އިންޑިއާގެ ކަނޑުގެ ސިފައިންގެ ތަމްރީނެއް ކަމަށްވާ "މިލަން" ގައި ދިވެހި ސިފައިންނަށް ބައިވެރި ނުވެވުނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުންނާއި ސީރިއަސް މައްސަލަތަކެއްގެ ތަޙްޤީޤުތަކެއް ކުރިއަށްދާތީ ކަމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެމްބަސީ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން ސަލާމަތީ ބާރުތަކުން ތިބީ ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެވެ.

އަދި ހާލަތު ހަމައަކަށް އެޅުމުން ކުރިއަށް ގެންދާ ތަމްރީނުތަކުގައި ދިވެހި ސިފައިންނަށް ބައިވެރި ވެވޭނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތީ ވަރަށް ފުރިހަމަ އަސްކަރީ އެއްބާރުލުން ދިނުމުގެ ތާރީޚީ ގުޅުމެއް ކަމަށާއި އެގުޅުން ކުރިއަށް އޮތްތަނުގައި ވެސް ދެމިގެން ދާނެ ކަމަށެވެ.

އިންޑިއާ ސިފައިން ކުރިއަށް ގެންދިޔަ ތަމްރީނެއްގައި ބައިވެރި ވެވެން ނެތް ކަން ރާއްޖެ އިން އަންގާފައި މިވަނީ އިންޑިއާ ސިފައިން ރާއްޖެ އައުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުންތަކުގެ ސަބަބުން ނުތަނަވަސް ކަން އިތުރުވެފައި ވަނިކޮށެވެ. ނަމަވެސް ދިވެހި ސަރުކާރުން ކުރިން ވެސް ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ރާއްޖެ ނާންނާނެ ކަމުގެ ޔަގީންކަން އިންޑިއާ އިން ދީފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލްޖިބްރާ

    ޗައިނާމީހުންގެ ބާރުމިސަރަހައްދުގައި ގަދަވާތީ އިންޑިއާ މީހުން އެކަމަށް އިޝާރާތްކޮށް ބާއްވާ ތަމްރީނު ތަކެއްގައި މިރާއްޖެއިން ބާއިވެރިއެއް ނުވާނެ ! މިރާއްޖެވަނީ ޗައިނާމީހުނަށް ވިއްކާފަ ! ދެންތިކިޔާ ލަވަ ބަލައިގަންނާނެ މީހަކު ނެތް !

    • މުޙަންމަދު

      ކަލޭ ދެން ގެރީގެ ގރ ބޮއިގެންހުރޭ@

    • އަދީބު

      ތިބައިމީހުން އޮތީރާއްޖެ ވިއްކާފަ އިންޑިޔާއަށް

  2. ގާސިމް

    މިގައުމެއް ނުވިއްކާނެ!

  3. ރުޒާނާ ޗޮއްޕަޓު

    އަނހާ ބަލާބަލަ. ދަނޑިވަޅު ބަލާފަ ތަމްރީނޭ ކިޔައިގެން މިތަނަށް ކޮފެން އުޅެފިތާ އެހެންވީއިރު. ރޭޕް އިންޑިޔާ.

  4. ވިލުފުށި

    ކާފަރުން މުސްލިމުއްނަކައް ހެވެއް ނޭދޭނެ ދުވަހަކުވެސް ތީހަމަ ރީދޫ ކާފަރޭމެން އުޅޭގޮތް. މި ރީދޫ މުސީބާތުން ގައުމާއި ދިވެހިން ރައްކާތެރި ކުރައްވާންދޭވެ.

  5. ޗިއްލޫ

    އެއްގޮތަކަށްވެސް ބައިވެރިވާނެ ކަމެއްނެތް! އިތުބާރުނުހިފޭ ބަޔަކާއެކީ މިލިޓަރީ ތަމްރީނު ހެދުމުން ނިކުންނާނީ ނުރަނގަޅު ނަތީޖާއެއް!!!