ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދު އިތުރުވެއްޖެއެވެ.

މިކަން ހާމަވެގެން ގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތް ހާމަކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރުނު ވަގުތީ ރިޕޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ މިހާރު 85 އެވެ. ނަމަވެސް މި ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރު މި އަދަދު 87 އަށް އިތުރުވާނެއެވެ.

ދެ އިންތިހާބީ ދާއިރާ އަންނަ އަހަރު މަޖިލީހަށް އިތުރުވާއިރު، އެ ދެ ދާއިރާ ވެސް ނިސްބަތްވަނީ މާލޭ ސިޓީ އަށް ކަމަށް އީސީން މައުލޫމާތުދެއެވެ.

އީސީން ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ އަދަދުތައް ކަމަށް އެ ކޮމިޝަނުން ބަލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ގޮތުގެ މަތީން 2018 މެއި 31 ގެ ނިޔަލަށް އެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީއަށް ބަލައިގެން ކަމަށެވެ.

އަދި ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީވެފައިވާ އާބާދީގެ އަދަދުތައް ހޯދާފައިވަނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ކަމަށްވެސް އީސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޫސަ

    ބޭކާރު ކަމެއް

  2. އާދަންބެ

    މިހާރު 12 ކަނޑާލީމާ ތިބިވަރު އެންމެ ރަނގަޅު

  3. ސުޢޫދު

    ގުޅީފަޅު ތިލަފުށި ހުޅުމާލޭ ސިނާއީސަރަހައްދު(ޑާކާކޮށިތައް) މީވަރައްބޮޑައް އާބާދީއިތުރުވެފަވާ އިންތިޙާބީ ދާއިރާތައް

  4. މުހައްމަދު

    ބަންގާޅު ދާއިރާ.......

  5. ބިޒީ

    އިތުރުވީ ގޮޑިކޮޅު ނީލަން ކިޔަންފެނޭ

  6. މަހަށްދޭބަލަ

    ކޮބާ ތަމެންނަށް ހީވޭތޭ ކަމެއް ވާން އުޅޭހެން ހީވޭތޭ ހީވޭދޯ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ ދެން..

  7. ދީދީ

    މިހާރުތިބި ޢަދަދުންވެސް އުނިކުރަން ފެންނަނީ، އަދި އެއުނިކުރެވޭ މަޤާމަށްވާ ވަރަށް ވަޒީފާގެ ފުރުޞަތު އުފައްދަންވެސް ފެނޭ