ރޭ ހައްޔަރު ކުރި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ދޫކޮށްލައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ބާއްވަމުންދާ އެއްވުންތަކުގެ ތެރެއިން އެއްވުމެއްގައި ހައްޔަރު ކުރި ފަލާހު ރާއްޖެ ޓީވީއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޭނާ ދޫކޮށްލީ ރޭ 1:15 ހާއިރު ކަމަށެވެ.

އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަގުމައްޗައް ނިކުމެ އިހުތިޖާޖު ކުރުމާއި ޓްރެފިކަށް އުނދަގޫ ކުރި ކަމުގެ ތުހުމަތުގައެވެ.

އިދިކޮޅުން ކޮންމެ ރެއަކު ބާއްވާ އިހުތިޖާޖުތަކުގެ ތެރެއިން ރޭ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވެސް ހައްޔަރު ކުރިއެވެ. މިހާރު އެބޭފުޅުންވެސް ދޫކޮށްލާފައިވާއިރު ފަލާހުގެ އިތުރުން އެ ތިން ބޭފުޅުންވެސް މިރޭ ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސައިން

    މިމީހުން ދޫކުރާކަނުވާނެ މި ޤައުމު ހަލާކުރާބަޔަކަށް މާފުކުރުމަކީ މިޤައުމު އިތުރައް ހަލާކުގެ ތެރެޔަ ވައްޓާލުން