އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޖަޕާންގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުން މަނާ މުއާމަލާތެއް ކުރަނިކޮށް ފެނިފައިވާ ކަމަށެވެ.

މިދެއުޅަނދު ފެނުނީ ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ކަމަށް ވެސް ޖަޕާންގެ ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

މި ދެ އުޅަނދު ފެނުނީ ދެ އުޅަނދު އެކަތި އަނެކަތީގައި އޮވެ ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް ހިންގީ ކޮން މުއާމަލާތެއް ކަމެއް ޖަޕާންގެ ސިފައިންނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ މި ގޮތަށް ކަނޑުމަތީގައި މުއާމަލާތު ކުރުމަކީ މަނާ ކަމެކެވެ.

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރާއި ކައިރިކޮށް މަނާ މުއާމަލާތެއް ހިންގާފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ތެޔޮ ޓޭންކަރަކުން ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީ އިން ބުނި ނަމަވެސް އެބުނާ ތެޔޮ ޓޭންކަރު ދުއްވަނީ ރާއްޖޭގައި ކަމެއް ކަށަވަރެއް ނުވެއެވެ. އަދި ރަޖިސްޓްރީ ކޮށްފައި ވަނީ ރާއްޖޭގެ ކޮން ކުންފުންޏެއްގެ ނަމުގައި ކަމެއް ވެސް ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އާރި

  ރާއްކެއަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ގަސްދުގަ ބަަޔަކު ކުރުވި ކަމެއް. ރަގަޅަށް ބަލައިފި ނަަމަ އެނގޭނެ މި ޓޭންކަރަކީ މިގައުމުގެ ހާއިނެއްގެ ނަމުގަ އޮތް އެއްޗެއްކަން. މިގައުމަށް އައި އެއްޗަކަށްވެސް ނުވާނެ ތި ޓޭންކަރު. އަރަބި ގައުމުތަކުން މިފެންނަ ފަގީރުކަމާ ބަނޑުހައި ހޫނުކަމާ ބަލިމަޑުކަން މިތާނގެ ރައްޔިތުންނަށް ގެނެސްދޭން މިއުޅެނީ ވެރިކަމަށް ގަދަބާރުން އަންނަންއުޅޭ މީހުން. ހެޔޮނުވާނެ ރައްޔިތުންނޭ ވިސްނާ ފިކުރު ކުރޭ. ހަލާކު ކުރުމަށް ގޮވާ ވާހަކަ އަކީ ގައުމުގެ ވަލިއްޔުލް އަމުރު ކަނީއޭ އަނިޔާވެރިވަނީ އޭ. ޖަލުގަ ތިބި މީހިންނާއެމީހުންގެ އާއިލާއިން އަނިޔާވެރިއޭބުނެދާނެ. އެކަމަކު އަހަރެމެން ރައްޔިތުންނަށް އަނިޔާވެރިއެކޭ ނުބުނެވޭނެ. ފައިސާހޯދުމަށް އަމިއްލައަށްމަސައްކަތް ކުރަންވީ. ވަޒީފާތައް ބައިވަރު. އެންމެނަކަށް ނުލިބޭނެ މިނިސްޓަރު ކަމެއް. އެމީހެއގެ އިލްމާތަޖުރިބާއިން ވަޒީފާލިބޭނީ. މިއީ ވެރިމީހާބޮލުގަ ވަގު ބަދުނާމު އަޅުވަން ވީ ކަމެއްނުން.

  • އިބްރާ

   ރަނގަޅު ވާހަކަކޮޅެއް

 2. އަލިފުޅު

  އަވަހަށް ބަލާ ކޮން ނުލަފާ ބަޔަކު ކުރި ކަމެއްތޯ މިއީ. 4 ލައްކަ މީހުން އދ މެދުވެރިކޮށް މަރަން ވެގެން ނުލަފާ ބަޔަކު ކުރިކަމަކަށް ވާނީ

 3. ތިމަންނަ

  އޮހޮހޯ! ރާއްޖޭގެ ކަންތައްތަކުގެ ތެރެއަށް ޖަޕާނަށް ވަދެވޭނެ މަގެއްފަހިކުރަނީ...

  • ޅޮލލ

   ލޮލް އިސް އާލް އައި ކެން ސޭ

 4. އަހްމަދު

  ގަބޫލެއްނުކުރަނަން...ޕީޕީއެމްގެ ލީޑަރުން ބުނީމަ ގަބޫލްކުރާނީ...

 5. ރިޒާ

  ރިހޭފައިމައްޗަށް ފޮއި

 6. ވިލުފުށި

  މިފަދަ ކަންކަން ހިގީމަ މިސަރުކާރުން ހައްލުކުރަން މަސައްކަތްކުތާނެ. މިފަދަ ތަފާތު އެތައްކަމެއް ދުނިޔެ މިހެން ދެމިގެންދާއިރު ފެންނާނެ. ހައްލުކުރުން އޮތްގޮތަކީ

 7. ހަސަނު

  އެ އުޅެނީ މިގައުމަށް ތެޔޮ އެތެރެކުރުން ހުއްޓުވަން.

 8. އެދުރުބެ

  ހާދަ އަވަހަކަށް ކޮށްފި ކަމަށް ތި ނިންމީ.. ތީ ކޮން ބޯޓެއް. ކުންފުނީގެ މެނޭޖްމަންޓް އެއީ ކޮން ބައެއް؟ ކޮބާ އިނވެސޓިގޭޓިވް ޖާނަލިޒަމް؟ ތިޔޭ ގޯސްވާ ގޮތަކަީ. ކަމުގެ އަްލު ބެލުމެއްނެތި ހުކުން އިއްވީ ކުއްވެރިޔެއް ކަމަށް...

 9. ލައިލާ

  ލައިލާއަށް ވަރަށް ސަލާމް.

 10. އެހަނދާން.

  ބައެއްގައުމުތަކަށް ދަތުރުކުރުމުގެ ފަސޭހައަކަށްޓަކައި ބޭރުގައުމުތަކުގެ ބޯޓް ފަހަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވޭ. ނާސިރު ދައުރުގައި ރާއްޖޭގެ ޝިޕިންގލައިން ދުނިޔޭގައި މަޝްހޫރު ކުރމަށްޓަކައި މިފަދަ ބޯޓްތައް ރަޖިސްޓަރީކޮށްގެން އެމްއެސްެއެލްގެ ނަމުގައި 99ބޯޓް އޮތް. މޭސްތިރިއަކީ މަރުހޫމް ކޮލިއަލިމަނިކު. އެދައުރުތައްނިމި މީގެ ތެރެއިން ގިނަބޯޓްތައް މިފްލީޓުން ވަކިވުމުން އެމްއެސްއެލް ބަނގުރޫޓްވެ ނިނިދިޔައީ.

 11. ޙުސެން

  ތިނަން ބެލީމާ އެނގެނީ ނޯރތް ކޮރެއާ އަށް ޗައިނާއިން ސަޕްލައި ކުރާ ޗައިނާބޯޓެއްކަމެވެ. ތިވެސް ޔާގުންޑާގެ ވަގު ވިޔަފާރީގެ ބަޔެކެވެ.

 12. ސީލާދެން

  ޖަޕާނުން ބުންޏަސް އެއީ ރާއްޖޭގެ ބޯޓެއް ނޫން ކަން ޓްރާންސްޕޯރޓް މިނިސްޓްރީން ބުނުމުން ދެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސް ކެވިފައޭ މަމެން ބުނަން ނެތީމު ދޯ. ރަންރީނދޫ ޓްވިޓަރޭ ތަމެން ދެން ސީލަބަލަ. ސީލާ ދެން.