އިތުރު ކޮރެއާގެ ބޯޓަކަށް މުދާ އެރުވި ކަމަށް ބުނާ ރާއްޖޭގެ ދިދަ ޖަހާފައިވާ ޓޭންކަރަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރެޖިސްޓްރީ އޮތް އުޅަނދެއް ނޫން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އިއްޔެ ބުނެފައިވާ ގޮތުގައި މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ދިވެހި ރާއްޖޭގެ ދިދަ ޖެހި ޓޭންކަރަކުން ގާނޫނާ ހިލާފަށް އުތުރު ކޮރެއާއަށް ނިސްބަތްވާ އުޅަނދަކަށް ބައިނަލު އަގުވާމީ ކަނޑުގައި މުދާތަކެއް ވަނީ އަރުވާފައެވެ.

މިކަމާ ގުޅިގެން މިއަދު ޓްރާންސްޕޯޓު އޮތޯރިޓީއިން ނެރުނު ބަޔާނުގައި ވިދާޅުވީ "ޒިން ޔުއާން 18" އުޅަނދަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގެ ރެޖިސްޓްރީ އޮތް އުޅަނދެއް ނޫން ކަމަށާއި، ދިވެހި ރާއްޖެއަކީ ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އުޅަނދުފަހަރު ރާއްޖެއިން ބޭރުގައި ދުއްވުމަށް ރާއްޖޭގައި ރެޖިސްޓްރީ ކުރުމަށް ފުރުސަތު ދޭ ގައުމެއް ނޫން ކަމަށެވެ. އެހެން ކަމުން އެ އުޅަނދުގައި ދިވެހި ދިދަ ބޭނުން ކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއްވެސް ނެތް ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވިދާޅުވީ "މިފަދަ ދޮގު މައުލޫމާތުތައް ހަގީގަތް އޮޅޭގޮތަށް މީޑިއާތަކުގައި ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް" އިލްތިމާސް ކުރާ ކަމަށެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އެގައުމުގެ އުޅަނދުތަކާ އެކު ކަނޑުމަތީ މުއާމަލާތްކުރުމަކީ މަނާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    މިއީ ނަޝީދު ސަރަހައްދީ ހަމަނުޖެހުން ގެންނަން ކުރާ މަސައްކަތުގެ ކަމެއް. ކިހާ ބޮޑު ބަލާެއެއްދެން މިނަޝީދު އާއި ހެދި.

  2. މޮޔަ ސޮރު

    އެއީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް. މި ޒަމާނަކު އޮޅުވައެއް ނުލެވޭނެ. ވެސެލް ޓްރެކާއިން އެ އޮތޯ ބޯޓުގެ މިހާރުގެ ލޮކޭޝަން އާއި ތަފްސީލް އިގެން.

  3. ރޮކްސްޓަރ

    ނޯތް ކޮރެޔާގެ ބޯޓަކާއި ރާއްޖޭގެ ބޯޓަކާއި އިންޓަރނޭޝަނަލް ވޯޓަރ ގައި އޮވެގެން ވަގު ވިޔަފާރި ކުރާ ކަމަށް އެމެން ރަންރީނދޫ ޓްވިޓަރޭ މެން ގެ ޕްރޮޕެގެންޑާ ފަތުރާ ދަ ރަނޑު ފަންކާ ހިންގާ ޓީވީން ރަނޑު ދަ ހޯކްސް ޚަބަރު ފެތުރި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ. ހެއި ހެއި ހެއި މަމެން ޕިންކީން އެކަމާިއ ކުޑަ ވެސް ވޮރީ ނުވެއޭ ޖަޕާނުން ބުނި ނަމަވެސް އެއީ ރާއްޖޭގެ ބޯޓެއް ނޫނޭ ރަންރީނދޫ ޓްވިޓަރޭ މެން ޖަޕާނުގެ ބަސް ބޭނުން ކޮށް ގެން ރޮކް ސްޓަރ އަކަށް ވާން ނޫޅުނިއްޔާ މާ ބޮޑަށް ތާހިރު ވާނެ އެއް ނޫންތޭ. ތަތަތާތާތާ ތަތަތަތާތާތާ އައި ހޭވް ބީން ލުކިންގް ފޯރ ދަ ފީލިންގް އޮފް ދަ ހާކިމާ މަމެން މީ ދަ ހާކިމާއިންނޭ ދަ ހާކިމާއިންނޭ މާމަ އިޒް ސޭއިންގް ވީ ދަ ހާކިމާ އިޒް ލުކިންގް ލައިކް އަ ރޮކް ސްޓަރ. އައި އޭމް ހެވިންގް ދަ ފީލިންގް އޮފް ދަ ހާކިމާ ލިވިންގް ލައިކް އަ ރޮކް ސްޓާރ ރޮކް ސްޓާރ ރޮކް ސްޓާރ..

  4. ރުޒާނާ ޗޮއްޕަޓު

    ތީ މި ގައުމުގަ މިއުޅޭ ޣައްދާރުން ފޫގަޅިމުންޑުމޯދީ އާ ގުޅިގެން ހިންގާ ޖަރީމާ. މި ދެން ކިހާ ބޮޑު ބަލާއެއް.

  5. ސައިމަން

    ތި ހަމަ އެކިޔާ ތެލުގެ ވަގު ވިޔަފާރި ކުރާ ރާއްޖޭގެ ބޮޑުވަގު ކަމެއް.

  6. ޝަރީފައިދީ / އައްޑޫސިޓީ

    މިތިބަ ނުބައި ފާސިޤުން ހިންގަ ޖަރީމާތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ހާމަކޮށް ބޭޒަރުކުރައްވއިރުވެސް އަދިވެސް ބިރުވެތިވާކަށް ނުވޭބާއެވެ!