ރަޝިއާއިން އެގައުމުގެ އެންމެ ފަހުގެ ހަތިޔާރުތަށް ސީރިއާގައި ޓެސްޓުކޮށްފިއެވެެ. އެގޮތުން އެގައުމުގެ ޕާލިމެންޓް މެންބަރަކާއި ހަވާލާދީ ރިޕޯޓްތަށް ބުނާ ގޮތުން ރަޝިއާގެ ވެރިރަށް މޮސްކޯގެ މިލިޓަރީ ފޯސް އިން ވަނީ އަލަށް އުފެއްދި 200 އަށް ވުރެއް ގިނަ ހަތިޔާރު ސީރިއާގައި ޓެސްޓުކޮށްފައެވެ.

ރަޝިއާގެ ކުޜީގެ ކޮމާންޑަރު އަދި މިހާރުގެ އެމްޕީ ވަލަދިމިރް ސަމަންވް ބުނެފައިވާ ގޮތުން 200 އަށް ވުރެއް ގިނަ ހަތިޔާރު ސީރިއާގައި ޓެސްޓްކޮށްފައިވަނީ އެގައުމުގެ މިލިޓަރީ ފޯސް ވަރުގަދަ ކުރުމަށެވެ.

ނަމަވެސް ރަޝިއާއިން ސީރިއާގައި ޓެސްޓުކުރާ ހަތިޔާރުތަކުގެ ސަބަބުން ސީރިއާގެ ކުށެއް ނެތް އެތަށް ބަޔަކު ދަނީ މަރުވަމުންނެވެ،

ސީރިއާގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ރަޝިއާއިން ވަދެފައިވަނީ 2015 ވަނަ އަހަރު އިޒްރޭލުގެ ބާރު ކެޑެމުން ދިޔަ ދުވަސްވަރުގައި އިޒަރޭލަށް މަދަދުވެރިވުމުގެ ގޮތުންނެވެ.

ރަޝިއާއާއި އިޒްރޭލު ގުޅިގެން ސީރިއާގެ މުސްލިމުންނަށް ދެމުން ގެންދާ ހަމަލާތަށް ހައްދު ފަހަނަ އަޅައިފައިވާއިރު އެ ހަމަލާތަކުގައި ދަނީ ގިނަ އަދަދަކަށް ކުޑަކުދިންވެސް މަރުވަމުންނެވެ. ދުނިޔޭގެ ބޮޑު ދެގައުމުން ސީރިއާގައި ލާއިންސާނޫ އަމަލުތަށް ހިންގަމުންދާއިރު އެކަމާއި ދެކޮޅަށް އަޑު އުފުލަން މުސްލިމުންގެ މެޖޯރިޓީ އޮންނަ ބައެއް ގައުމުތަށް ފިޔަވާ އެހެން ގައުމުތަކުން އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެހެންކަމުން ރަޝިއާއާއ އިޒްރޭލު ގުޅިގެން އެކުރާ މަސައްކަތަކީ މުސްލިމު އުއްމަތް ނައްތާލުން ކަމުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އަދި އެއީ މުޅި އިސްލާމީ އުންމަތަށް ދެވޭ އަނިޔާއެއް ކަމަށް ވެސް ކަމާބެހޭ މާހިރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިލިޓަަރީ

    މިހާރު ރަށިޔާ އިޒްރޭލަކާ ގުޅުންރަގަޅެނުން ސީރިޔާއާ ގުޅުންބަދަހީ.