އަބްދުލް ރަހީމް އަބްދުﷲ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ސިފައިން ފެބްރުއަރީ 01 ގައި ނިކުތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަން ނޫން ކަމަށާއި އެދުވަހު ވެސް ސިފައިން ނިކުތީ ޤާނޫނީ ވާޖިބު އަދާކުރަން ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވީ ޕީޕީއެމް އިން ބާއްވަމުންދާ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ.

ރައްޔިތުން ތިބީ ސިފައިންނާއި ފުލުހުންގެ ފަހަތުގައި ކަން ދެއްކުމަށް ޕީޕީއެމް އިން ބާއްވަމުންދާ ޖަލްސާގައި އަބްދުލްރަހީމް ވިދާޅުވީ ސިފައިން ފެބްރުއަރީ 01 ގައި ނިކުތީ ޕީޕީއެމްގެ ވެރިކަމެއް ދިފާޢު ކުރަން ވެސް ނޫން ކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވީ ސިފައިން ގައުމުގެ ދިފާޢުގައި ނިކުތީ ފެބްރުއަރީ 01 ގައި ނެރުނު އަމުރާއި ގުޅިގެންނެއް ނޫން ކަމަށާއި ގައުމަށް ދިމާވި ކޮންމެ ކަމެއްގައި ގައުމު ސަލާމަތް ކޮށްދިނީ ދިވެހި ސިފައިން ކަމަށެވެ.

"1909 ވަނަ އަހަރު ޕިޗޯރީން ގެނައި. ބަނޑޮހުގައި ތިއްބާ އެމީހުން ހައްޔަރުކޮށް މާލެ ގެނެސް އެމީހުން ޑީޕޯޓް ކޮށްލީ ސިފައިން." އަބްދުލްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭރުން އަންނަ ހަމަލާ އަކުން ވިޔަސް އެތެރެއިން ރޭވިގެން އަންނަ ހަމަލާ އަކުން ވިޔަސް އެކަންކަންކަމުން ގައުމު ސަލާމަތް ކޮށްދިނީ ދިވެހި ސިފައިން ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް އަށް ތައުރީފް ކުރައްވަމުން އަބްދުލްރަހީމް ވިދާޅުވީ "01 ފެބްރުއަރީ ގެ ކުރިން އޮގަސްޓް 12، 13 ގެ ހާދިސާގައި ވެސް ގައުމުގެ ހައްޤުގައި ވެސް ޝިޔާމް ނިކުމެ ވަޑައިގެންނެވި. އެދުވަހު ސިފައިންގެ ދެބޭފުޅުންގެ ބަނޑަށް ވަޅި ޖެހި. ނަމަވެސް ޖަޒުބާތުގައި ޖެހިވަޑައިނުގެން އެދުވަހު ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލި." ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 12، 13 ގައި ސިފައިންގެ ދެމީހުންގެ ބަނޑަށް ވަޅިޖެހި ކަމަށް އެނގިފައެއް ނުވޭ. އެކަމު ފުލުހެއްގެ ބަނޑަށް ވަޅިޖެހި (މާޒިން ކިޔާ ފުލުހެއް). ނަމަވެސް މިވަގުތު ފުލުހުންގެ ވަޒީފާ ދޫކޮށް ލޯޔަރަކަށް މަސައްކަތް ކުރައްވާ

  2. އައްސައްޔިދު ޖެނެރަލް އަދުރޭ ވިދާޅުވީމާ ދެންނެހޭނީ ގަބޫލުކުރަންތާ

  3. އައްސައްޔިދު ޖެނެރަލް އަދުރޭ، އެމީހުން ނުކުތީ ދިން އަދަދު ބޮޑުވީމާ،

  4. މި ދިވެހި ގައުމު ކޮންމެހެނެއް ހަދާފަވެސް މި އުޅޭ ރީދުލޭމެންގެ ސުމްޕާކަމުން ސަލާމަތް ކޮއްދީ ސާބަސަ އިދުރޭ..