ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅުވަން ޔާމީން ވައުދުވެއްޖެ

ދެން ވެރިކަމަށް އާދެވިއްޖެނަމަ އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅުވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެއްޖެއެވެ. ހުޅުމީދޫއަކީ އައްޑޫގެ އެހެން ރަށްތަކާއި ވަކިން އޮންނަ މީހުން ދިރިއުޅޭ ހަމައެކަނި ރަށެވެ. އައްޑޫގައި ބުރިޖެއް އަޅަން ރައީސް ޔާމީން ވައުދުވީ އެމަނިކުފާނު އައްޑޫ ސީޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެން މިއަދު ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނެވެ. "މި ބުރިޖު އިރާދަކުރެވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެޅިގެންދާނެ. އެކަމަކު އެއާ އެކީވެސް … Continue reading ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅުވަން ޔާމީން ވައުދުވެއްޖެ