ހުކުރު ދުވަހު އުސް އިމާރަތް ތަކުން އެންމެން ބިންމައްޗަށް ފޭބުމަށް އިދިކޮޅު ޕާޓީ ތަކުން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހު ހަވީރު އުސް އިމާރަތްތަކުން އެންމެން ބިންމައްޗަށް ފައިބައި މަޖީދީ މަގަށް ނިކުތުމަށް ޕާޓީ ތަކުން ގޮވާލާ ކަމަށެވެ.

އިދިކޮޅު ޕާޓީތަކުން ބޮޑު މުޒާހަރާއަކަށް ތައްޔާރު ވަމުންދާއިރު މީގެ ކުރިން ވެސް ބޮޑު މުޒާހަރާއެއް ބާއްވަން އިދިކޮޅު ފަރާތްތަކުން މައްސަކަތް ކުރިއެވެ. ނަމަވެސް ބައެއް ކަންކަން ހަމަ ނުޖެއްސިގެން ފަހުގެ ތާރީހަކަށް ވަނީ ބަދަލުކޮއްފައި ކަމަށް އިދިކޮޅު ފަރާތް ތަކުން ކުރިން ވަނީ ބުނެފައެވެ. އިދިކޮޅު ފަރާތް ތަކުން ބުނެފައިވަނީ ބޮޑު މުޒާހަރާގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުން މީހުން ބައިވެރިވާނެ ކަމަށެވެ.

ބޮޑު މުޒާހަރާ އަކަށް ތައްޔާރު ވަމުންދާއިރު ރޭގަނޑު 10:30 ގެ ފަހުން ސިޔާސީ އެއްވުން ބޭއްވުމަން އޭއީ މަނާކަމެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވާނެ ކަމަށް ފުލުހުން ދާދި ފަހުން ބުނެފައިވާއިރު ރޭގަނޑު 10:30 ގެ ފަހުންވެސް އިހުތިޖާޖަށް މަގުމައްޗަށް ނުކުންނާނޭ ކަމަށާއި، ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ފުލުހުންނަށް ނުހިފެހެއްޓޭނޭ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން އިދިކޮޅު ޕާޓީ ތަކުން ބޮޑު މުޒާހަރާ އަކަށް ތައްޔާރު ވަމުން މިދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ގަރާރާއި، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަސް ދަންމަން ރައްޔިތުމްގެ މަޖިލީހުގެ 38 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

 1. ޖޖޖ

  ފުރަތަމަ ކުރަންވީ ކަމަކީ ތިނަގާ މުސާރަ ހަލާލުވާވަރަށް މަޖްލީހަށް ގޮސް މަސައްކަތް ކުރަންވީ.

 2. އިބްނު ޙަސަން

  ކަނބުލޭގެ މޮޔަފުޅުވީތޯ

 3. ޝާހިދު ހުސައިން

  އިލްމު ވެރިއަކަށް ވެ ހުރެ ގައުމުގައި ހަމަނުޖެހުން ނަގަން މަސައްކަތް ކުރުމުން ދީނީ އިލްމުވެރި އެކޭ ބުނަން ލަދު ގަނޭ. އަމިއްލަ އެދުން ބޮޑުވިޔަސް ތީ ބޮޑުވަރެއް.

 4. Anonymous

  ނުދާނަން. ކަލޭމެނަނަށް ކުރެވޭ ހަމައެކަނި ކަމަކީ މިގައުމަކީ ސީރިޔާއާ އިރާގާ ޔަމަނު ފަދަ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތް.

 5. ކަޅުމީހާ

  ކޮޔާ! ކޯންޗެއް ލިބޭނީ މަގުތަށްމައްޗަށް ނުކުމެ ހަމަނުޖެހުން އުފައްދާ ވެރިމީހާއަށް ނުހައްގުން ވަގަށް ގޮވައިގެން. ކަލޭނޭ މި ގޮތްކުޑަ އަންހެނާވެސް މިލާދީނީ ގުރޫޕާ ބައިޢަތު ހިފުފަހުން ލައްކަ ނުލަފާ ވެއްޖެ.

 6. 78

  ކޮންކަމަކަމަކާބާ ނުކުންނަންވީ؟ އިދިކޮޅު ކެންޑިޑޭޓަށް ވާނެ މީހަކު ނެގުންތަ އޮތީ؟ ގުރުލުން ވެއްޖެއްޔާ ގޮސްފާނަން.

