ރ.މާކުރަތުގެ ދެ ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މާކުރަތުގެ ދެގެއެއްގައި ސިހުރު ހަދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖުލައި 31ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ދެ ގެއެއް ބަލައިފާސްކުރިކުރުމުން ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ފޮތްތަކަކާއި ސިހުރުކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއް ފެނިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަންްްްްް

    ސިހުރު ހަދަނީ ކޮން ފޮތެއްގެ ދެލިގަނޑަކުންތަ؟

    • އެފޮތުން

      ތިސުވާލުުގެ ޖަވާބު ފެންނާނީ ބަގަރާ ސޫރަތުގެ 101 ވަނަ އާޔަތުންނެވެ.

      • ކިޔާ

        ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުން.

    • ކިޔާ

      ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުން ނޫސްތަކުގަ ބޭކާރު ވާހަކަ ދައްކާ ތިފަރާތަށް ވ.ފުރިހަމަ ޖަވާބެއް ލިބޭނެކަމަށް އުއްމީދުކުރަން.

  2. ޝަކީބް

    ހަހަހާ މީ ހެރީ ޕޮޓާ އެއީ އަސްލުކަމަށް ގަބޫލުކުރާ ސަރުކާރެއް އެހެންވީމަ މިކަހަލަ ގަޅިކަންތައް ކުރާނެ

  3. މާކުރަތު

    ޕ ޕ މ ދެލިގަނޑު ގެ ފޮތުން .މައި ގެޔަކީ ޕޕމ އައް ހުސް ވެފަ އޮއެއް ގެޔެއް. ދެން ފެނުނީ ދަރި ގެ އިން .

  4. ގަމާރުމޯލްޑިވިއަން

    މޮޔަކަމުގެ ހައްދު ފަހަނަ އަޅާ މިދަނީ.ސިހުރާ ދެކޮޅައް މަސައްކަތް ކުރާ ޑިވިށަނެއް ޕޮލިސް ފޯސް ތެރޭ އޮންނަ ހަމަ އެކަނި ދެގައުމަކީ ސައުދިންނާއީ ދިވެހިން.ހެރީޕޮޓާ އަށް އެނގިއްޖެނަމަ އުފަލުން ހެއެއް ނުހުންނާނެ

  5. ޑީޑީ ޖޖޖޖ

    ގަޅި ކަނުގެ ހައްދު ފަހަނަ އަލާ ތިދަނީ.ރާއްޖޭގެ ޕޮލިހުންގެ ފެން ވަރު މީ.ކީޭ ބުބާނީ.ކިޔވި ކިވިހެން ގަޅި