ދަނގެތީގައި ހުރި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެމްޕެއިން ޖަގަހައެއްގައި ރީންދޫ ކުލަލުމުން ދަނގެތީ ޖޭޕީ ސަޕޯޓަރުން ރުޅިގަދަވެއްޖެއެވެ.

"ވަގުތަށް" މައުލޫމާތު ދެމުން ދަނގެތީގައި ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ބުނީ އެ ޖަގަހަ އަކީ އެންމެ ކުރިން ފެށިގެން ވެސް ޖޭޕީގެ ޖަގަހައެއް ކަމަށެވެ. ނަމަވެސް ބައެއް މަސްދަރުތަކުން އެ ޖަހަގައަކީ މީގެ ކުރިން ޕީޕީއެމްގެ ކެމްޕޭން ޖަގަހައެއް ކަމަށް ބުނެ ހަޤީގަތް އޮޅޭ ފަދަ ގޮތަށްތަކަށް ޚަބަރު ފަރުތާފައިވާތީ ހިތާމަ ކުރާ ކަމުގައިވެސް އޭނާ ބުނެއެވެ.

"އެ ޖަގަހައަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީއިން ހުޅުވި ޖަގަހައެއް. އެ ތާނގައި ގާސިމް އިބްރާހިމްގެ ފޮޓޯވެސް ހުންނާނެ. ނަމަވެސް އެ ބޭފުޅާގެ ފޮޓޯތަށް ނަށްޓައި އެ ޖަގަހަ އެމްޑީޕީގެ ޖަގަހައަކަށް ބަދަލުކޮށް ކޯލީޝަންގެ ރަންނިން މޭޓެއްގެ ގޮތުގައި ވާދަކުރާ ފައިސަލް ނަސީމް އިއްޔެ ނޫން އިހަށް ދުވަހުގެ ހަވީރު ވަނީ ހުޅުވާފަ. މިއީ އެމްޑީޕީ އަޑީގައި ތިބެގެން ހިންގާ ބޮޑު ޖަރީމާއެއް" އޭނާ ބުނެފައިވެއެވެ.

އަދި ޖަގަހައިގެ މައްސަލައިގައި އެ ރަށުގައި ދިރިއުޅޭ ޖޭޕީގެ ސަޕޯޓަރުން ތިބީ ވަރަށް ހިތްހަމަ ނުޖެހިފައި ކަމަށާއި އެމްޑީޕީއިން މަސައްކަތް ކުރަމުން ގެންދަނީ ކޯލިޝަން ތެރޭގައި ވެސް ބައިބައިވުން އުފައްދާ އެމްޑީޕީގެ ލާބަ އާއި މަންފާއަށް ކަމުގައިވެސް އޭނާ ބުންޏެވެ.

އަދި އަބަދުވެސް އެމްޑީޕީއަކީ އޮޅުވާލުމާއި މަކަރުވެވެރި ކަމުގައި ފާހަގަކޮށްލެވޭ ޕާޓީއެއް ކަމަށާއި ޖަގަހައިގެ ކަންތަކުގައި އަމަލު ކުރިގޮތުން އެކަމަށް ތާރީހު ހެކިދޭކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"އެންމެންނަށްވެސް އެނގޭ ހަގީގަތެއް އެއީ އެމްޑީޕީއަކީ މަކަރުވެރި ޕާޓީއެއްކަން. އެ ޕާޓީއިން މަސައްކަތް ކުރަނީ ޕާޓީގެ އަމިއްލަ މަސްލަހަތަށް. އެއްވެސް ހާލެއްގައި ކޯލިޝަންގެ މަސްލަހަތަށް މަސައްކަތެއް ނުކުރޭ" "ވަގުތަށް" މައުލޫމާތު ދެމުން ދަނގެތީގައި ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެއް ބުނެފައިވެއެވެ،

މިކަމާއި ގުޅޭގޮތުން އެމްޑީޕީގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަހްމަދު

    ކޮއެފުޅާ ތިޔައީހަމަ ތަހޫދީންގެނިންމުންހުންނާނެގޮތް އެމީހުންނައް ފައސަލްއެއީ ވަގުތީމީހެއް މީހަގީގަތް ހުރިހާކުދިންބަލަންތިބޭ

  2. ޒާ

    ބަލަންތިބޭ. ތި ފައިސަލް ނަސީމު ވަރަށް އަވަހަށް އެމްޑީޕީއަށް ސޮއިކޮށްފައި ޖޭޕީގެ ބޮލުގައި ފައިންޖަހާނެ. އެދުވަހުން ގާސިމް ސަހަރޯ ހިތަށް އަރާނެ.

  3. އަހްމަދު

    ބަލައްޗޭ، ވެރިކަން ލިބިއްޖެއްޔާ ގިނަވެގެން 6 މަސްތެރޭ ފައިސަލް ބޭރުކޮށް މޑޕ ގެ ކޮއްމެވެސް މީހެއް އެތަނަށްލާނެ.

