"ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާކަމަށް ބުނާ އުޅަނދަކާއި، އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދަކާއި ދެމެދު ކަނޑުމަތިން ޤަވާއިދާ ޚިލާފު މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާ މައުލޫމާތު ތަކަކީ ހަގީގަތާއި ޚިލާފު މައުލޫމާތު ތަކެއް ކަމަށާއި ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެއާއި، ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދިވެހިސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ޢަމަލު ހިންގި ކަމަށް ބުނާ ދިވެހިރާއްޖޭގެ ދިދަ ނަގާފައިވާ "ޝިން ޔުއާން 18" ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫންކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އުތުރު ކޮރެއާ އާއި ގުޅޭ ޤަރާރުތައް ވެސް ހިމެނޭ ގޮތަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ތަންފީޒު ކުރެއްވުމަށް އަބަދުވެސް ޚާއްޞަ ސަމާލުމެއްދެއްވާ ޤައުމެއް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުން ދަނީ ވަރަށް ގާތުން މި މައްސަލަ ބައްލަވަމުންކަމަށާއި، ރާއްޖޭގެ ޤައުމީ ޝަހުސަށް ގެއްލުންވާފަދަގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ހާމަވެއްޖެނަމަ އެފަރާތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ނެރުއްވި ނޫސްބަޔާނުގައިވެސް، "ޝިން ޔުއާން 18" ނަމަކަށް ކިޔާ ބޯޓަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް ނޫންކަން ވަނީ ހާމަކުރައްވާފައެވެ. އަދި، މިކަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ދިވެހިރާއްޖެއަކީ ރާއްޖޭން ބޭރުގައި ދުއްވާ އެހެން ޤައުމުތަކުގެ އުޅަނދުފަހަރު، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ފުރުސަތުދޭ ޤައުމެއް ނޫން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޤައުމީގޮވުން

  ކިޔެއް ކުރެވޭނި؟ ތިންބޯ އުޅޭ ކުޑަކުޑަ ޤައުމެއް..ރާއްޖޭން ދޭ އިންޒާރަކަށް ނުސިހޭނެ އެމޭޒަން ޖަންގަލީގަ މިއުޅޭ އެކަހެރި ޤަބީލާއެއްގެ ބަޔަކުވެސް.. އެކަމު ދެރަ މައްސަލައެއް.. ދިވެހިން އަޑީގަ ތިބެގެން ތިޔަކަހަލަ ކަންކަން ކުރާނަމަ ފިޔަވަޅުއަޅަންވާނެ އެ ދިވެހި މީހުންނަށް..

 2. ހޖހސހ

  ތީ ސީދާ އިންޑިޔާގެ ރޭވުމަކަށް ވާނީ.

  • މަލިކައްޑޫ

   ﷲ ގެ ރަޙުމަތް ފުޅުން މިލޮބުވެތި ވަޠަން މިނިވަން ކަން މަތީ އަބަދަށް.

 3. ކާބެއްޔާ

  ޖަޕާނަކީ ސިޓީ ބޭކަރީން މިވިއްކާ ކަހަލަ ޕާނެއްނޫން.އެއީ ނިއުކްލިއަރ ޕާނެއް. އެއާ ހިފަން ނޫޅޭ. އަތައްގޮވާފާނެ. ތި އިންޑިއަން ގަރަމް މަސާލާމެންގެ ކަންތައްތީ...

 4. ވަސީލަތް

  ޖަޕާނު ސަރުކާރާއި މެދުގައި ފިޔަވަޅު އަޅުއްވާ ވާހަކަ ތޯ ތިޔަވިދާޅުވެލައްވަނީ...

  ނިކަން އަވަސް ކުރަންވީނު ތިކަން...

  މިގައުމުގެ އުސްފަޑީގަ މިތިބީ ބުއްދި ހަމަނުޖެހޭ ބޭކަލުން ތަކެއް ބާ..؟ އިސްކޮޅު ނުފޯރާ ވަރުގެ ވާހަކަ މިދައްކަނީ..

  • އަލީ

   އެއީ ވިލާޝިޕިންގގެބޯޓެއް އެއަށް އެރުވީ ދެކުނު ކޮރެއާއިން މަސްއޮޑި ނަސީމް ކިޔާމީހަކު ގަނެގފަ އިންޑިއާގެ ޖާމުންނަގަރު ކިޔާ އަވަށެއްގެ ބޭރު ބަނދަރަށް އެތަނުން އެހެން އުޅަދަކަށް ބަދަލުކުރަން ގެންނަ ހަތިޔާރު

 5. އަލްޖިބްރާ

  މިހާރު ތިބޯޓުގެ ވެރިފަރާތް ހުންނާނީ ބިރުން ކުޑަކަކޫޖެހިފަ ! އެހްނުވާނީ މިރާއްޖޭގެ ސަރުކާރުން އެހެން އެންގީމަ !

