އަމުރު ނެރުނު ރޭ ފުލުހުންގެ ވާޖިބު އަދާކުރަން ފުލުހުންގެ ބަޔަކު ހުރަސްއެޅި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމަށް ޕީޕީއެމް އިން ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ "މިއަދު ވެސް ހަތަރު ފަސް ވަރަކަށް މީހުން ފުލުހުންގެ ޚިދުމަތުން ވަކިވެއްޖެ" ކަމަށާއި އެއީ ފެބްރުއަރީ 01 ގައި ފުލުހުންގެ ވާޖިބު އަދާކުރަމަށް ހުރަސް އެޅި މީހުން ކަމަށެވެ.

ރައީސް ވިދާޅުވީ "އަޅުގަނޑުގެ ސަރުކާރެއްގައި އެފަދަ މީހުން" ޚިދުމަތް ކުރަން ނުތިބޭނެ ކަމަށެވެ.

"އެއީ މިޣައްދާރުންގެ ޓީމްގައި ހިމެނޭ މީހުން. އެއަށް ވުރެ އިތުރު ވަގުތު ލިބުނު ނަމަ މިއަށްވުރެ ނުރައްކާތެރި ހާލަތަކަށް ދިވެހި ގައުމު ފުރޮޅިގެން ދިޔައީސް" ރައީސް ވިދާޅުވިއެވެ.

އަމުރު ނެރުނު ރޭ ފުލުހުންގެ ވާޖިބު އަދާކުރަން ފުލުހުންގެ ބަޔަކު ހުރަސްއެޅި ކަމަށް ރައީސް ވިދާޅުވި ނަމަވެސް ތަފްސީލެއް ނުދެއްވައެވެ. ރައީސް މިހެން ވިދާޅުވިއިރު ފުލުހުންގެ ތެރޭގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރުމުން އެސްއޯ ފުލުހުންގެ ޕްލެޓޫނެއް ކަމަށްވާ ސްވަޓްގެ ކުރީގެ ކޮމާންޑަރު ހުސެއިން ސައިފް ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ. އޭނާ އަކީ ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ އަމުރު ނެރުމުން އެސްއޯ ފުލުހުންނަށް ކޮމާންޑް ކުރަން މަސައްކަތް ކުރި ފުލުހެއް ކަމަށް މީސް މީޑިއާގައި ބައެއް މީހުން ބުނެފައިވެއެވެ. އޭނާ މިހާރު ވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.

ސައިފްގެ އިތުރުން ފުލުހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރި ފަސް ފުލުހަކު ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުނުރޭ އޭރު ކޮމިޝަނަރ ޕޮލިސް އަހްމަދު އަރީފް ފޯނަށް ޖަވާބު ނުދެއްވުމުން އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ. އަރީފް މަގާމުން ދުރުކޮށް އޭރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހްމަދު ސައުދީ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރި ނަމަވެސް އޭނާ ވެސް ވަނީ ދެދުވަސް ފަހުން ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ނިހާން

  ރައީސް ޔާމީނު ފިޔަވާ ރާއްޖޭގަ މިހާރު ތިބި ހުސް ޣައްދާރުންތަ

  • މުޙަންމަދު

   އާނ .ހުސް ޣައްދާރުން

 2. ށުމަން

  ސާބަހޭ ރައިސް ޔާމިން. 2018 ޔަގީން....