  4. ކިޔާ ކިޔާ ޓިނު އަހައްމަދު

    ދޮގު. ހުސް ދޮގު. ޖޭޕީގެ މެމްބަރުން ރުޅި އައިސްފަ ހުރިނަމަ ޖޭޕީ ދަނގެތި ގޮފީގެ ރައީސް، ނައިބު ރައީސް އަދި ހިންގާ ކޮމިޓީގެ މެމްބަރުން ނޫޅޭނެ ތި ޖަގަހައިގަ ކުލަލާކަށް. ދޮގު ހެދުމާ އޮޅުވާލުމަކީ މި ސަރުކާރުގެ ކަށީގައި ހިފާފައިވާ ކަމެއް، ވަގުތުނޫހުގެ ވެސް. ސައްޙަ މައުލޫމާތު ހޯދާފަ މިކަހަލަ އާރޓިކަލް ލިޔާނަމަ ދޯ

    • އިބު ސީންޤް

      މަޖުބޫރު ކުރުވީަ ދާނެ ތޯ! ކުލަލާން! ދެން ބާރަށް އަތްޖަހާ!

    • ޢަހަންމަދު

      ޚކަލޭވެސް އޮޅުވާލަން އުޅޭނެ ކަމެއް ނެތް. ޚކައުންސިލަރް ކުލަ ލާން އޮތަސް އާނމުންގެ ގިނަ މީހުން ނުރުހެ އެތާ ރީނދޫކުލަ ލީމަ ހާއްސަކޮއް ޖޕ މެންބަރުން އޮޅުވާލަން ނޫޅޭ މަވެސް މީ ދަގެތި މީހެއް

    • ޢަހަންމަދު

      ކަލޭވެސް އޮޅުވާލަން އުޅޭނެ ކަމެއް ނެތް. ކައުންސިލަރް ކުލަ ލާން އޮތަސް އާނމުންގެ ގިނަ މީހުން ނުރުހެ އެތާ ރީނދޫކުލަ ލީމަ ހާއްސަކޮއް ޖޕ މެންބަރުން އޮޅުވާލަން ނޫޅޭ މަވެސް މީ ދަގެތި މީހެއް

  5. ބޭބެ

    ކޮއްކޯ އެހެންވީމަ އޭ ބޭބެ މެން މިބުނަނީ ތިޔަ އެމްޑީޕީއަކީ މުޅިން މަކަރާ އޮޅުވާލުމާ ދޮގު ހެދުމާއި ފިތުނަފަސާދަ އުފެއްދުމުގައި މެކުހަށްޖަހާފައިވާ ޕާޓީއެކޭ!! އެމީހުން ދައްކާ ވާހަކައިން އޮއްޓުއަޅާ ފުރާނާލައިގެން ނެގޭނީ ތެދު ވަރަށް މަދު ވާހަކަކޮޅެއް!! ތިވަރު ބަޔަކާ ކާރިނުވާށޭ އޭރުވެސް ގާސިމް ކައިރީ އަހަރެމެން ބުނިން!! އަދި މިހާރުވެސް މިކިޔަނީ ކާރިނުވާށޭ!!

  6. ގެގް

    ހަޖަމުކުރާ ބޭސް އެސް.ޓީ.ޢޯ ބޭސްފިހާރަތަކުން ލިބޭނެ.

  7. ޖަގަހަ

    2013 ގަ ރަތް ކުލަ ލީީ މަ ޖޭޕީީ ގެމިލްކަކައްވީ ތަ؟ގޭގެ ވެރިމީހާ ބޭނުން ކުލައެއް ލެވޭނެ..
    2017ގަ ޕިންކު ކުލަ ލާފަ ހުއްޓަ ރީދޫ ކުލަޔާ ރަތް ކުލަ ލީމަ ޕީޕީއެމް ގެ ސަޕޯޓަރުން ދޯ ހިތް ހަމަ ނުޖެހެން ވީ..
    އަނެއްކާ ޖޭޕީީ ގެ ސަޕޯޓަރުން ނަމުގަ މިއުޅެނީ ޕީޕީއެމް ގެ މީހުން ތަ؟ނޭގޭނެ ..

  8. ޖޭޕީ މީހާ

    ނުބައި ކޮން ސުރުހީ މީނީ ރަގަޅު ގޮތަކީ
    ދަނގެތީ ޖަގަހައިގެމައްސަލައިގަ ޕީޕީއެމް ސަޕޯޓަރުން ރަތަށް..
    ދެން މާ ޖޭޕީ ވެގެން އުޅޭނެ ކަމެއް ނެތް ..

  9. މަންފާ

    ބަލަ ކޯލިޝަން ތެރޭގަ ބައިބައިވުން އުފެއްދީމަ އެމްޑީޕީ އައްއޮތީ ކޮން ލާބަ އަކާއި މަންފާ އެއް.. ހަމަޖެހޭ ވާހަކަ ދައްކަބަލަ.. ބައިބަިވުން އުފައްދަން ތި ފާޑުފާޑައް ތި ވާހަކަ ދައްކަނީ.. ދެފުއްދެގޮތް މީހުން.. މަވެސް މީ ދަނގެތީ މީހެއް.. ރަތަކަށް ނާރާ..

  10. އަހުން

    ފައިސަލް އަކީ އެމްޑީޕީ އޯލްޓަނޭޓިވް އެއްގެ ގޮތުގައި ހޮވި މީހެއް. ވަރިކަން ލިބުނި ހަމަ ނަގާ ހޫރާލާނެ އަތުކޮޅަށް. ދެންވެސް ޔާމީނަށް ވޯޓް ދިނިއްޔާ އެވޯޓް މާ ބޭނުންތެރި ގޮތގަ ހިފޭނެ.