 6. ދަވޭ

  މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. މިރާއްޖޭގެ ސިޔާސީ މައިދާނަށް ދިމާވެފައިވާ އީގޯ ސިންޑްރޯމް ގެ ބައި ފިލުވާލުމަށް ޓަކައި އެބަޖެހޭ މިހާރު މިރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު ސްޓްރެޗް ކޮށް ލަން މިއަހަރުގެ ނިޔަލަށް. މިހާރު މިގައުމުގައި މިއޮތް ކުއްލި ނުރައްކަލުގެ ހާލަތު ޖެހޭނެ އަދި 5 އަހަރަށް ދަންމާލަން އެއިރުން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރެވޭނީ. އަލިފުދާލު ވެސް ހަޅޭއް ލަވާނެ އީޔޫ ވެސް ހަޅޭއް ލަވާނެ އިންޑިއާ ވެސް ފެލޭނެ އަދި ލަންކާ ވެސް ފެލޭނެ އެކަމަކު އެމެންނަށް އެއް ކަމެއް ވެސް ނުވާނެއޭ މިމަގުން މިކަން ކުރަން ޖެހޭނެއޭ ގައުމުގެ ހާކިމާ. މިރާއްޖޭގައި ދެން މިސިޗުއޭޝަން ގައި ބޮޑެތި ޚަރަދުކޮށް ގެން ރިޔާސީ އިންތިޚާބު ބޭއްވުމުގެ އެއްވެސް މާނަ އެއް ނެތޭ ކަން މިހެން ހުުރުމުން ގާނޫނު އަސާސީ އިސްލާހު ކޮށް ގެން މިކަން ކުރަން ސަރުކާރުން ވިސްނަންވީއޭ. ވެރިކަން ކުރެވޭނެ އެކަކަށް 15 އަހަރުގެ ދެދައުރު. ފެށޭނީ 2013 ގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެންނޭ.

 7. ދަވޭ

  މައުމޫނާއި ސްްޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން މިހާރު މިގައުމަށް ގައްދާރުވެފައިވަނީ އެއީ ކޮން ބަޔެއް ކަން މިދަނީ ވަރަށް ރީއްޗަށް އެނގި ފާޅުވަމުން ނޫންތޭ. ގައުމުގައި ކުރިން ވެރިކަން ކުރި މީހުން ދެން މިގައުމު ގެ ރައްޔިތުންގެ %85 ވޯޓް އިން ހޮވާ އާ ހާކިމާ އަށް ފުރުސަތު ދިނުމުން އެކަމާއި ޖެލަސް ވެގެން ކުރީގެ ވެރިކަން ކުރި މީހުން ވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ހުކުމޭ މެންނަށް ކަޓް ދީގެން މިގައުމަށް ބަގާވާތެއް ގެންނަން މަސައްކަތް ކޮށް ގައުމަށް ގައްދާރުވެފައޭ. ދެން މިސިޗުއޭޝަން ގައި ނުޖެހޭނެއޭ މިއަހަރު ރިޔާސީ އިންތިޚާބު ބާއްވަން އަދި ކުއްލި ނުރައްކަލުގެ ހާލަތު ވެސް އުވާލަން. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން 2023 ގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން ރާއްޖެ އިގްތިސާދީ ގޮތުން ތަރައްގީ ކުރަމުން ގޮސް ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށް ރައްޔިތުންގެ ހިތް ތަކުން މަމެންގެ ސަރުކާރު ވިންވުމުން ދެން ބާއްވަންވީ އިންތިޚާބު