 3. Anonymous

  ސާބަހޭ ދިވެހިބގައުމުގެ އުއްމީދު ރައީސް ޔާމިން. 2018 ކާމިޔާބު ކޮށްދެއްވުން އެި ދުއާ ދަންނަވަން

 4. މާން

  ގައުމުގެެ ސަލާމަތަށް ލިބުނު ރައީސް އެއް ޔާމިނަކީ. ޝުކުރިއްޔާ ރައީސް

 5. ބޮލިހިލާ

  އިދިކޮޅު ލީޑަރުންގެ ހިތްވަރަކީ އަތުގައި ހުރި ފައިސާ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވާނަމަ ދެން އެއީ މަމެންނަށް ހިތް ހަމަޖެހުން ލިބިގެން ދާ ކަމެކޭ. ކެނެރީގެ ނަޝީދު ހޭދެބައިވެގެން އޭނާ ރާއްޖޭގެ ރައްޔިތުންގެ ނުރުހުމުގައި ރާއްޖޭގެ ވެރިކަމަށް ފާވާން ވެގެން ރައްޔިތުންގެ %85 ތާއީދު ލިބިގެން ހޮވާފައިވާ ގައުމީ ވަންތަ ސަރުކާރެއް ވައްޓާލަން އޭނާ ކުރާ މަސައްކަތް ކުޅަދާނަ އެއް ނޫނޭ ކާމިޔާބު ކުރަން އެއީ ވާނޭ ކަމެއް ނޫނޭ. މަމެން ދަންނަމޭ ތަމެން 2008 ގައި ވެެރިކަމަށް ފާވާން ވެގެން ކުޅުނު ކޮރަޕްޓް ގޭމްސް ތައް އެހުރިހާ ގޭމްސް ތައް މަމެން އަންފޯލްޑް ކުރާނަމޭ ކުޅަދާނަ އެއް ނޫނޭ ތަމެންނަށް ކަރުގެ ނާރުތަކަށް ފުއްޕާފައި ޕާކިސްތާނު ތާލިބާނުން އެ ގައުމު ކޮންޓްރޯލް ކުރާ ގޮތަށް މިރާއްޖޭގައި އުފެދިފައި އޮތް މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަން ބަދަލު ކުރަން. އެއީ ވާނެ ކަމެއް ނޫން. އައި ނޯ ޔޫއާރ ފެއިލްޑް ރަންރީނދޫ ޓްވިޓަރޭ. ދެން ދަގަ ބޮލިހިލަން

 6. ހުރަސް

  ރައީސްގެ އެނިންމެވުމަކީ ރައީސް

  އަށް ސެލިއުޓް އަރުވަން ޖެހޭނެ

  ނިންމުމެއް. ވެދުމަށް ހަތިޔާރު

  ވެދުމަށް

 7. ނާ

  ބަޔަކު ކިތަންމެ ވަރަކަށް ޖޯކުޖެހިޔަސް ރައީސް އެ ވިދާޅުވީ ތެދުފުޅެއް! އަހުރެންނަކީ ފުލުހެއް! މި ސަރުކަރަކަށް ތައީދެއްވެސް ނުކުރަން! އެކަމަކު ސްޕްރީމްކޯޓުން ނެރުނު އަމުރު އަމުރަކަށްހަދަން ފުލުހުންގެތެރެއިން ދުރާލާ ބަޔަކު މަސައްކަތްކުރި! އަމުރު ނެރުމުގެކުރިންވެސް ފުލުހުންގެތެރޭގައި ކަންތައްތަކެއްހިނގި! ދޫކޮށްލަން އަމުރުކުރިމީހުނަށް އަމުރުގެކުރިން އެކަން އަންގާ ފޮށިތަންމަތި ބަންނަންވެސް އެންގި! އެކަމާ އަހުރެން ޖަދަލުވެސްކުރިން!

 8. ބާބޫ ނާޒް

  ސާބަސް ރައީސް ޔާމީން 2018 އެއްބުރުން ޔަގީން ގައުމައިގެންކުރިއައް.

 9. Anonymous

  ތިޔައީ އަޅުގަނޑުމެން ލޯބިވާ ވެރިއެއް. މަނިކުފާނުގެ ތިޔަ މަސައްކަތް ފުޅުގައި ﷲ ތައާލާ ބަރަކާތް ލައްވާ ކާމިޔާބު ދެއްވާށި. "އާމީން"

 10. ޕެރެކޭ

  ނުފޫޒު ފޯރުވީ ޔާމީން