގެކޮށްކޮ

  ކެނެރީގޭ ކަޅުމުހައްމަދު މަނިކުފާނު އަތުން މިޤައުމު ސަލާމަތްކުރުމަށްޓަކައި ބޮޑުކުރަންވީ އަދި އިތުރު އިނާޔަތްތަށްވެސް ދެއްވަންވީ

 9. ޢެލަވަންސް ބޮޑުނުވެގެނެއް ނޫޅޭ މުސާރަ ބޮޑުނުކުރަންޔާ ތި ބޭކާރު ކަމެއް

 10. ދޮގެއް!! ނުކުރޭ!!

 11. ފުލުހުންނާއި ސިފައިންނޭވެ. ނާނާ ހުވަފެން ދެން އިތުރަށް ނުބަލާށެވެ. މިދިޔަ އަހަރުވެސް ތިގޮތަށް މުސާރަ ބޮޑު ކޮށްދިން.. ވީ ކަމެއް ހަރާން.. ޔާމީނަށް ސަލާން