އައްޑޫ ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޓްރަކެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ހަންކެނޑެ ބްރިޖްގެ ފެންސްގައި ޖެހި ފެންސަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގީ މިރޭ 21:30 ހާއިރުއެވެ.

މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ނަމަވެސް ހަންކެނޑެ ބްރިޖްގެ ފެންސަށާއި ޓްރަކަށް ވަނީ ގެއްލުންތަކެއް ވެފައެވެ.

އެކްސިޑެންޓްގެ ސަބަބުން ފެންސަށް ގެއްލުން ލިބިފައި
އެކްސިޑެންޓްގެ ސަބަބުން ފެންސަށް ގެއްލުން ލިބިފައި

އެކްސިޑެންޓް ހިނގީ ބޮޑުހިލަ ބަރުކޮށްފައި އޮތް ޓްރަކެއް ފެންސްގައި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގި ވަގުތު ޓްރަކްގައި ހުރި ހިލަތައް ވަނީ މަގުމައްޗަށް ފައިބާފައެވެ. އެކްސިޑެންޓް ހިނގީ ޓްރަކް ގަމުން ހިތަދޫ އަށް ދަތުރުކުރަމުން ދަނިކޮށެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯހަލާކު

    ދުއްވަން އިންމީހަކީ 24ގަޑިއިރު ހިއްޕަވައިގެން އިންނަ ބަލި ކުއްޖެއް، އެފަދަ ބަލި ކުދިންނަށް އެކަހަލަ މަގާމު ދިނުމަކީ ހަމަހޭގަ ހުރިމީހަކު ކުރާވަރުގެ ކަމެއްނޫން. ﷲ އަށް ހަމްދުކުރަން އެއްވެސް މީހަކަށް އަނިޔާނުވެ ސަލާމަތްވީތީ.

  2. އެމްބަރ

    ހާދަ ބަލި ބްރިޖެއް.

  3. ހެހެ ބެއްޔާ

    ތި ޓްރަކް ފަޅު ރަށުން ރޭ އިރުއޮއްސުނު ގަޑީގަ ދިމާވި. ވަރަށް ބާރަށް ދުއްވާފަ ދިޔައީ. މަގުން ނެއްޓިގެން ގޮސް ފަސްގަނޑަށް ފައިބަމުން ދިޔަތަން ވެސް ފެނުނު ދުއްވަމުން ދިޔަލެއް ބާރު ކަމުން. އިންތިހާބު ކައިރިވީމަ ޕުރޮޖެކްޓްތައް ނުނިމިގެން ހޭބަލިވަނީ އަވަސް އަރުވާލައިގެން.