ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަކީ އިންތިހާބު އަންނާތީ ކުރާ މަސައްކަތްތަކެއް ނޫން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

20 ރަށެއްގައި އަލަށް ނަރުދަމާ ގާއިމްކުރަން ބޮޑު މަޝްރޫއެއް ފަށައި އެ މަސައްކަތް ބަޔަކަށް ދިނުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރުތޯރިގް ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަކީ އިންތިހާބު އަންނާތީ ކުރާ މަސައްކަތްތަކެއް ނޫން ކަމަށެވެ.

ތޯރިގް ވިދާޅުވީ މިއީ ވަރަށް އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް އަސާސީ ހައްގު ހޯދައިދިނުމަށް ކުރާ މަަސއްކަތްތަކެތް ކަމަށާއި މި މަސައްކަތުގެ ލާބައާއި ނަފާ ލިބޭނީ އެންމެ މީހަކަށް ނޫން ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރާއި ބައިގެ ތެރޭގައި ގިނަ އަދަދެއްގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާއިރު، އެ މަޝްރޫއުތަކުން ރައީސް ގެންނެވީ އެންމެނަށް މަންފާވާ ތަރައްގީ " ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ، މިހާރުވެސް ސާޅީސް އެއްހާ ރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ފަށައިގެން 22 ވަރަކަށް ރަށުގެ މަސައްކަތް ނިމިފައިވާއިރު، މިފަދަ މަސައްކަތްތައް މި ސަރުކާރުން ކުރަނީ ކުރަން އެނގިގެން، ވަށައިޖެހޭ ގޮތަށްކަން ރައީސް ޔާމީން ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

"މި ސަރުކާރުގައި އަޅާނީ ހަމައެކަނި ބިންގަލެއް ނޫން. މި ސަރުކާރުން ކަންކަން ކުރަނީ ފައިސާ ހޯދައިގެން ކުރާނެ ގޮތް ހޯދައިގެން ވަށައިޖެހޭ ގޮތަށް. މިއީ ހަމައެކަނި ސޮއިކުރަން ކުރާ ކަންތައްތަކެއް ނޫން. މިއަދު ސޮއިކުރި 20 ރަށުގެ މަސައްކަތްތައް ވެސް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވަން،" ތޯރިގް ވިދާޅުވި އެވެ.

މި ރަސްމިޔާތުގައި މިނިސްޓަރ ތޯރިގް ވަނީ ނަރުދަމާ އަޅަން ސޮއިކުރި ރަށްރަށުގެ މަސައްކަތްތައް ވެސް ނުހުއްޓޭނެ ކަމުގެ ޔަގީންކަން އެ ރަށްރަށުގެ ރައްޔިތުންނަށް އަރުވާފައެވެ.

މި ސަރުކާރުން ނަރުދަމާ އަޅާ 83 ރަށުގެ މަސައްކަތަށް 2.1 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށައި މިއިން އެއްވެސް މަސައްކަތަކީ އިދިކޮޅު ފަރާތެއްގެ ވޯޓެއް، ތާއީދެއް އޮވެގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ނޫން ކަމަށް ތޯރިގް ވިދާޅުވިއެވެ.

" މި ސަރުކާރު އައި ފަހުން މިއަދު ސޮއިކުރެވުނު ވިހި ރަށާއި މިހާތަނަށް ނަރުދަމާ ގާއިމްކޮށް ނިމުނު ރަށްރަށުގެ އަދަދު 22 އަށް އަރައިފި. މަސައްކަތް ފަށާފައިވާ ރަށްތަކާއި މަސައްކަތް ކުރަން ސޮއިކުރި ރަށްތަކުގެ އަދަދު މީގެ ދެގުނަ" ތޯރިގް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާ

    އަހަރެމެންގެ ރަށުގެމަގުތަކުގައި ތާރުއަޅާ ރާއްޖޭގެ ރަށްރަށުގައި އަޅުއްވަމުން ގެންދަވާ އެއާރޕޯރޓްގެތެރެއިން މިހާތަނަށް އެޅުއްވި އެންމެފެންވަރުރަގަޅު އެއާރޕޯރޓްއަކީ އިންތިޚާބު އަންނާތީ ކުރެއްވިކަމެއްކަމުގައި ނުދެކެން އެއީ ރ،ޔާމީންގެ ވެރިކަމުގެ ވަރަށްކުރީކޮޅުގައި ފައްޓަވާ ނިންމަވާފައިވާކަމެއް ގައުމުދެކެ،ރައްޔިތުންދެކެ ލޯބިވެލައްވާ އަދި ދުވަހަކު ގައުމުނުދެކޭފަދަ ގައުމަށް ތަރައްޤީގެންނަޥާބޭފުޅަކު ވެރިކަމުގައިހުންނަވާއިރުކުރައްވާ ކޮންމެކަކެއް އިންތިޚާބާ ގުޅުއްވުމަކީވަރަށްދެރަކަމެއް ގައުމުތަރައްޤީކުރައްވާބޭފުޅަކުވެރިކަމުގައިހުންނަވާއިރު އިންތިޚާބުވެސް އަންނާނެ ގައުމުދެކެލޯބިވެލައްވާބޭފުޅަކު ތެދުވެރިކަމާއެކު ގައުމާ، ރައްޔިތުންނަށް ގެނެސްދެއްވާ ތަރައްޤީއަކީ އިންތިޚާބާ ގުޅުވޭނެކަމަކަށް ނުވާނެ ހަރުބަހެއްގައި ބުނެފަވޭ ފާރުބުޑުންދަނީނަމަ ކެޔޮގަނޑު ކަނޑާލާނެހެންހީވާނެ
    ގެނެސްދެއްވާ ތަރައްޤީފެނިލައްވާބޭފުޅުންނަށް މިގޮތަށް ހީވެލައްވަނީތޯ