ސިފައިންނާއި ފުލުހުންގެ ޚިދުމަތުގެ އަގުވަޒަންކުރަން ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ބައިވެރި ނުވެވުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އަދި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން މަސައްކަތުގައި މާބުރަކޮށް އުޅުއްވާތީ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ޖަލްސާގައި މިނިސްޓަރު އާދަމް ޝަރީފާއި ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ބައިވެރިވެ ވަޑައިގެންނުގަންނަވާތީ "ވަގުތު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޖަލްސާގައި ބައިވެރިވެ ވަޑައިނުގެންނެވުނު ނަމަވެސް އެދެބޭފުޅުން ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މުއައްސާސާ ހިންގަވާ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ޖަލްސާގައި ބައިވެރިވެ ވަޑައިނުގެންނެވުމަކީ ޖަލްސާއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަޅުކަމެކެވެ.
މިނިސްޓަރު އާދަމް ޝަރީފާއި މިނިސްޓަރު އަޒްލީނަކީ ސަރުކާރުގެ އެންމެ މުހިންމު ދެމިނިސްޓްރީގެ ވަޒީރުކަން ކުރައްވާ ދެބޭފުޅުންނެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ދިފާޢުގައި އެންމެ ގިނަ މަސައްކަތް ކުރައްވާ ދެބޭފުޅުންގެ ގޮތުގައި ދެވަޒީރުން ހިމެނިވަޑައިގަންނަވައެވެ. ރައީސް ޔާމީނަށް ދިމާވި އެންމެ އުނދަގޫ ހާލަތްތަކުގައި ހާއްސަކޮށް ފެބްރުއަރީ 01 ގެ އަމުރަށް ފަހު ދިމާވި ކަންތައްތައް ހައްލު ކުރުމުގައި ރައީސްގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހޯމް މިނިސްޓަރު އަޒްލީން ހިމެނިވަޑައިގަންނަވައެވެ.
އެހެންތަ، ކޮންމެސް ކޮންމެސް ފޯނަށް ޖަވާބު ދެއްވާތި
މިވާހަކަ 40 ގުނަބޮޑުކޮށް ކާލިގަނޑުޓީވީގައި މިނެޓްދެކޮޅުން އެބަ ކިޔާ!
ދެން މަހީހީ ހަލާކު.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް މަމެންގެ ވެރިކަން ވެއްޓިއްޖެތޭ ނޫން ނުވެއްޓުނު ދޯ. ވެއްޓިއްޖެތޭ ނޫން ނުވެއްޓުނު ދޯ. ވެއްޓިއްޖެތޭ ނޫން ނުވެއްޓުނު ދޯ. ވެއްޓިއްޖެތޭ ނޫން ނުވެއްޓުނު ދޯ. ވެއްޓިއްޖެތޭ ނޫން ނުވެއްޓުނު ދޯ. ވެއްޓިއްޖެތޭ ނޫން ނުވެއްޓުނު ދޯ. ވެއްޓިއްޖެތޭ ނޫން ނުވެއްޓުނު ދޯ. ވެއްޓިއްޖެތޭ ނޫން ނުވެއްޓުނު ދޯ. މަހަށް ދޭބަލަ ދެން. މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ.
އަބުދުﷲ ސައީދު އާއި އަލީ ހަމީދު ވެސް ތިއްބެވީ ފަހަތް ޕުޅުގައި ނޫންތޯ އެވެ؟
ތިޔަކުރައްވާ ހިއްވަރައް ހަމަސާބަސް
ބޭފުޅާ ނުފެނިގެން މަ ރޮއިރޮއި
ޖަލްސާއަށް ނުދެވު ކަން ވަރަށް ވަރަށް ރަނގަޅު. ކެޕްޓަން މޮޔަގޮވީ ބޮޑަށް. ގާނޫނަކަށް ނުބަލާށޯ ސިފައިންނާ ފުލުހުން. ކެޕްޓަން ބުނީމަ ބުނާކަމެއް ކުރާށޯ.
ތިހެން ކިޔައިން ދެދުނިޔޭގެ ކާމިޔާބާ ޕޕމ ފަލާހް އޮތީ
ނަސީބެއްނުން ނުދެވުނުކަން ކައްޕިތާނު މުޅިންވެސް ދެއްކީ ޤާނޫނާ ޚިލާފު ވާހަކަ، އަޒުލީނަށްވެސް ހަމަ އެހެންތހަ ވީ