ގާނޫނު އަސާސީއަށް އިސްލާހުގެނެސްގެން ރިޔާސީ އިންތިޚާބުގައި އެއްބުރުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވާގޮތް ހެދުމަށް އޭނާ ބޭނުންވާ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން މިހެން ވިދާޅުވެފައިވަނީ ސަން ޓީވީގެ "ޤާނޫނީ ވެރިކަން" މި ޕޮރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މުބީން ވިދާޅުވީ އެއްބުރުން އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކަށް ވެރިކަން ލިބުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އެކަން އޮންނަ ގޮތްކަމަށެވެ.

މުބީން އިތުރަށް ވިދާޅުވީ މިއީ ޕީޕީއެމްގެ ވިސްނުމެއް ނޫންކަމަށާއި މިއީ މުބީންގެ އަމިއްލަ ވިސްނުންފުޅުކަމަށެވެ. އަދި މިކަމާމެދު އެހެން މެންބަރުންގެ ޚިޔާލަކީ ކޮބައިތޯ ބެލުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އިސްލާހް ހުށައަޅަން ފުރުސަތު ލިބިއްޖެނަމަ ހުށައަޅުއްވާނެ ކަމަށްވެސް މެންބަރު މުބީންވަނީ ވިދާޅުވެފައެވެ. މުބީން އިތުރަށް ވިދާޅުވީ މިއިސްލާހު ގެންނަވާނީ ޕީޕީއެމްގެ ހުރިހާ މެންބަރުން އެކަމަށް ތާއީދު ކުރައްވާނަމަ އެކަނިކަމުގައެވެ.

"އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް އެއީ. އަޅުގަނޑު އެކަމަށް އެބަ ލޮބީ ކުރަން އެކި މެންބަރުންގެ ތާއީދު ލިބޭތޯ. އިސްލާހު ހުށެހެޅުމަށް ފުރުސަތު ލިބިއްޖެނަމަ އެކަން އަޅުގަނޑު ކުރާނަން،" މުބީން ވިދާޅުވިއެވެ.

މިހާރު ގާނޫނު އަސާސީ އޮންނަ ގޮތުން ރައިސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިޚާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓު އެ މީހަކަށް ލިބިގެންނެވެ. އަދި ފުރަތަމަ ބުރުން ފަންސާސް އިންސައްތަ ނުލިބެއްޖެ ނަމަ އެންމެ ގިނަ ވޯޓް ލިބުނު ދެ މީހުން ދެވަނަ ބުރުގައި ވާދަ ކުރަނ ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޥެރިކަން

  ތިވެސް ރަނގަޅު ގޮތެއް. ދައުލަތުން ހާދަ ފައިސާއެއް ސަލާމަތްވާނެއޭ.

 2. ނިހާދު

  އެހެންވީމާ 2 ވޯޓުންވެސް ރައީސްކަން ހޯދައިގެން އޮފީހާ ޙަވާލުވާނެ

  • Anonymous

   މިތާ އެންމެން އިންޑިޔާ ސިފައިން އަރާ މެރައިފިނަމަ ދެން ތިބި 2 މީހުންވެސް އޯކޭ.

 3. 7777

  ވަރަށް ރަނގަޅު ކަމެއް. ރައްޔިތުންގެ ފައިސާ އިސްރާފު ނުކޮށް ނިންމޭނެ ގޮތް ތިއީ

 4. Anonymous

  މިވަރުގެ އޮއްޓަރު ހުރި ވާހަކަ އެއް އަދި މީހަކު ނުދައްކާ. ކޮންފަދަ ބޮޑު އިސްރާފެއް ތިން ހަތަރު ފަހަރު ވޯޓުލުމަކީ

 5. މަނީ

  މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް 4 ރަށުގަ ނަރުދަމާ ހެދޭހާ ފައިސާ ސަލާމަތް ކުރެވޭނެ.

 6. ޕޮގުބާ

  ރަގަޅު ކަމެއް ޔާމީނާށް އެއްބުރުން އެންމެގިނަވޯޓް ލިބޭނެބާ

 7. ނަޑުވާ

  އަސްލު ރަސްކަމަކަށް ބަދަލުކޮށްލަންވީ. އޭރުން އެއްވެސް ޚަރަދެއް ނުހިނގާނެ އިންތިޚާބަކަށް. ދެން ކާމިނީ އާއިލާގެ ދަރިފަސްކޮޅަށް ވާރުތަވެވެ އޮވެދާނެނުން.