 7. ޖާނީ

  ކޮންކަމެއް އޮތީ؟ އެމް.އެމް.އޭގެ ގަވަރނަރގެ ހަވާލުގަ ހުރި ދައުލަތުގެ ފައިސާތައް ގުނާފަ ބޮލުގެ ނިސްބަތުން ބެހުންތަ؟ ނޫނީ މީރާއިން ބަލައިގަންނަ ފައިސާ ރައީސް މީހާ ފޮނުވި ރަސީދުތައް ރައްޔިތުންނަށް ދޭންތަ؟ ހަމަ ޔަގީނުންވެސް ދައުލަތުގެ ފައިސާ ބަލައިގަންނަތަނަކީ މީރާ އެތާނގެ ފައިސާ ލިޔެ ޖަމާކުރާ ތަނަކީ އެމް.އެމް.އޭ. ރައީސް މީހާއަތަކަށްނޫން ފޮނުވަނީ.

 8. މުހައްމަދު

  ތިޔަ އިސް ކުރަނީ އަމިއްލަ މަގްސަދު ، ބަޔަކައް ވާގޮތެއް ނުބަލާނެ.

 9. އުސްއިމާރާތް

  އުސް އިމާރާތާ ނުކުޅެއްޗޭ. މުޒާހަރާ އަށް އިންވައިޓް ކުރިޔަސް ތީ ބޮޑުވަރު. ބިރުން ފިތްކަނޑައިގެން ނުދިޔައީ ކިރިޔާ އެއްނު. 4ކޭ ވިދާޅުވެވުނެސް އެނގިނުލައްވާ ދެއްތޯ؟

 10. މުހައްމަދު

  އިސްލާމީ ގިނަ ގައުމު ތައް ހަލާކު ކުރުމުގެ ފަހަތުގަ ވަނީ ޔަހޫދިންގެ ރޭވުން ތައް.

 11. ހުސެން

  ޔާމީނު އޯކޭތަ 10:30 ގެ ފަހުންވެސް؟؟؟؟

 12. އަޙުމަދު

  ދެން ކިހިނެކޯ ހަދަންޖެހެނީ އުސް އިމާރާތްތަކުން ފައިބާފަ! މިސައިލް ހަމަލާއެއް އަންނަނީތަ؟

 13. ހަބޭސްބޭބެ

  އަޅެ ފައިބާބަލަ. މި ފުރަ މާލޭގައި މާލޭގެ ރައްވެހިންވެސް އެބަތިބީމޭ އަދި. އަމިއްލަ ރަށަށް ގޮސް ފާޑުފާޑު ދައްކާ. މިތާގަ ފާޑުފާޑަކަށް ނޫޅެވޭނެ. އެއްވެސް ކަމެއް ނުކުރެވޭނެ. އިރާގް، މިސްރު، ލީބިޔާ އަށް ވީގޮތް ވުމަކަށް މިގައުމުވެސް ފުރުސަތެއް ނެދޭނެ. މަޑުން ތިއްބަވާ.

 14. ބާބޫ ނާޒް

  އިދިކީލި މީހުން ވައިކުޑައިގަ ބިމަށް ފޭބިޔަސް ދިފާއީ ބާރު ނުސިހޭނެ. ދެންއަަރާ ޖައްވައް.. .

 15. އުސްތާޒުބޭބެ

  އަނާރާ މެން ކިޔެވީ ކޮންތާކުންބާ؟؟ އިސްލާމް ދީނުގައި އޮންނަނީ ތިހެންބާ؟؟؟ އެދުވަހުން ތި ޓްވީޓް ތަކަށް ޖަވާބުދާރީ ވާންޖެހޭނެ............

 16. ޙަފްޞާ / މާލެ

  އަނާރާވެސް މިހާރު ޙަޔާތްކެނޑުނީތަ؟ މާތް ޢިއްފަތްތއެރި ކަބަލެއްގެގޮތުގައި މީގެކުރިން ފެނުނު އަނާރާ އެއްނޫންތަ މިހާރު މިފެންނަނީކީ؟

 17. ޙަފްޞާ / މާލެ

  މުޒާހަރާކުރަންޖެހޭ ސަބަބެއް ނެތް! މުސްލިމު މުޖުތަމަޢުތަކުގައި ޢާއްމުގޮތެއްގައި މުޒާހަރާކުރަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތަކެއް ސަރުކާރުން ފުއްދައިނުދީގެން ، ނުވަތަ ވަލިއްޔުލްއަމްރު ދީނާ ޚިލަފްވެ މުރުތައްދުގެ ޢަމަލެއް ހިންގައިގެން! ޣައިރުޤާނޫނީ އަމުރެއް ތަމުފީޒްނުކޮށްގެން ، މަގުމަތި ނާމާންކުރުމަށް ފުރުޞަތުނުދީގެން މުޒަހަރަކުރާކަމެއް ނުދެނަހުރިން! ހަމަ އެހެންކަމެއްނޫން ، ސަރުކަރުން ހިންގާ ބިޔަ ބޮޑަތި މަޝްރޫޢުތައް ޙަޖަމްނުކުރެވިގެން މި އުޅެނީ!

