ރާއްޖޭހެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީއާ ރޭ ގުޅިއްޖެއެވެ.

ރޭ ޖުމުހޫރީ ޕާޓީގެ މައިޖަގަހަ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެގައި ޖޭޕީއަށް ސޮއިކޮށްފައިވަނީ ގާނޫނީ ވަކީލުން ކަމުގައިވާ އަބްދުﷲ ސައީދާއި މުހައްމަދު ޝާހިދު، އަދި މީގެ އިތުރުން ޒުވާނުން ތަކެކެވެ.

ރޭ އަލަށް ސޮއިކުރެއްވި މެންބަރުންގެ ފޯމްތަކާއި ޖޭޕީގެ ފަރާތުނަ ހަވާލުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޕާޓީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާއެވެ. އައިޝާ ވަނީ ރޭ ޕާޓީއާ ގުޅުނު މެމްބަރުންނަށް ޕާޓީގެ ލީޑަރުގެ ނަންފުޅުގައާއި ކައުންސިލުގެ ނަމުގައި މަރުހަބާ ވިދާޅުވެފައެވެ.

" މި ޕާޓީއާއި މިދަނޑިވަޅުގައި އެކިއެކި ފަންނުވެރިން ގުޅުމަކީ ކުރިއަށް އޮތް އިންތިޚާބު ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބު ކުރެވޭނެ ކަމުގެ އަލިގަދަ ހެއްކެއް " އައިޝާ ވިދާޅުވިއެވެ.

ރޭ ބޭއްވި ސޮއިކުރުމުގެ މިރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރިޔާސީ އިންތިޚާބާ ކުރިމަތިމިލަނީ ވަރަށް ހުތޫރަތްތެރި ދަނޑިވަޅެއްގައި ކަމަށާއި މިއީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށެވެ.

ހުސައިން ރަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ވަނީ ރައްޔިތުންނަށް އަނިޔާވެރިވުމުގައި ހައްދުފަހަނަޅާފައި ކަމަށާއި އިންތިޚާބުން ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަަމަށެވެ.

" ޕާޓީތަކުން އިންތިޚާބު ކާމިޔާބުކުރަން ކޮންމެހެންވެސް ޖެހޭ. އެކަމަކު އެކަމަށް ވަރަށް ގިނަ ހުރަސްތައް ސަރުކާރުން އަންނަނީ ކުރިމަތިކުރަމުން. އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ހުނަރުވެރި ޒުވާނުން ޖޭޕީއާ ގުޅުމުން ގުޅިފައިވާ ޕާޓީތަކަށް ތާއީދު ކުރާ މިންވަރު ވަރަށް ބޮޑަށް ދޭހަވޭ " އޭނާ ވިދާޅުވިއެވެ.

ހުސެއިން ރަޝީދު ވިދާޅުވީ މިދަނޑިވަޅުގައި ރައީސް ޔާމީން އަށް ނޫނެކޭ ބުނުމަށް ރައްޔިތުން ތެދުވެ، ގުޅިފައިވާ ޕާޓީތަކާ ގުޅުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ކަމާއި، އެކަންކަމަށް ނޫނެކޭ ބުނުމަށް ރައްޔިތުންލާ ވޯޓެއް. އެހެންވީމަ މިވޯޓު އަޅުގަނޑުމެންނަށް ކާމިޔާބު ކުރުމުގެ މަސައްކަތް ކުރަމުންމިދަނީ. މިމަސައްކަތުގައި ދިވެހި ޒުވާނުން ޚާއްސަކޮށް ތަފާތު ފަންނުތަކުގައި ހިމެނޭ ދިވެހި ޒުވާނުން އަޅުގަނޑުމެންނަށް ތާއީދު ކުރާ ކަމަށްޓަކައި ޝުކުރު އަދާކުރަން" ޑރ.ހުސައިން ވިދާޅުވިއެވެ.

"ސެޕްޓެމްބަރު 23 ގައި ލާ ވޯޓު ރައްޔިތުންގެ ފަޅިއަށް ކާމިޔާބުވެ އަނިޔާވެރި ވެރިކަން ނިމުމަކަށް އަންނާނެ. ރައްޔިތުންނަށް މިހާރު މި ލިބެމުންދާ އަނިޔާއާއި ރައްޔިތުންގެ ފައިސާއިން ކުރަމުންދާ ބޭކާރު ޚަރަދުތަކާއި، އަނިޔާ ތަހައްމަލްކުރަން ރައްޔިތުން ނުތިބޭނެ " ޑރ.ހުސައިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާޅު ބޯއީ

    ތިޔަހެން ދެތިން ކެނައެއް މަދު ފައިސާކޮޅެއްގެ ދަހިވެތި ކަމުގައި ޖޭޕީއަށް ދިޔަޔަސް ކަހައިރު ވަކެކޭވެސް ހީނުވޭ

  2. ސައިފް
  3. ޙަފްޞާ / މާލެ

    ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ އެތިކޮޅެއް އަތުލެވޭގޮތަކަށް އަތުލާށެވެ. ހަމައެކަނި ޖަމީލުމެންގެ ގުރޫޕުން އެކަންޏެއްނޫން ސޭޓް ހައްދައިގެން ކައިހުސްކުރާނީއަކީ!

  4. ބުރުގާ

    ހައްހައްހާހް... ހައްޕުނޑުތައް ބަލާލަ ހެވިވެތިބި ވައްތަރު.

  5. ރީނދޫ

    2018 ޔާމީން

  6. ކަމަނަ މުހައްމަދު

    65 އަހަރުގެ ޒުވާނުން ކޮޅެއްދޯ