އިދިކޮޅު ލީޑަރުންގެ ފޮޓޯތައް ނައްޓަން ދިމާ ކުރުމަކީ ސަރުކާރުން ބަލި ގަބޫލުކުރުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު، ފުލުހުން މިއަދު ވަނީ ޝަރުޢީ ޙުކުމްތައް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ނަމުގައި ސިޔާސީ ޕާޓީތަކުންނާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެފަރާތްތަކުގެ ފޮޓޯ އާއި މައުލޫމާތު ހިމެނޭ ގޮތައް ތާޢީދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓްކޮށް ޤާނޫނާއި ޤަވައިދާއި ހިލާފަށް ހަރަކާތްތައް ހިންގަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިފަދަ އަމަލުތަކާ ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މައްސަލަތައް ބަލައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

މިކަމާ ގުޅިގެން އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ ފޮޓޯތައް ވަރަށް ގިނަވާނެ ކަމަށާއި ފުލުހުން އެ ފޮޓޯތައް ނައްޓަން ދިމާކޮށްފިނަމަ އޭގެ މާނައަކީ މިހާރު ވެސް ސަރުކާރުން ބަލި ގަބޫލުކުރުން ކަމަށެވެ.

ގައިދީން ޕްރޮމޯޓް ކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފައި މިވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގައި ޖަލު ޙުކުމެއްގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވާ ތަފާތު މެސެޖްތައް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެބޭފުޅުން ދައްކާ ވާހަކަފުޅުތައް މީޑިއާތަކުގައި ވެސް ގެނެސްދެމުން ގެންދެއެވެ.

ގައިދީންގެ ވާހަކަތައް މީޑިއާތަކުން ގެނެސްދޭނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެ ކުރިން ވެސް ދައުލަތުގެ އެކި މުއައްސަސާތަކުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ފާގަ

    އަދި ކިރިޔާ މި އިނގުނީ އިބޫ ހަތަރެސްފައިގަ ވާ ޖަހައިގެން އުޅެނީ ނަޝީދު އެކަންޏެއްނޫން. އިބޫގެ ހަތަރެސް ފައިގެ 4 ޕާޓީން، އެމް.ޑީ.ޕީ، ޖޭޕީ، އަދާލަތު، މައުމޫން ފެކްޝަން. 4 ޕާޓީން މައްސަލަ ޖެހިގެން ވަލަށް ދަމާލާއިފިއްޔާ އިބޫ އަށް ވާނެގޮތް ވިސްނާ. އެވަރު މީހަކަށް ވޯޓު ދޭނީ ކިހިނެއް

  2. ރާފު

    ވާހަކަ ދެއްކޭ ގޮތަށް މި އަގެއްނެތް އަގައިގަަ އެބަ ޖެހޭ ތަޅެއްލާން. މީނަ ކިޔެވޫ ގާނޫނޯ...އެކަމަކު ފާޅުގަ ގާނޫނާ ޚިލާފު އަމަލުތަކަށް ހިތްވަރު ދޭ މީހެއް މީ.

  3. Sinditha

    ޤާނޫނީ ވަކީލަކަށް ހުރެ މި ބުނަނީ ކުއްވެރިންގެ ފޮޓޯޖަހާ ޕްރޮމޯޓްކުރެވޭނެއޭ މިހާރު ޝައްކު އަލީ ހުސެއިން އަތުގައޮތް ސަނަދާ ދޭތެރޭ. ނާފަހެ ޤާނޫނުގަ ހުދާ ކަޅުން ލިޔެފަ އޮތްއިރުވެސް މިބުނަނީ އޭއްޗެކޭ މީއްޗެކޭ. ފޮޓޯއިން ކެއްކޭނޭ ރިހައެއް އިދިކޮޅުގަ ތިބި މީހުންނަކަށް ނެތް ދެން ފިއްތާލާ

  4. އަލީ

    އަލީ ހުސައިން ތިބުނީ ހަމަ ތެދެއް. ފިނޑި ސަރުކާރެއްމީ އިނގޭ

    • ވަލީދު

      ޤާނޫނީ ވަކީލަކަށް ހުރެ މި ބުނަނީ ކުއްވެރިންގެ ފޮޓޯޖަހާ ޕްރޮމޯޓްކުރެވޭނެއޭ . ހާދަ އަހުލާގެއް ވެސް ނެތޭ

  5. ނުރަބޯ

    އަލިބެ އަކީ މަސްކަނޑަންވެސް ސާބިތުވެ ނުހުރެވުނުމީހެއް. އެތާގައިވެސް އޭނާކުޅުނީ ޑްރާމާ. ދެން އަލިބެ އުޑުގައިޖެހިފައި ބިމުގައި ޖެހުނަސް ކުށްވެރިން އިސްތިހާރެއް ނުކުރެވޭނެ. އެއީ ގާނޫނާ ޚިލާފުކަމެއް.