 8. 7777

  ބްރީލިއަންޓް ވިސްނުމެއް. އިޖްތިމާއީ އިގްތިސާދީ އަދި އަޚްލާޤީގޮތުންވެސް އެތަށް ފައިދާއެއްވާނެ. ވެރިކަން ބޭނުންވާ މީހުން ޖެހިގެން އަންނަ ދައުރަށް މަސައްކަތް ކުރުމުގެ ބަދަލުގައި ވެރިމީހާއަށް ވަގަށް ގޮވާ ހުތުރު އެއްޗެހިގޮވައި ހެއްދެވިހާ ދޮގުހަދާ އަބުރު ކަތިލާ އަދި މިކަންތަށް މުޅި މުޖުތަމައަށް ފަތުރާ އަޚްލާޤީ ގޮތުންނާއި ދީނީގޮތުން ކޮށްގެން ނުވާނެ ނުބައި ކަންތައްތައް ކުރާ ޖީލެއް އުފެއްދުމަކީ މިގައުމުގެ މިހާރަށާ މުސްތަގްބަލަށް ފޫނުބެއްދޭނެ ގެއްލުން ލިބޭނެ ކަމަކަށްވާތީ. ވެރިކަމުގެ ދައުރު އެއީ 5 އަހަރު، މަޖިލީހަށް ކޯޓަކަށް އަދި ބޭރުގެ ނުފޫޒުން ވެސް ވެރިކަމުން ދުރު ނުކުރެވޭނެ ގޮތް ހަދަންވީ. އިސްލާމް ދީނުގައިވާ އުސޫލުން ހާކިމާގެ މަގާމު ގެއްލޭގޮތަށް ހަދާ ގާނޫނު އަސާސީ އިސްލާޚް ކުރަންވީ. މިއީ މިހާރުން މިހާރަށް ކުރަން ޖެހޭނެ ކަމެއް. މަޖްލީހުގެ ގޮނޑި ގެއްލޭ ހިނދު އެގޮނޑިތައް ނުލާ މަޖްލީހުގެ ޖުމްލަ އަދަދު ކަމަށް ސކ އިން ލަފާ ހޯދާފަ އެކަން ކޮށްލައްވާ އަވަހަށް. މިކަމަކީ ފަސާދައާއިނކޮރަޕްޝަނާ ދެކޮޅަށް ކުރަން ޖެހިއްޖެ ކަމެއް. އަދި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ ކޮރަޕްޝަން ހުއްޓުވުމަށާއި ރައްޔިތުންގެ ހައްޤުގަ ކުރަން ޖެހޭނެ ކަމެއް.

 9. ޖޖޖ

  މިގައުމުގެ މީހުން ނުދަނަ ކަމެއް ދައުލަތަށްލުބޭ ފައިސާ ވަންނަތަަކީ މީރާ ކަމާ އެރައްކާކުރަނީ އެމް.އެމް.އޭގަކަމާ އެ ޚަރަދު ކުރަނީ މަޖްލީހުގެ ރައްޔިތުންގެ މަންދޫބުން ދޭ ހުއްދައާ އެއްގޮތަށް ފިނޭންސް އިންކަމާ މި ފައިސާ ހޯދިއަދަދާ ޚަރަދުކުރި އަދަދާ ބާކީ ކޮންމެ އަހަރަކު 1 ފަހަރު އޯޑިޓް އޮފީހުން ބަލާކަން. ތަނެއް ދޮރެއް އެނގެނީކީނޫން. ތާއީދު ކުރާސިޔާސީ މީހާ ނުވަތަ ބަލާ ޗެނަލް އިން ވަގަށް ގޮވާމީހަކަށް ވަގަށް ގޮވަންވީ. ހީވާނީ ލަވައެއްގެ ކޯރަސްހެން. މިހެން އުޅޭއިރު މިމީހުންގެ ބޮޑުންވެސް މިއުޅޭ ތަންދޮރު ނުދަންނަ މީހުންނަށް ކުރަނީ މަލާމަތް ކަމެއް ނުދަނޭ. ކަމާބެހޭ ފަރާތްތަކުން ތަންދޮރު ނުދަންނަ ރޮނގާލިފަތީގެ ސިކުނޑިއަށް މިކަންކަން ވައްދުވަބަލަ. ހާދަ ނުބައި ކަމެކޭ މީހުނަށް ވަގަށްގޮވުމަކީ. ހެޔޮނުވާނެ މިފަދަ ނުބައި އާދައެއް އިންސާނުން ތެރޭ އަށަގަތުމަށް ދޫކޮށްލަން. މިއީ ﷲ ގެ ހައްދުތަކުގެ ތެރޭ ހިމެނޭ ޤުރުއާނުގައި އޭގެ އަދަބާ އެކަން ޘާބިތު ކުރާނެ ގޮތް އަންގަވާފައިވާ ބޮޑުފާފައެއް.

 10. މުހައްމާ

  ކަލޯ! ވޯޓް ނުލާ ރަސްކަމަކަށް ބަދަލުކުރަން ވީނު އޭރުން ވޯޓުލާކައްވެސް ނުޖެހޭނެ ތޯ އެއްޗެއް!

 11. ޒަކީ

  އެއްބުރުން ނުހޮވި ދެވަނަ ބުރަކަށް ގޮސްގެން ފެއިލް ވެދާނެތީ ބިރުގަންނަނީ ދޯ؟