 18. ތަމީމު

  ޓާގެޓް5. ޢަބްދުﷲރިޔާޟް ހައްޔަރުވަންދެން މުޒާހަރަކުރުން! ޓާގެޓް ،2،3،4،1 އޮތީ ޙާޞިލްވެފަ!

 19. ހުސެން

  ކޮބާ ފުލުހުންގެ އިންޓަލިޖެން ސް ، ނެތީބާ ނޫސް ބަޔާނެއް!!

 20. ލޮލ

  އާނ ފުންމާލާ އުސް އިމާރާތްތަކުން

 21. އަޙުމަދު ޢިމާދު

  ނިކަމެތި ރައްޔިތުންގެ ބަޔަކަށް ގެއްލުންތަކެއް ދޭން، ދުރުގައި ބޮނދާ ތިބޭ "ބޮޑުން" ރާވާ ކަމެއް ތީ؟ ރައްޔިތުންގެ ތެރެއިން ހެޔޮ ވިސްނޭ މީހުން އެ ކަހަލަ މޮޔަ ގޮވުމަކަށް އިޖާބައެއް ނުދޭނެ. މޮޔައިން ހެޔޮތާ ޖަލަށް ދިޔަޔަސް.

 22. މަރިއްތަ

  ރާއްކެއަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ގަސްދުގަ ބަަޔަކު ކުރުވި ކަމެއް. ރަގަޅަށް ބަލައިފި ނަަމަ އެނގޭނެ މި ޓޭންކަރަކީ މިގައުމުގެ ހާއިނެއްގެ ނަމުގަ އޮތް އެއްޗެއްކަން. މިގައުމަށް އައި އެއްޗަކަށްވެސް ނުވާނެ ތި ޓޭންކަރު. އަރަބި ގައުމުތަކުން މިފެންނަ ފަގީރުކަމާ ބަނޑުހައި ހޫނުކަމާ ބަލިމަޑުކަން މިތާނގެ ރައްޔިތުންނަށް ގެނެސްދޭން މިއުޅެނީ ވެރިކަމަށް ގަދަބާރުން އަންނަންއުޅޭ މީހުން. ހެޔޮނުވާނެ ރައްޔިތުންނޭ ވިސްނާ ފިކުރު ކުރޭ. ހަލާކު ކުރުމަށް ގޮވާ ވާހަކަ އަކީ ގައުމުގެ ވަލިއްޔުލް އަމުރު ކަނީއޭ އަނިޔާވެރިވަނީ އޭ. ޖަލުގަ ތިބި މީހިންނާއެމީހުންގެ އާއިލާއިން އަނިޔާވެރިއޭބުނެދާނެ. އެކަމަކު އަހަރެމެން ރައްޔިތުންނަށް އަނިޔާވެރިއެކޭ ނުބުނެވޭނެ. ފައިސާހޯދުމަށް އަމިއްލައަށްމަސައްކަތް ކުރަންވީ. ވަޒީފާތައް ބައިވަރު. އެންމެނަކަށް ނުލިބޭނެ މިނިސްޓަރު ކަމެއް. އެމީހެއގެ އިލްމާތަޖުރިބާއިން ވަޒީފާލިބޭނީ. މިއީ ވެރިމީހާބޮލުގަ ވަގު ބަދުނާމު އަޅުވަން ވީ ކަމެއްނުން.