 8. ދަވޭ

  މަމެން ޕިންކީންގެ ވެރިކަން ގާނޫނުގެ ބޭރުން ވައްޓާލަން ވެގެން ގައުމަށް ގައްދާރުވި ތިން މީހުންގެ މައްސަލަ ޕީޖީ އަށް ދައުވާ ކުރަން ފޮނުވުން އެއީ ވަރަށް އުފާ ކުރާ ކަމެކޭ މަމެން. މަމެން ޕިންކީން މިރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރަމުންދާތީވެ އެކަމާއި ޖޭވެގެން ދެން ރަންރީނދޫ ޓްވިޓަރޭ މެން ކަންޓްރީ ސައިޑްގެ ގަމާރުން ތަކެއް އެއްކޮށްގެން ގިސްމާ އައްޕަނަ އައްޕަނަ ބޮއްކޮރޮ ބޮއްކޮރޮ ފާލު ޖަހަތޭ ފާލު ޖަހަތޭ ކިޔާ ލަވަ ކިޔާ އެމެން ރާއްޖޭގެ ވެރިކަން ވައްޓާލާ ދައުލަތުގެ ޚަޒާނާ ދަވާލަން ޚަޒާނާގެ މައްޗަށް ވެރިވެގަންނަން އެމެން އެކުރާ މަސައްކަތަކީ އެއީ އެއްގޮތަކަށް ވެސް ދޫކޮށް ގެން ވާނެ ކަމެއް ނޫނޭ. އެހުރިހާ މީހުން ޖަލަށް ގަޅާލާ މައިދާން ކްލީން ކުރަންވީއޭ އަދި މިއަހަރު ނިމެންދެން ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލަންވީ ތިޔާ އެންމެންނަށް ކޯޓުން ހުކުމް އަންނަން ދެން ކުއްލި ނުރައްކަލުގެ ހާލަތު ޖެހޭނީ ދަންމާލަންއޭ އެނޫން އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއޭ މީގައި.

 9. ނުރަބޯ

  ތިޔައީ ދެން އެއްވެސް ޝައްކެއްނެތް ގޮތުގައި، އިދިކޮޅުބާޣީ ކެރަފާނަޝީދުގެ ރޭވުމެކެވެ. އަދި ތިޔައީ ވަރަށް ނުރައްކައުތެރި ރޭވުމެއްވެސްމެއެވެ. މަގްޞަދަކީ ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖޭގެ ތަޞައްވަރު ހުތުރުކޮށް، ރާއްޖޭގެ އަގު ވައްޓާލުން، އަދި މަނާ މުޢާމަލާތެއް ކުރުމުގެ ސަބަބުން ދަތިކުރުމުގެ ފިޔަވަޅަކާ ކުރިމަތިކުރުވުމެވެ. މިހާތަނަށް ރީނދޫ ބާޣީން ހިންގި ނުބައި ނުލަފާ އެއްވެސް ޖަރީމާއަކުން މިބައިގަނޑުގެ މަގްޞަދު ޙާޞިލްވެފައި ނުވާތީ އަނެއްކާވެސް ކަމެއްކޮށްލީއެވެ. އެންމެ ދެރަކަމަކީ ޖަޕާނު ކަހަލަ ޓެކްނޮލޮޖީގެ ފެންވަރުމަތީ ގައުމަކުން ތަނެއްދޮރެއް ބަލައިނުލައި މި ޚަބަރު ފެތުރީތީ އެވެ. އެހެންކަމުން ޖަޕާން ސަރުކާރުގެ ކަމާބެހޭ ފަރާތުގައި މި ކަމުގެ ޝަކުވާ ދަންނަވަން ޖެހޭނެ އެވެ.

 10. ޖައްސަބަލަ

  މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި ނަމަ ދެން ގައުމަށް ގައްދާރުވި ކުރީގެ ފުލުސް ކޮމިޝަނަރުންގެ ކަންކަން ނުބެލެންވީ އެއީ ކީއްވެގެންތޭ. ގައުމުގެ ކޮމާންޑަރ އިން ޗީފް ގެ އަމުރު ތަކަށް މަގާމް ގައި ހުރެގެން ތަބާނުވުން އެވެސް ވާނީ ގައުމަށް ގައްދާރުވެފައިވާ މީހަކަށް ނޫންތޭ އެހެން ކަމުން އެމެންގެ ކަންކަން ވެސް ޖެހޭނެއޭ ބެލެން އެއިން އެކަކަށް ވެސް ރާއްޖޭން ބޭރަށް ފުރައިގެން ނުދެވޭނެއޭ އަދި މާލޭގެ މަގުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނާއި ޚިލާފަށް އަދި ޑިފަމޭޝަން ގާނޫނާއި ޚިލާފަށް އެއްވެ އުޅޭ މީހުން ނާއި މެދު ފުލުހުން ހަރުކަށި ފިޔަވަޅު އަޅަން ޖެހިލުން ވަނީ އެއީ ކީއްވެތޭ އެއީ ވަރަށް ބޮޑު މައްސަލަ އެކޭ ރާއްޖޭގެ ގާނޫނު ތައް ނެގެހެއްޓުމަކީ އެއީ ހޯމް މިނިސްޓަރުގެ ޒިންމާއެކޭ ހަމަ މިހާރުން މިހާރަށް އެމްޑީޕީ ހަރުގެ ކުރިމަތީގައި މުޒާހަރާ ކުރަން އެސްއެމްއެސް ފޮނުވާ މެޝިންގެ ލައިން ކަނޑާލާ އަދި އެމެންނަށް އެތަނަށް ކޮންމެ ރެއަކު އެއް ނުވެވޭ ގޮތް ހަދަންވީއޭ. ރާ ޓީވީ ވެސް ބަންދު.

