ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަޅަމުން އަންނަ ރަންވޭގެ ބޮޑު ރީތި ފޮޓޯއެއް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދައްކާލައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ޓްވިޓާގައި އާންމު ކުރި ފޮޓޯ އިން ނިމެން ކައިރިވެފައިވާ ބޮޑު ރަންވޭ ވަރަށް ރީއްޗަށް ފެނެއެވެ.

އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށް ހަދާ ރަންވޭ މިމަހުގެ 30 ވަނަ ދުވަހު ނިންމަން ވަނީ އަމާޒު ހިފާފައެވެ. އެއާބަސް އޭ 380 އަކީ މިހާރު ދުނިޔޭގައި ދުއްވާ އެންމެ ބޮޑެތި ފްލަައިޓެވެ.

އާ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތްތަކާއި ރަންވޭގެ ލައިޓް ހަރުކުރުމާއި އެ ނޫން ވެސް ހުރިހާ މަސައްކަތެއް އޮގަސްޓް 30 އަށް ނިންމާނެއެވެ. އޭގެ ފަހުން ސެޕްޓެމްބަރު މަހު ޓެސްޓް ފްލައިޓް ޖައްސަން ފަށަން ވަނީ ނިންމާފައެވެ. ރަންވޭ ހުޅުވާލުމަށް ހަމަޖެހިފައި ވަނީ ވަރަށް ގިނަ ޓެސްޓް ފްލައިޓްތައް ޖެއްސުމަށް ފަހުއެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ، އެ ރަންވޭގެ ދެކުނު ކޮޅުގެ ފަހު ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިދިޔަ މަހުގެ ފަހުކޮޅު ނިންމިއިރު، ރަންވޭގެ އުތުރު ކޮޅުގެ ފަހު ތާރު ފަށަލަ އަޅާ މީގެ ދެހަފްތާ ކުރިން ވަނީ ނިންމާފައެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    ދިވެހިންނަށް ތިކަމުން ލިބޭނީ ކޮންފައިދާއެއް؟ 17 ނޮވެމްބަރ ވަ ތިތަން ޖީ.އެމް.އާރަށް ތަބަކަށް ލާފަ ދޭނެ ބަޔަކު ވެރިކަމަށް ގެންނަށްނު ދިވެހިން ނުކުމެ އެތިބީ! ދިވެހިންގެ ބުއްދިއެއްނެތްކަމާއެ. ސުބުހާނަﷲ

  2. މުހައްމަދު

    ވަރަށް އުފާވޭ މި ލޮބުވެތި ޤައުމަށް މިފަދަ ބޮޑެތި ކުރިއެރުން އަންނާތީ....

  3. Anonymous

    ނޮވެމްބަރ 17.އާ ހަމައަށް ތިތަނަކީ ފިވެހިންގެ ތަނެެއް. އޭގެފަހުން ކުރީގަ އެތަނުން ފައިދާ ނަގަމުން.ދިޔަ ބައެއްގެ ތަނެއް.

  4. ޙަފްޞާ / މާލެ

    ދިވެހި ރައްޔިތުން ބޭނުމީ ދިވެހި ޤަވްމު ހުރިހާރޮގަކުން ކުރިއެރުންތޯ؟ ދިވެހި ރައްޔިތުން ބޭނުންވނީ ޤަވްމު އިޤތިޞާދީގޮތުން ފުދުންތެރިވުންތޯ؟ ދިވެހިރައްޔިތުން ބޭނުންވަނީ ދިވެހި ޤަވްމު އަޅުވެތިނުވެ މިނިވަންކޮށްއޮތުންތޯ؟ ދިވެހިރައްޔިތުން ބޭނުންވަނީ ދިވެހި ޤަވްމު އިސްލާމީޤަވްމެއްގެގޮތުގައި އަބަދުވެސް އޮތުންތޯ؟ ދިވެހިރައްޔިތުން ބޭނުންވަނީ ނިޔާމަ ދިރިއުޅުންތޯ؟ އެހެންވެއްޖެއްޔާ ރައީސް ޔާމީނަށް ވޯޓުދެއްވާ!

  5. ގައިގާދުރު

    ތިތަނުގެ ބޭނުމުގަ އިންޑިޔާއިން އިދިކޮޅުމީހުން ވެރިކަމަށް ގެންނަން އެހާވަރަށް ހަރަދުކުރަނީ... ލ އަތޮޅުމީހުން އިބޫލައްވާ ޕޯޑިޔަމުގަ ބުނެދީބަލަ ބޭރުގެ އެއްވެސްފަރާތަކަށް އެއާރޕޯޓުނުދޭނަމޭ... އިގިރޭސިބަހުނާ ދިވެހިބަހުން... ބޮޑަށްރަގަޅީ ހިންދީބަހުން ބުނެދީފިނަ... ވަރަށް ތެދުވެރިމީހެކޯތިއީ.. ބުނާބަހުގަޔޯ ހުންނާނީ.. މީހެއްގެ އަޅަކަށްނުވާނަމޯ.. ޓެރަރިސްޓުންގެ އަޅެކޯމިއީ... ގައިދީން ސަލާމަތްކުރަންގެންނަ ސްޕަމޭންއެއް... މޑޕ ގެ މެނިފެސްޓޯގަ އޮތްއެއްޗެ ދައްކަދީބަލަ ރައްޔިތުންނަށް... ކޯލިޝަނުގެ އެހެންމީހުންގެ މެނިފެސްޓޯއިއުލާނުކުރިއިރު ވެރިކަމަށްއަންނަ މައިޕާޓީގެ މެނިފެސްޓޯގައޮތީ ކީކޭކަމެ ރައްޔިތަކަށް ނާންގާ... ރޔާމީން ހުރިހާމީހުންނަ ގެދޮރުހޯދަދޭނަމޭބުނީމަ އެހެންމީނަވެސްބުނަނީ... އެކަމަކު މާލެއަށް ތޮއްޖައްސަނީއޯ ރައްތަފަޅުކުރަނީއޯ... އެއްވެސް އުރަތްޕެނެތްނެބަޔަކަށް ވަގުތީ ވެރިޔަކަށް ވޯޓުދޭން ހެޔޮނުވާނެ.. ތިޔަމީހާއާ ދުރަށްދޭ ގައިކޮޅު ގައިގާދުރުކިޔާފަ...

