ޝަރުޢީ ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ބޭނުންކޮށްގެން އެފަރާތްތައް ކުރިއަށް ނެރެ ޝަހްސު އޮޅޭގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ޤާނޫނުތަކާ ޤަވައިދާ ހިލާފު އަމަލުތަކެއްކަން ފާހަގަ ކުރެވިފައިވާތީ ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދާ ހިލާފަށް އެއްވެސް ފަރާތަކުން އެފަދަ ހަރަކާތްތައް ނުހިންގުމަށް އިލްތިމާސް ކުރާކަމަށާއި އަދި މިފަދަ އަމަލުތަކާ ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މައްސަލަތައް ބަލައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ފުލުހުން މިއިންޒާރު ދިނީ ދެންމެ ނެރުއްވި ބަޔާނެއްގައެވެ.
ފުލުހުން ވިދާޅުވީ މިހާރަކަށް އައިސް ޝަރުޢީ ޙުކުމްތައް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ނަމުގައި ސިޔާސީ ޕާޓީތަކުންނާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެފަރާތްތަކުގެ ފޮޓޯ އާއި މައުލޫމާތު ހިމެނޭ ގޮތައް ތާޢީދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓްކޮށް ޤާނޫނާއި ޤަވައިދާއި ހިލާފަށް ހަރަކާތްތައް ހިންގަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ގައިދީން ޕްރޮމޯޓް ކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފައި މިވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގައި ޖަލު ޙުކުމެއްގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވާ ތަފާތު މެސެޖްތައް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެބޭފުޅުން ދައްކާ ވާހަކަފުޅުތައް މީޑިއާތަކުގައި ވެސް ގެނެސްދެމުން ގެންދެއެވެ.
ގައިދީންގެ ވާހަކަތައް މީޑިއާތަކުން ގެނެސްދޭނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެ ކުރިން ވެސް ދައުލަތުގެ އެކި މުއައްސަސާތަކުން ވަނީ ދީފައެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކާއި މެދު މިކަމާއި ގުޅިގެން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ސާބަހޭ ދިވެހި ފުލުހުން
ވަރަށްރަނގަޅު ކަމެއް
ކުދިންނޭ ކިތަންމެ ތި އެއްޗެއް ނުވެއްޓޭނެ ކަމަށް ހީކޮއް ކިތަންމެ ބާރަށް ތި އެތީގައި ކޮނޑު ވިއްދިއަސް މިހާރު މިއޮތީ އަރި އަލާލާފައެވެ. ދެނެއް ހިފެހެއްޓޭ އެއްވެސް ގޮތެއް ނެތެވެ. ﷲ ގެ ވާގިފުޅާއި އެކު މިކަން ރައްޔިތުން ނިންމާނެއެވެ.
އަވަހަށް ފިޔަވަޅު އަޅަންވީ. އެއުޅެނީ ސަރުކާރަކީ ގޮނޑިކޮއްކޮއަކަށް ހަދައިގެން! ބޮޑެތި ޓެރަރިސްޓުން ޕްރޮމޯޓު ކޮށްކޮށްފަ!
ފިޔަވަޅު އަޅާއަޅާ ފައިން ފޫވެއްޓުނަސް ވާނެކަމެއްނެތް.
މާ ލަސްވެސް ވެއްޖެ.
މައްސަލައަކީ ތީތާ ކޮނަމެފަހަރަކުވެސް އިންޒާރު ތިހެންބުނޭ ބައެއްމީހުން ޖަހާފަ ވައްޓާލީމަ ތެދުވެ ވެލިފޮޅާލާފަ ބުނާނެ ދެންޖަހާބަލާށޭ މިގޮތށްމިވަނީ
ކޮންއިރަކުންތޯ ތިޔަވިދާޅުވާ ފިޔަވަޅު އަޅުއްވަނީ ކޮނަމެފަހަރަކުވެސް އިންޒާރު މީފަހެ ދެންއަޖައިބެއްނު ފިޔަވަޅު އަޅަން ނުކެރެނީތަ؟
ހަމަ އަޅަންވީ
ގައިދީން ތިބޭނީޖަލުގާ ......ަަަަރަަސަރުކާރުހިންގާނީ.ރައީސުލްޖުމްހޫރިއްޔާ
މިގައުމު ސަލާމަތް އޮތީ ދިވެހި ފުލުހުންނާ ސިފައިންގެ އަތްމަތީގަ. އާއްމުންގެ ގިނަ މީހުނަކީ ގައުމުގެ ދުޝްމަނުންނަށް ބައިއަތު ހިފައިގެން ތިބި ބައެއް.