ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހުންނެވި ފަޅިއެއް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފި އެވެ.

މަހުލޫފް މިހެން ވިދާޅުވެފައިވާއިރު ސްރީލަންކާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވަނީ ރައީސް އަބްދުﷲ ޔާމީން އަށް ފާޑު ވިދާޅުވެފައެވެ. ރައީސް ޔާމީން އަށް ފާޑުވިދާޅުވި ނަމަވެސް ދުންޔާ ވަނީ މި ސަރުކާރުން ގައުމުގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުންތަކެއް ގެންނަވައި، ރާއްޖެއަށް ގިނަ އިންވެސްޓަރުން ވެސް ގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ.

ދުންޔާގެ މި ވާހަކަތަކާ ގުޅިގެން މަހުލޫފް ވިދާޅުވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވިއިރު އިދިކޮޅަށް ތާއިދު ނުކުރައްވާނެ ކަމަށާއި ހަމައެކަނި މަސައްކަތް ކުރައްވާނީ ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ކަމަށް ދުންޔާ ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުން ދުންޔާ މިހާރު ހުންނެވީ ކޮން ފަޅިއެއްގައިކަން ރައްޔިތުންނަށާއި އިދިކޮޅު ކޯލިޝަނަށް ސާފުކޮށްދިނުމަށް މަހުލޫފް ވަނީ ގޮވާލައްވާފައެވެ.

ލަންކާގެ ޓީވީ ޗެނަލަށް ދެއްވި އެ އިންޓަވިއުގައި ދުންޔާ ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ގައުމަށް ދިމާވެފައި ހުރި ބައެއް ކަންކަން ހައްލުކޮށްދެއްވި ކަމަށާއި ނަމަވެސް ސިޔާސީ ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި އެމަނިކުފާނު ފެއިލްވެފައިވާ ކަމަށެވެ. އަދި ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައިވެސް ފެއިލްވެފައިވާކަމަށް ދުންޔާ ވިދާޅުވިއެވެ.

އަދި އަންނަ ރިޔާސީ އިންތިހާބުގައި އޭނާ ތާއިދް ކުރައްވާނީ އިދިކޮޅު ފަރާތްތަކުން ނެރޭ ކެންޑިޑޭޓް އިބްރާހިމް މުަހައްމަދު ސޯލިހް (އިބޫ) އަށާއި، އެމަނިކުފާނުގެ ރަނިންގ މޭޓް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމަށް ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

"އަހަރެން އިބޫ އަށާއި، ފައިސަލްއަށް މަރުހަބާ ދަންނަވަން. އެއީ ވަރަށް ވަރުގަަދަ ޓީމެއް. ރާއްޖޭގެ ރައްޔިތުންނަށް އެ މީހުން ދަނީ ބޮޑެތި މައްސަލަތަކުގައި ރަނގަޅުކޮށްދެއްވާނެކަމަށް ވިދާޅުވަމުން. އަހަރެން ގަބޫލުކުރާގޮތުގައި، އިބޫއަށް ބައިބައި ވެފައި މިއޮތް ރާއްޖޭގެ ރައްޔިތުން ގުޅުވުމަށް މަސައްކަތް ކުރާނެ. ". ދުންޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ދުންޔާ

    މަހޭއަށް ބުނެދޭކަށް ކޮންމެހެން ނުޖެހޭނެ

  2. ނަސީމު

    މަހޭ މާބޮޑައް ކަމުދިޔައީތޯ ކަލެއަށް ހަމަ ސާބަސް އަނެއްކާ ވަރިފަށައްނާރާތި ސާބަސް ސާބަސް ތިހިރަ ސޮރެއްތާދޯ

  3. ހުސޭނުބޭ

    އަނެއްކާ ދުންޔާ ހުސްތޯ ބަލަނީތަ؟

  4. އަބްދުއްލާ

    އެއްވެސް މީހަކު ހުންނަންޖެހޭ ފަޅިއެއް ވޯޓް ލާނެހޭމީހަކު އަނެކަކުގާތު ބުނެދޭކަށް ނުޖެހޭނެ. ވޯޓް ދޭންވާނީ ތިމާގެ އަމިއްލަ ފައިދާއަށްވުރެ ގައުމުގެ މަސްލަހަތާ ގައުމުގެ ތަރައްގީއަށް އިސްކަންދީގެން .ތިމާގެ އަމިއްލަ ތަރައްގީ ލިބިގެންދާނީ ގައުމު ގެ ތަރައްގީ ކުރިއަރަމުންދާ ދިއުމާ ގުޅިފާކަން ހަނދުމަ ބަހައްޓަވާ.

  5. Anonymous

    މަހުލޫޓުއާ ބެހޭކަމެއްނޫން

  6. ދުނިޔާ

    ނުޖެހޭ ބުނާކައް.