  6. ވައްކަން ޔަގީން 2018

    ހެހެ ބަލަ ވަގުން ވާނީ ވަގުން ނަށް ..... ވޯޓް އިބޫ....

    • ޢަލީ ޙަސަން

      އިބޫ ވެރިކަމަށް ހޮވިއްޖެ ނަމަ (މާތް ﷲ އެހެން އިރާދަ ނުކުރައްވާށި!) އޭނާއަށް ވޯޓު ދިން މީހުން ވެސް ހިތާމަކުރާނެ. އެކަމަކު އެ ހިތާމަކުރުމުގެ އެއްވެސް ބޭނުމެއް އޭރަކު ނޯންނާނެ. ރޭޕްސްޓްނުގެ މީހުންގެ ނޯކިރީންނަށް މިތަން ބަދަލުވާނީ ދިވެހި އަންހެންކުދީން ވެސް ވާނީ ރޭޕްސްތާނުގެ ޚާދިމާއިންނަށް.

  7. މުލައްދަނޑި

    ޢެހެންވެގެންނެ އަފިރިން ޔާމީން ހޮވަން ބޭނުންވަނީ އެއްބުރުން ޔާމީން ކާމިޔާބުކުރާނެ ޝައްކެތް އޮތްކަމެއްނޫން .

  8. ނަޒީރުބޭ

    މަށަށް ހީވަނީ މީނަޔަށް ވަގުންނާ ވައްކަން ނޭގެނީހެން އަދި ޅަކަމުން!!! ބޭބެ ކުޑަތަންކޮޅެއް ބުނެދޭނަށް! ކިޔާލާތި!!!!! ޖީޢެމްއާރަށް 78މިލިޔަން ޑޮަލަރަށް އެޔަޕޯޓްވިއްކާލާފަ 59 މިލިޔަން ޑޮލަރު ބަނޑުއެޅީ ވަގުން. ކޮންވެންސަންސެންޓަރެއް ހަދަން ބަޖެޓަށް ދިން 300 މިލިޔަންރުފިޔާގެ އިތުރަށް 600 މިލޔަންރުފިޔާ ޚަޒާނާއިން ބަނޑުއަޅާލީ ވަގުން. އަތޮޅުތެރޭގެ ރައްޔިތުންގެ އެކައުންޓްތަކުން 130 މިލިޔަންރުފިޔާ މަޅާލީ ވަގުން. ފެންކުންފުންޏާ ދިރާގުގެ ހިއްސާ ވިއްކާލާފަ ލިބުނު 43 މިލިޔަން ޑޮލަރު ކައްވާލީ ވަގުން. މިނިސްޓްރީތަކާ ކުންފުނިތައް ހިންގަން ބަޖެޓަށްދިން 656 މިލިޔަން ރުފިޔާ ބަނޑުއަޅާލީ ވަގުން. ސިވިލްސާވަންޓުންގެ މުސާރައިން 15 ޕަސެންޓް ފޭރިގަނެ ބަނޑުއަޅާލީ ވަގުން.

  9. ލިޕޭ

    ޝުކުރިއްޔާ ރައީސް ޔާމީން

  10. ނިހާން

    ވަރައް އުފާވޭ ގައުމު މިވަރައް ދަރުވާލާތީ.

  11. މައުމޫން

    އެންމެގެ ވޯޓް ރައީސް ޔާމީން.

  12. ފެންނުވަރާ

    ތީ އެމްޑީޕީ ވެރިކަމުގަ ނިމިފަ އޮތްތަނެއް!!! އޮޅުވާލަން ނޫޅޭ!!!!

  13. ހުސޭނުބޭ

    ތި ފެންނަނީ ޔާމީނު ސަރުކާރުގެ އަނިޔާވެރިކަން................ ކެކެކެކެކކެެކެ

  14. ކެރަފާ

    ތިޔަފެންނަނީ ރައީސް ޔާމީންގެ ދުރުވިސްނޭ ތަރައްގީ ސާބަސް ރައީސް ޔާމީން ގައުމާއިގެން ކުރިޔަށް ވަޑައިގަންނަވާ އޅުގަނޑުމެން ވޯރޓްދޭނީ ރައީސް ޔާމީން އަށް .