ރ. މަޑުއްވަރި ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު މަޑުއްވަރިން ހައްޔަރުކޮށސްފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ ދެވަނަ ދުވަހުގެ 11:05 ހާއިރު ހިންގި އޮޕަރޭޝަންގައި މާލެއިން މަޑުއްވަރީއަށް އައި ފެރީ ލޯންޗަކުން އެރަށަށް ފޭބިތަނުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަޑުއްވަރީ ބަނދަރު ސަރަހައްދުން މިމީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

އެ މައްސަލަރ. މަޑުއްވަރި ޕޮލިސް ސްޓޭޝަނުންނެވެ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. .