ހުޅުމާލޭގައި ރޭ ހިނގި މާރާމާރީގައި ބޮލަށް ވަޅިހަރައި ޒަހަމްކޮށްލި ޒުވާނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އިތުރު ފަރުވާ ދިނުމަށް އާއިލާގެ އެދުމުގެ މަތިން އެ ޒުވާނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނަކަށެވެ. އެ ޒުވާނާ ރޭ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 21:30 ހާއިރުއެވެ.

އެ އޮފިޝަލް ވިދާޅުވީ، އެ ޒުވާނާގެ އެތެރެހަށިން ލޭ އައިސްފައިވާ ކަމަށާއި، ޓްރީޓޮޕަށް ބަދަލުކުރުމުގެ ކުރިން އިންޓިއުބޭޓް ކޮށްފައިވާ ކަމަށެވެ.

ފަހަކަށް އައިސް ހުޅުމާލޭގައި މާރާމާރީތައް ވަނީ އިތުރުވެފައެވެ. މާރާމާރީތައް އިތުރުވުމުން ހުޅުމާލޭގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޭކުބެ

    ރޭގަ ނޫހުގަ އޮތް ހާލުރަނގަޅޭ.ގޯސްވީތަ؟

  2. ޙހހ

    މާދަމާ އިވޭނީ ނިޔާވެއްޖެ ކަންނޭގެ ހާދަ ދެރަކަމެކޭ ކީއްވެތަ މިމީހުން މައިތިރި ނުކުރެވެނީ ބިޔަބޮޑަތި މަސައްކަތްތައް ބަހައްޓާފަވެސް މިކަން ކޮށްބަލަ ދެންކިހިނެއް އަނެއް30000. ހަމަކުރާނީ

    • ލީނާ

      ރަންގަޅު ވާހަކައެއް...ކޮބައިހޭ މިދަރިންގެ މައިންބަފައިން...ނުބެލޭ ހާލުގަ ދަރިންނުހޯދާށޭ!!!