 23. ޢަހްމަ

  ޢެހެން ވީމާ ބިމުއަޑީން ވެސް ބަޔަކު އަރަންވެއްޖެ އެއްނު. ގަބުރުތައްވެސް. ޢަނާރާމެން އުޅޭލެއް ހާދަ ހަޑިއެ. ލަދެއް ހަޔާތެއްވެސް މިހަރަކު ހުންނަނީކީ ނޫނޭ. ލާދީނީ ފިކުރައް ތާއީދު ކުރެވެންފެށީމާ ވަރައްހަޑި އަހުލާގު ދަށުދަރަޖަ އައް ވެއްޓޭލެއް

 24. Anonymous

  އަހަރުމެން ނޫޅެން މޮޔަވެގެނެއް......... އަހަރުމެން ވިސްނަނީ ތިބައި މީހުންގެ ސިކުނޑިއަކުންނޫންކަން ދަންނަވާލަން، އަހަރުމެން މި ވިސްނަނީ އަބަދުވެސް އަހަރުމެންގެ ސިކުނޑިން އެހެންވީމައި ތިބައިމީހުން މީ ރޭގަނޑޭ ބުންނަސް ޤަބޫލުކުރާ ބަޔަކު ތިއްބަސް އަހަރުމެން ޤަބޫލެއް ނުކުރަން.. މިހާރު މެންދުރު 13:30ވީ އަހަރުމެންގެ ސިކުނޑިން މީ ދުވާލު، ލައްކަވާހަކަ މިބުނީ، ވަރަށް ސަލާމް

 25. ޙުސައިން މ. މުލި

  މީ ދީނީކަމެއްތަ
  ދީނީ ކަމެއް ނޫނިއްޔާ ހާދަބޮޑު ފާފައެކޭ

 26. ހަކީމު

  މައުޅެނީ އުސް އިމާރާތެއްގައެއް ނޫނެވެ. އެހެނަސް މަމީ ތަންތަނަށް ގޮސްހަދާމީހެއް ނޫނެވެ. އެންމެން އެއްފަހަރާ ފައިބައިފިއްޔާ ފިތިބާރުވެގެން ވަރަށް ގިނަބަޔަކަށް އަނިޔާ ވުން އެކަށީގެންވެއެވެ.

 27. މަރިއްތަ

  ލަވަޖަހާ ނެށުން އޮތީ މިއަދު ހަވޯރުތަ؟ ގައުމު 11.00 ގަ ފެށޭ ނައިޓް ކުލަބްތައް ކަލޭމެން މިހާރު ހިންގަނީ

 28. އައްޑޫގޫބައްޑާ

  އަނެއްކާ އެމްޑީޕީ މީހުން އިމާރާތްތަޢް ތަޅާލަނީތަ؟!

 29. ާވަތުބަތާނަ

  އަނާރާ މީކާކު؟ ރައްޔިތުން ކަލެއަށް ހަވާލު ކޮށްފާ އޮތް ޒިންމާ އަދާ ކުރަން މަޖިލީހަށް އަދި މިޙަރު ނުވަދޭ. ކަލޭބުނެގެން ނިކުންނާނީ ކާކު؟

 30. ހަސަންބެ

  އެމްމެންބިމައައްބާލަނީއެއަޗެއްބަހަންތަ
  މުވަތައަނިޔާއެއަކުރަންތަ

 31. ދިވެއްސެއް

  އަންނާރޭވެސްދޯ؟ ތިޔައުޅެނީ އަދކިރިޔާ ހަމަބިމައްފައިބަން
  އަމިއްލައަށް ސައިޒްވާން. ބަރާބަރު .އުސްއިމާރާތަކައް އަރާފަ ފައިބާ! ފުންމާނުލާތި!! ނުވެއްޓޭތި!! ޞަލަައިގެންފައިބާތި!!

 32. ނުރަބޯ

  ދުނިޔެ ގިޔާމަތްވަނީތަ...؟ އެހެން ވިއްޔާ ފޭބުމަކުން ވަކި ކުރާނެ ކަމެއް ނޯންނާނެ.....!!!

 33. ޖޮއްބެ

  ބަޣާވާތް ކުރުމަކީ ދީނުގައި ހުއްދަ ކަމެއްނޫން....!!!

 34. ޢަލީ

  އެންމެން ހަމަބިމަށް ތިރިކުރަނީ............ޔޯ

 35. ޔާސިން

  ޜީދޫހުންު ޖެހުނު ގިނަ މީހުންގެ ތެތެއިން މަދު މީހަކަށް ނޫނީ މިހާރު އެނގޭ ތިޔަ ގޮވާ ގޮވެލިފައްޗަށް އިޖާބަ ދީފިނަމަ ތިޔަކަމުގައި ބައިވެރިވާ ރައްޔިތުންގެ މީހުންނަށް ކަން ހުރިހާ ގެއްލުމާ އަނިޔާއެއް އެއްލިބޭނީ ވަރަށް ސަލާމް އަނާރާ އަށް

 36. ރެޓޭ

  ބިޗޫ ކަށިޖެހީމާ ވިވާފަދައިން ރީނދޫ ބަލި ޖެހުމާއެކު އެމީހެއްގެ ލަދުޙަޔާތާއި ގޮތާފޮތާ ކެނޑިގެން ދެއެވެ. އެގޮތުން އަނާރާ ފަކީރާ މައުމޫނުފަކީރަށްވެސް ވަނީ މި ވިހައިގެ އަސަރު ފޯރާފައެވެ.