  7. ދުނިޔާ

    ތާއީދު ކުރަނީ ބޮޑުބޭބެއައް. ސާފުވެއްޖެތަ. މަހުލޫޓު

  8. އަފޫ ލެވަޓަން

    ދުންޔާ ގެ ބައްޕާފުޅު ހަތްޔަރު ކުރީމަ އެކަމާ ހިތްހަމަނުޖެހިގެން ސަރުކާރާ އިދިކޮޅު ފަރާތް ތަކައް ތާއީދުކުރާ ކަން ހާމަކުރިޔަސް ބައްޕާފުޅު ދޫކްލާއިރަށް ސަރުކާރއް ތާއީދު ކުރާނެ ކަންޔަގީން..................

  9. ނާ

    ކަލެއަށް ކީއްދޯ.

  10. ސްކޯރޕިއަން

    ދުންޔާއަށް މިވަޤުތު ހުރެވޭނީ ކޮންފަޅިއެއްގައި ކަން ނޭގޭނީ ކާކަށްބާ؟ ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ބައްޕާފުޅާ ކޮއްކޮ އަށް ލިބޭ ހިތްދަތިކަން އިޙްސާސް ކުރެވޭނެ! އެހެންނަމަވެސް ޙާލަތު ތަންދޭ ގޮތުން ޒަމީރާ ދެކޮޅަށް ބައެއްފަހަރު ހަގުރާމަ ކުރަން ޖެހިދާނެ.

    • މަގޭޚިޔާލު

      މާނައަކީ (މިނިސްޓަރ) ޒަމީރާ ދެކޮޅަށޭ މިހާރު އެހުންނެވީ؟ އެހެންތޯ؟

  11. ބަރުގޮނު

    ތަސްމީނުމެން ޖަލްސާއެއްގައި ތިއްބަވަނިކޮށް ބޮޑު ބައިގަޑެއް ގޮވައިގެން މަޚްލޫފް އެތަނަށް ވަންނަވާ އަޑުގަދަ ކުރައްވާ ބިއްލޫރި މޭޒެއް ތަޅާލެއްވި ސަބަބުވެސް ރަޢިއްޔަތުންނަށް ސާފު ކޮށްދެއްވާ...

  12. ނުކިޔަވާބޫ

    އެފަޅި ބުންޏަސް ވަގުތުމީހުން އެކޮމެންޓެއް ނުޖަހާނެ، ކަލޭ ބެގަރާރުވެގެން ވަކަރުގޭ ދަރިއެއްހެން އުޅުނަސް ވާނެ އެއްކަމެއްވެސް ނޯންނާނެ

  13. ނަޖްވާ

    އަހަރެންގެ ތާއީދުވެސް އިބޫ އަށާ ފައިސަލަށޭ ބުނެވޭނީ އިނގޭ! އެއީ ކޮރަޕްސަނަށް ހަމަ އާނއެކޭ ބުނެވެން ނެތަތީވެ، މި ގޮތަށް މި ބުނެލީ! އަނހާ އެ ބޭންކަކަށް ވައްދައިގެން އުޅޭ އެއް މިލޔަން ޑޮލަރަށް ވީ ގޮެތެއް އަދި އަދަށްވެސް އެނގުނު މީހަކު ހުރި ކަމަކަށް ނުވޭ! މީހުންނަށް މިލިޔަން ޑޮަލަރުން ހަދިޔާ ދޭތަ؟ މި އުޅެނީ އުޅޭ އޮފީހަށް ގެސްޓަކު ގަލަމެއް ދިނަސް އެކަން ޑިކްލެޔަރ ކުރަން ޖެހޭ ހިސާބުގަ! ދެން ކޮބާ އަދި މިލިޔަނެއްހާ ޑޮލަރު ބޭންކަ އެކައުންޓަށް ވަނީމަ، ރައްޔިތުންނަށް ކުރަން ޖެހޭ ޑިކްލަރޭސަން!

  14. ޤާދިރު

    ދުންޔާ، ޔުމުނާ، ޤައްސާން، މައުމޫނު، ނަސްރީނާ، ފާރިސް ވޯޓުލާނީ ޔާމީނަށް. މިހާރު ތިބި ފަޅި އެނގޭނެކަމަށް އުއްމީދު ކުރަން..

  15. ކުޑަބެ އަހުމަދު

    މަހޭ ނެތިދާށޭ މިގައުމުން ނެތިދާށެ ކަލޭގެ ފަޅިޔަކީ ލާދީނީ ފަޅި ދުންޔާގެ ފަޅިޔަކީވެސް ލާދީނީ ފާޅި އިތުރަށް ސާފުކުރން ބޭނުންތޯ ހިތްހަމަޖެހިއްޖެތޯ ހިތްހަމަޖެހިއްޖެތޯ ބޭފުޅާ.

  16. ނަސިޔާ

    މަހުލޫފޫ ކަލޭ ތީދެން ކާކު ދުންޔާ ހުރިފަޅިއެއް ބަލަން.... ކަލޭ ދެފައި ނުބާނާ އެއްކަމެއްވެސް މިގައުމުގަ ނެތް... ކަލޭ ވައިފް ކައިރިއަށް އަރާ އޮވެބަ ބަލާ ބަލާބޮޑުނުކޮށް.