  6. އަހުމަދު/ކެންދޫ

    މިކަލޭގެ ފިތުނަވެރިކަން އިންތިހާއަށް ހިގައްޖެ މިކަލޭގެ އެމްޑީޕީ ޕުރޮމޯޓް ކުރަމުން މި ދުވެނަގަނީ ކޮންއެއްޗެއް މަދުވެގެން ބާއޭ ހިތައްއަރާ އަލީ ކަލޭ ހަނދާން ކޮއްބަލަ ކަލޭ ކެންދޫ ރައްޔަތުން ކައިރީ ވީ ވައުދު ފުރަތަމަ ވައުދު ފުއްދާފަ ހޯބޯލަވާބަލަ ވައުދެއްކޮށްފިނަމަ އެވައުދެއް ނުފުއްދުމަކީ ތިޔަ ގާނޫނީ ވަކީލުގެއުފަލެއްތަ؟

  7. ދީވާނާ

    ކޮންއިރަކުތޯ އެމްޑީޕީއިން ގާނޫންކަަށް ގަވާއިދަކަށް ހުރުމަތްތެރިކޮށް ހިތީ. މާރިޔާވެސް މަޖިލިސްތެރޭގައި ގާނޫނު އަސާސީ މައްޗަށް ފައިން އަރައިގެން ހުރި މަންޒަރު މިހާރުވެސް އެހުރީ ފެންނަން. އެއީ އިބޫގެ ތަރުޖަމާނޯ. ދެންހުރީ ހުސްނޫނު. ޢަލީ ހުސެއިން . އިންތި. ޥެލިޒިނީ. ހިސާން. މި މީހުންނަކީ ނުރައްކާތެރި ބައެއް؟

  8. ރާޅު ބޯއީ

    އިދިކޮޅު ކެންޑިޑޭޓާ ރމ. ފޮޓޯ ހަރުކުރީމަވީ. ގައިދީންތަކެއް ނުޖެހެ ޕްރޮމޯޓް.ކުރާކަށް. އަލީ ހުސޭނާ ކަލޭ ހަމަތަ.

  9. ޚާގަ

    ޖެއްސުންނުކުރެވޭތާ ގިނަ ދުވަސްވީ ދޯ. މިވެރިން މީއަންގަ ގޮއްވަންްއުޅޭބައެއް.

  10. މޯޖޯ

    އައްޔާ ކަލޭގެއަތުގައި އޮންނަނީ ޤާނޫނީ ވަކީލުކަމުގެ އަޞްލު ސެޓްފިކެޓެއްތަ؟ ނޫނީ ފޭކެއްތަ؟ ކަލޭގެ ތިހިރަ މާނަ ކުރުންތައް ހުންނަގޮތުން ވަރަށް ޝައްކު!

  11. ދިވެހިމީހާ

    މީހުންގެ ގެދޮރުގަ ކަލޭމެންބޭނުން ފޮޓޯއެއްޖެހޭތަ އަމިއްލަގެދޮރުގަ ޖްހާބަ...............

  12. ސުރައްޔާ

    މިކަލޭގެ ހުންނަނީ ވަރަށް ލަދުގެންފަ ބ އަތޮޅުނ ފަހަލީމަ!

  13. ރޮންދާ

    އައްޔާ ތީތިވެސް ކަޑައޭ..ޤާނޫނާއި ޚިލާފުކަންކަން ކުރަން ހިތްވަރުދިނުމަކީ ބިމުގައި ފަސާދަ ކުރުން! އައްޔައާއި މެދު ފިޔަވަޅު އަޅަންޖެހޭ!

  14. ކާފަ

    ޖަލުގައިތިބި ކުއްވެރިންގެ ފޮޓޯ ފާރުަގަ ހަރުކުރަމުން ދަނީ ކާކުކައިރިން ހުއްދަ ހޯދައިގެންތޯ ސުވާލް މިކުރަނީ ގައިދީންގެ ފޮޓޯ ކަލޭ އަމިއްލަ ގޭގެ ފާރުގަ ހަރުކޮއްބަލަ އޭރުން ނުނައްޓާނެ މީނާ ކިޔަވައިގެން މިހިރީ ގާނޫނުގެ ބަނޑޭރިގަނޑު

  15. އަހުމަދު

    އަލީހުސޭނު ގުރޫފެއްފޮނުވާގެން ހުޅުމާލޭގައި ރެޑްވޭވު ކާރީގަ ޕީޕީއެމުންހަރުކޮށްފައި ހުރި ބޯޑްގައި ގައުމާއިއިދިކޮޅު ގައިދީންގެފޮޓޯޖެހީ
    މަސްލަހަތުނަގާލުމަށްށެވެ ވޯޓްތަފާތުބޮޑްކޮށްބާލިވާނެކަން
    ޔަގީންވެގެންނެވެ.

  16. ސާހީ

    އަލީ ޙުސައިން ކަލޭ އަތޮޅުގެ ރައްޔިތުންނަށް އަޅާ ނުލާ ކޮން އަނގައެއް.
    ކަލޭދެން ހީކުރަނީ މިބުރުކަލެއަށް ވޯޓް ދޭނެކަމަށްތަ؟