 37. ދުރުބެލި

  ސުނާމީއެއް އަރަނީބާ؟ ސުނާމީގެ އިންޒާރުގައި އުސްތަންތަނުން މީހުން ފޭބުމަށް އަންގާނެ. އަނާރާއަކީ މިހާރު ސުނާމީ ވޯނިންގް ސިސްޓަމެއްބާ؟

 38. އަހްމަދު

  އުސްޢިމާރާތްތަކުން މީހުންނައިލައިގެން އަނާރާތިޔައުޅެނީ އެމީހުންނާ ބެހެންތައަޅެފަހެ ގޮތެއްފޮތެއްނެތިގެންތިއުޅެނީ ތަޔައްވުރެމާރަނގަޅުވާނެ ތިމާޔައްﷲމިންވަރުކުރެއްވިޢިލްމުން މީހުންނައްއެއްޗެއް އުނގައްނައިދިނިއްޔާ

 39. ޞަފޫރާ

  ދެކިބަލަ އެމްޑީޕީއަށް ނިސްބަތްވާ ދިވެހި ކަނބަލުންގެ ޙާލަތު! ލަދުން ހަލާކު!

 40. ފާޅު

  ނޫކުލައިގެ ހެދުން ތުރުކުރައްވައިގެން ހުންނެވި ކަނބުލޭގެ އަތްޕުޅުލައްވައިގެން ތިޔަ ހުންނެވީ ކޮންތާކުތޯ ހުންނަ ހަޔާތްކުޑަކަމާޢި ގޮތްކުޑަކަމާޢި ލާދީނީ ކަން ނިކަން ބެލެއިލެބެލެ ފަކުރު ހީވޭ !

 41. 11111

  މަކުދޫ މީހުންނަށް ސާބަސް ތިއޮތީ ވެރިކަން ވެއްޓިފާ! ލޮލް

 42. ފާގަ

  އުސް އިމާރާތްތަކުން ވަންނަނީ މަކުނު ހާއްޔަކަށްތަ! އަނާރާ

 43. އަނާ

  ކަލެންނޭ ބޮންއަޅަން ތައްޔާރުވީތަ. އުސްތަންތަނުން މީހުންބާލަން ތިއުޅެނީ. އަންހެނަކަށްވީތީ މަ ލަދުގަނޭ

 44. ހުރަސް

  އަނާރާ މިހާރު ތިޔަ ހަރަގެން މޮޔަ ގޮވެނީ

 45. ޙަސަނު

  ވައިކުޑައިގަތޯ ފައިބަންވީ.

 46. އާއްޓޭ

  އަނާރާ ތިހެން އުޅެންހަދައިގެން އެޑަމް އަނެއްކާ 3 ވަނަ އަތްބަށް މީހަކާ އިނދެފާނެ. 2 ވަނަ އަބިމީހާއާ އިނީމާވެސް ކަމަނާ އޮތީ އައި ސީ ޔޫގަ ބާއްވާފަ. ޢެހެންވާކަށް އަޅުގަނޑު ނޭދެން.

 47. މާނާ

  15 ވަނަރަ ވަރަކަށް މޮޔައިން ނިކުމެ އާއްމުނަށް ކޮންޖެއްސުމެއްތޯ މި ކުރަނީ އެހެންބައެއްގެ މިނިވަން ކަމަށް ހުރަސް އެޅުމަށް ތި މީހުނާ ބައިވެރިވާނެ މޮޔައެއް ނެއް ދެން މި ގައުމަކު މަޅީގަ ޖެހިފަ ތިބެ

 48. ޢަސްތާ

  ފުރަތަމަ އިބްރާހިމީ މިސްކިތް ކުރިމަތީ ތިހެރަ އުސް އިމާރާތުގެ އެންމެ މަތީގަ އުޅޭ އާއިލާ ފައބަން ވާނީ

 49. ރުޒާނާ ޗޮއްޕަޓު

  މުސްކުޅި ހައެއްކަ އަންހެނުންތަ ފޭބީ. އަޅެ ދެރަވޭ. ކެކެކެކކެ

 50. ކަމަނަ

  ހުކުރުދުވަހު އިދިކޮޅު ފަރާތްތަކުން ދަންޖެހެންވީ