 11. ޖައްސަބަލަ

  ހުރިހާ ފުލުހުންގެ ވެސް އިސް ފަރާތަކީ އެއީ ކޮމާންޑަރ އިން ޗީފް އެވެ. ހުރިހާ ސިފައިންގެ ވެސް އެންމެ އިސް ފަރާތަކީ އެއީ ކޮމާންޑަރ އިން ޗީފް އެވެ. ކޮމާންޑަރ އިން ޗީފްގެ އަމުރަށް ޖެހޭނެ ތަބާވާން ހުރިހާ ފުލުހުން ނާއި ސިފައިން ވެސް. ފުލުހުންނާއި ސިފައިން ނުޖެހޭނެ އިދިކޮޅު އެމްޑީޕީ އަދި ޖޭޕީން ދައްކާ ވާހަކަ އަޑު އަހަން. ދަ ރާއްޖެތެރޭން މާލެ އަށް އަރާ ތިބި ކްރޭޒީ އަންހެނަކު ދެން ކަނަކު އަސާ އުކާ ގޮތަށް އުކަމުން ދަނި ކޮށް މަޖްލީހުގެ މެމްބަރު ކަން ލިބުމުން މާލެ އަށް ފާވެގެން މާލޭގެ ހުރިހާ އުސް އިމާރާތް ތަކުގައި ތިބި އެންމެން ހުކުރު ދުވަހު މަގުމައްޗަށް ފައިބާ އެމެންނަށް ކަޓް ކެވޭނެ އުސޫލުން އެމެންނާއި ރާއްޖޭގެ ތިޖޫރީ ހަވާލު ކުރާށޭ ކިޔާ ފެލެމުން ދާއިރު އެމެން ބުނާ ގޮތަށް މަމެން ތޭ ޖެހޭނީ ހަދަން ނުވަތަ މަމެން ބުނާ ގޮތަށް އެމެންތޭ ޖެހޭނީ ހަދަން. މާލޭގައި މުޒާހަރާ ކުރެވިގެން ނުވާނެ އެކަކަށް ވެސް. ރާއްޖެތެރޭ މީހުން އެމެންގެ ރަށަށް ގޮސް ރަށުގައި މުޒާހަރާ ކުރޭ. މާލެ އަކު އެގޭސް ގަނޑު އަނބުރާނެ ކަމެއް ނެތް

 12. ސައިމަން

  ސާބަސް ސާބަސް ތިހެންވާންޖެހޭނެ. އައްނިވެސް ގެނޭ މިހާރުން މިހާރައް ގެނެސް ހަރުކަށި އަދަބު ދޭންޖެހޭ.

 13. އެދުރުބެ

  ފޭކް ފިލްމު އެއީ އާ އެއްޗެއް ނޫން.
  ފޭކް ޑޮކިއުމަންޓސް ވެސް އާ އެއޗެއް ނޫން
  ފޭކް ޚާބަރު އެއީ މިހާރަކަށް އައިސް އާ އެއްޗެއް ނޫން - ރޓވ އިން 8 ފެބް ގައި 2 މީހުން މަރުވެއްޖެ ކަމަށް ގެނެސްދިން.
  ފޭކް ދިދަ ޖެހި ތެޔޮ ޓޭންކަރ ( ހޮޓް ނިއުސް)

 14. މަގޭ ވެސް ޤައުމު

  މި ޤައުމު އަޅުވެތިކަމުން ރައްކާކުރައްވާށި . އާމީން

 15. ގައުމު

  މި ރީނދޫ ބަލިޖެހިފައި ތިބޭ ބީތާއިން ޤައުމުގެ ދުވަސް ދުއްވާލަން ހާދަ ފޯރިއެއަ ހުރެޔޭ!